Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހަކު ގެއްލިގެން ހޯދުން

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު، ކަށިމާގެ، ފާޠިމަތު ނޫރާ (32އ). އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، ސިއްހީ ބައެއް މައްސަލަތައް ހުންނަ މި އަންހެންމީހާ ގެއިން ނުކުމެގެން ދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ގޭތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ނުވަތަ ފުލުހުންގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފަ.

މަޚްތޫމް
މަޚްތޫމް | 5 މާރިޗު 2026 | ބުރާސްފަތި 05:53
ގެއްލިގެން ހޯދަމުންދާ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ).

ގެއްލިގެން ހޯދަމުންދާ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ). | ޕޮލިސް

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ. 

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.

2026 މާރިޗު 4 ވަނަ ދުވަހުގެ 20:00 އެހައިކަންހާއިރު ފާޠިމަތު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މާރިޗު 4 ވަނަ ދުވަހުގެ ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެ އެވެ.

ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައިވެ އެވެ. 

ގެއްލިގެން ހޯދަމުންދާ މީހާގެ އާއިލާއިން ބުނީ އޭނާ ގެއްލިފައިަވނީ މައްޗަންގޮޅި ރެޑްބީ ފިހާރަ ހުންނަ ހިސާބުން ކަމަށެވެ. އޭނާގެ އާއިލާއިން ބުނީ ނޫރާ ރުޅިއައިސްގެން ”މިދަނީ މަރުވާން“ ކަމަށް ބުނެ ގެއިން ނިކުމެގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަކީ ފިޓު ޖެހޭ، ސިކުނޑީގަ މައްސަލަ ހުންނަ ފަރާތެއް ކަމަށެވެ. އަދި އެންމެ ފަހުން ފިޓު ޖެހުނު ދުވަހު ވެއްޓި ސިކުނޑިއަށް ލިބުނު އަނިޔާގެ ފަހުން މާ ބޮޑަށް ރުޅި ގަދަވާ ކަމަށާއި، ގޭތެރޭގައި ހިނގި ކަމަކާއި ގުޅިގެން ގެއިން ނުކުމެގެން ދިޔައީ ކަމަށެވެ. އާއިލާއިން ބުނީ ގެއިން ނުކުމެގެން ދިޔަ އިރު ހުރީ ގަދަ ޗޮކުލެޓު ކުލައިގެ ޓޮޕެއް ލައިގެން ކަމަށެވެ. 

ފާޠިމަތު ނޫރާޅ. ނައިފަރުމާލެމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

03 މާރިޗު 2026

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

03 މާރިޗު 2026
ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް
03 މާރިޗު 2026

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

03 މާރިޗު 2026
ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ
03 މާރިޗު 2026

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
02 މާރިޗު 2026

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު