Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ އިންތިޚާބު އެއްކޮށްލުން

އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ގޮވާލައި އެމްޑީޕީން މާލޭގައި ބެނާ ދެމުމުގެ ހަރަކާތެއް ފަށައިފި. މިކަމާ ދެކޮޅަށް މާޗު މަހުގެ 21 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވާ އިރު، އިންތިޚާބުތައް އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުކުރުމަށް ވަނީ ކޯޓަށް ވެސް އެމައްސަލަ ހުށައަޅާފައި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 21:53
އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން ބެނާ ދެމުން

އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން ބެނާ ދެމުން | ރާއްޖެ އެމްވީ

އިންތިޚާބު އެއްކުރުމަށް ނޫނެކޭ ބުނުމަށް ގޮވާލައި އެމްޑީޕީ އިން ބެނާތަކާއި އެކު ނުކުތީ ފޯރިއާއި އެކުގައި ގަދަ ރޫހެއްގައި ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަންނަތަން ބަލަން އެމްޑީޕީ އިން ނުތިބޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު ނެގުމަށް ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް އެމްޑީޕީ އިން ފަށާފައިވާ ކެމްޕެއިންގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީ އިން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ ދެމުމުގެ މަސައްކަތް ކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން، ޣަފޫރު ވިދާޅުވީ  ދެ އިންތިޚާބު އެއްކޮށްލުން ހުއްޓުވުމަށްޓަކައި އެމްޑީޕީ އިން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އިންތިޚާބުތައް އެއްކޮށްލާ ހަގީގީ ބޭނުން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު ވިދާލުވީ މާޗު މަހުގެ 21 ވަނަ ދުވަހު އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

"އިންތިޚާބު އެއްކޮށްލުން މިއީ ހެޔޮވާވަރުގެ ކަމެއް ނޫން. 5 އަަހަރު ތެރޭގައި 3 ފަހަރު ރައްޔިތުން ކައިރި އަށް ދާން ޖެހޭ. 1 ފަހަރު އޭގެ ބަދަލުގައި ރައްޔިތުން ކައިރި އަށް ގޮސް، އިންތިޚާބަށް ދާ ދިއުން ބަލަ އެއް ނުގަނެވޭ. ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަންނަ ކޮންމެ ފަހަރަކު އެމްޑީޕީ ތެދުވާނެ." އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ކޯޓަށް މައްސަލަ ހުށައަޅައިފައެވެ. 

ދެ އިންތިޚާބު އެއްކޮލުމަށް ނަގާ ރެފަރަންޑަމްއާ ގުޅޭ ޤަރާރު ރައީސް މުޢިއްޒު ނެރުއްވާފައި ވަނީ، ފެބްވަރުވަރީ މަހުގެ 16 ވީ ހޯމަ ދުވަހު އެވެ.  

އެމްޑީޕީއަބްދުލްޣަފޫރު މޫސާޚިޔާލު ހޯދުމުގެ ވޯޓުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

28 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026
މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

28 ފެބުރުއަރީ 2026
ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

28 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު