Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރަށް ފުލުން ހުރަސް އަޅައިފި

އެމްޑީޕީން މާލޭގައި ބޭއްވި ސައިކަލް ބުރުގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވަނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ގޮވާލައްވާފަ. މި ހަރަކާތުގެ ބައިވެރިން ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅުމާއި، އިންތިޚާބުތައް އެއްކޮށްލައިގެން ރައްޔިތުންގެ ބާރު ފޭރިގަންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 ފެބުރުއަރީ 2026 | ހުކުރު 17:49
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕިކަޕް ޖަލްސާ

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕިކަޕް ޖަލްސާ | ރާއްޖެ އެމްވީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ސައިކަލް ބުރަށް ފުލުހުން ހުރަސް އަޅައިފި އެވެ.

ހުކުރު ދުވަހު އެ ސައިކަލް ބުރު ފަށާފައި ވަނީ ޗާނދަނީ މަގުގައި ހުންނަ އެމްޑީޕީ ޖަގަހަ ކައިރިންނެވެ. އެ ޖަގަހަ ކައިރިން ފެށިގެން، މަޖީދީ މަގާއި، އަމީނީ މަގު އަދި ބޭރު މަގުގައި އެ ސައިކަލް ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ސައިކަލް ބުރުގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި މަޑުކޮށް އެ ސައިކަލް ބުރުގެ ބައެއް ބައިވެރިން ވަނީ ވާހަކަ ވެސް ދައްކާފަ އެވެ.

Advertisement - newsAdvertisement

އެ ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވޯޓުލާ އިރު ރައްޔިތުން ވަރަށް ވިސްނަން ޖެހޭ ކަަމަށެވެ. މިހާތަނަށް ފެންނަން އޮތް މަންޒަރަކީ އެމްޑީޕީ ނޫން ބަޔަކު ވެރިކަމުގައި ތިބެގެން އާއްމުންނަށް ފައިދާ  ނުވާކަން މިއަދު އާމުން ޤަބޫލުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ސައިކަލް ބުރުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ އާއްމުންނަށް ލިބޭ ހައްގެއް ކަމަށެވެ. މިއަދު އެ ހައްގު ވެސް ލިބެމުން ނުދާ ކަމަށް ފާހަގަކުރައްވާ ޝިފާޒް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. ޝިފާޒް ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމަށް ފުރުސަތު ދީފި ނަމަ އެފަދަ ނޭދެވޭ އެތައް ކަމެއް ފެންނާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ. ރައްޔިތުންގެ ބާރު ފޭރިގަންނަން އިންތިޚާބުތައް އެއްކޮށްލުމުން ފުރުސަތު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ޤާނޫނުއަސާސީ ފުނޑާލުމަށް ފަހު ނަގާ އެއްވެސް ވޯޓެއްގައި ރައްޔިތުން ސަރުކާރަށް އާއެކޭ ބުނަން ނުޖެހޭ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލާ މަކަރުވެރިކަމުގެ ތެރެއިން ބާއްވާ ފެންނަ ނުފެންނަ އިންތިޚާބެއްގެ ކަންކަން ރަނގަޅަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާދަމް އާޒިމްމުހައްމަދު ޝިފާއުរީކޯ މޫސާ މަނިކުމާލެކައުންސިލް އިންތިޚާބުލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

27 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި
27 ފެބުރުއަރީ 2026

ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ

27 ފެބުރުއަރީ 2026
ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ
27 ފެބުރުއަރީ 2026

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު
27 ފެބުރުއަރީ 2026

ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ

27 ފެބުރުއަރީ 2026
ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ
27 ފެބުރުއަރީ 2026

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު