Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށް ކާމިޔާބުވުމަކީ ރައްޔިތުންނަށް ތަރައްޤީ ލިބުމަށް މުހިންމު ކަމެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ. މާލޭގެ މޭޔަރު އާދަމް އާޒިމް ގެންނަވަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވައި، ނާޒިލް ވިދާޅުވީ އިންތިޚާބުތައް ބޭއްވުމަކީ ވެރިން ރައްޔިތުންގެ ގާތަށް ގޮސް ހާލަތު ބެލުމަށް އޮތް ފުރުސަތެއް ކަމަށް. އެހެންކަމުން، ރައްޔިތުންނާއެކު އަބަދުވެސް މަސައްކަތް ކުރާނީ އެމްޑީޕީން ކަމަށް ވިދާޅުވެ، ތިލަފަތަށް ވޯޓު ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 20:07
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ނާޒިލް.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ނާޒިލް. | ރާއްޖެ އެމްވީ

ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމަށް އުޅޭ ބަޔަކީ އަބަދުވެސް އެމްޑީޕީގެ މެންބަރުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމާއި ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސްކަމާއި މާލޭގެ ހުރިހާ ގޮނޑިތަކާއި މުޅި ރާއްޖޭގެ ހުރިހާ ގޮނޑިތައް އެމްޑީޕީއަށް ވަރަށް މުހިންމު ކަމަށެވެ. މި ހަޤީޤަތް މިހާރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ތިލަފަތަށް ވޯޓުދިނުމަށް ރައްޔިތުންނަށް ގޮވާލަމުން ނާޒިލް ވިދާޅުވީ ތިލަފަތުގެ އަހުލުވެރިންނަކީ، އަބަދުވެސް ރައްޔިތުންނާ އެކީގައި މަސައްކަތްކުރާ ބަޔަކެވެ. ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމަށް އުޅޭ ބަޔަކީ އަބަދުވެސް އެމްޑީޕީގެ މެންބަރުން ކަމަށާއި އެހެންކަމުން ތިލަފަތަށް ވޯޓުދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، މާލެއަށް އޭރު ކަމަށް އާދަމް އާޒިމް ޙަވާލުވުމަށްފަހު، މާލެއަށް މި ގެނެވުނު ބޮޑު ބަދަލު. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ގެނެވުނު ބަދަލަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ އަޅުގަނޑުމެންގެ ކެޕިޓަލް ސިޓީ، މާލޭގައި މިހާރު ފެންނަމުންދާ ތަރައްޤީ ޙަޤީޤަތުގައި މާލެއަށް އަންނަ ކުރިއެރުން، މާލޭގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންތައްތަކަށް އަޅުގަނޑުމެންގެ މޭޔަރާ އެކީގައި އަޅުގަނޑުމެން މި ފަށައިގެން މަސައްކަތް ޙަޤީޤަތުގައި އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް އެ އިތުބާރު އެބައޮތް. އެ ޔަޤީންކަން އެބައޮތް. އެކަން ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނާ އެކީގައި ޚާއްޞަކޮށް މާލެއާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ހޮވުމުން، އެންމެހައި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް މެދުވެރިވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން އެ މަސައްކަތްތަކުގައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި ހަޤީޤަތަކީ ރައްޔިތުންގެ ގާތަށް ނުދިއުން ކަމަށެވެ. އެމްޑީޕީއަށް އެހެން ގޮތެއް ނެތް ކަމަށާއި އިންތިޚާބުތައް އެކޮށްލައިގެން އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިންތިޚާބުތައް ބޭއްވުމުން ރައްޔިތުންނާ ހިސާބަށް ވެރިން ދާންޖެހޭ މިންވަރު ކުޑަވެގެން ދާ ކަމަށް ނާޒިލް ފާހަގަކުރެއްވި އެވެ. ރައްޔިތުންނާ ހިސާބަށް ވެރިން ދިއުމުން ރައްޔިތުންނަށް ތަރައްޤީ ލިބޭނެ ކަމަށާއި މިއީ ފެންނަ ނުފެންނަ ވޯޓުގައި ނޫން ކަމަށް ބުނަން ޖެހޭ ސަބަބު ކަމަށް ނާޒިލް ވިދާޅުވި އެވެ.

އިބްރާހިމް ނާޒިލްއެމްޑީޕީމާލެލޯކަލް ކައުންސިލް އިންތިހާބުއާދަމް އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

03 މާރިޗު 2026
2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

03 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

03 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

03 މާރިޗު 2026
އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

03 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު