Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ކްރެޑިޓް ނެންގުން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމާއި ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު މާލޭގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ނުކުޅެދިފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި. މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯއްދަވައިނުދެއްވައި، ރައީސް އުޅުއްވީ އެހެން މީހުން ކުރާ ކަންކަމުގެ ކްރެޑިޓް ނަންގަވަން ކަމަށް އާޒިމް ތުހުމަތުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 2 މާރިޗު 2026 | ހޯމަ 05:54
ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން

ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް ކަމަށާއި އެ މަނިކުފާނު އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން ކަމަށް މާލޭގެ މޭޔަރ އަދި އެމްޑީޕީ ޓިކެޓުގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވީ އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި އިންޓަރވިއު އެއްގަ އެވެ.

Advertisement - newsAdvertisement

ކައުންސިލަށް ކްރެޑިޓް ލިބިދާނެތީ ބިރުން އުޅުއްވާ ރައީސް އަކަށް ކައުންސިލަށް ބާރު ދީގެން މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އާޒިމް ވަނީ ރައީސް މުއިއްޒު މާލޭގެ މޭޔަރކަމުގައި ހުންނެވި އިރު މާލޭގެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ނުކުޅެދިފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި އޭގެ ކުރިން ހައުސިން މިނިސްޓަރ ކަމުގައި ވެސް މުއިއްޒު ހުންނެވި ކަމަށާއި މާލޭގެ ރައްޔިތުންނަށް އެކަމުން ލިބުނު މޮޅެއް ނެތް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ އަކީ އެތައް ޒަމާންތަކެއް ވީ ބޮޑު މައްސަލަ އެއް ކަމަށް ވާއިރު މުއިއްޒު އަށް ކުރެވުނުހާ ވެސް ކަމަކީ ގޭގެ އަށް ވަދެ ހާލު ބެލުން ކަަމަށް މޭޔަރ ވިދާޅުވި އެވެ. އެފަދަ ކަންކަން މިހާރު ހައްލުކޮށްދެމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ. މިއަދު މާލެ ބަދަލުވަމުންދާ މަންޒަރު މާލޭގެ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އަދި މާލޭ ސިޓީގެ އެތެރޭގެ ހިންގުން ވެސް ހަރުދަނާކޮށްފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

"ވަރަށް ގިނައިން ދައްކަވާނެ މާލޭގެ ވާހަކަ. ފެން ހިންދުމުގެ ވާހަކަ ވެސް ދައްކަވާ. މާލޭގެ މޭޔަރ ކަމުގައި ވެސް ހުންނެވި 2 އަހަރު. ހައުސިން މިނިސްޓަރ ކަމުގައި ވެސް ހުންނެވި ނުވެޔޭ އިނގޭތޯ ކަންކަމެއް. އުޅުއްވީ އަޅުގަނޑުމެން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން. އެއީ ކަންކަން ނުވީމަ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރު މި ވެރިކަމުގައި، ބިންހިއްކުން ފަދަ ކަމެއް ކުރިއަށް ދާނަމަ އެކަމަކީ ވެސް ނިމިދިޔަ ސަރުކާރުން ފަށާފައިވާތީ ކުރިއަށް ދާ ކަންކަން ކަމަށެވެ. ސަރުކާރުގެ ރޭވުންތެރިކަމާއި އެކު ކުރިއަށް ގެންދަން ޖެހޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް އާޒިމް ވިދާޅުވި އެވެ. ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ރައީސް މުއިއްޒުގެ ހުރީ ވަރަށް ކޮށި ވިސްނުމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއާދަމް އާޒިމްމާލެއެމްޑީޕީ

އިތުރަށް ކިޔާލަން

01 މާރިޗު 2026

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި
01 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

01 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"
01 މާރިޗު 2026

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު
01 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

01 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު
01 މާރިޗު 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު