Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަމަޟާން އައިޑީކާޑު ޚިދުމަތް

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

ރަމަޟާން މަހުގެ ފަހު ދިހައެއް ގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް މި ހިނގާ މާރިޗް މަހުގެ 11، 15، 17 އަދި 19 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ދިނުމަށް ޑީއެންއާރުން ވަނީ ނިންމާފަ. މާލެ ސަރަހައްދުގެ ހަތަރު ތަނަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ކުއްލި ހާލަތްތަކުގައި 7280368 ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯދޭނެ. ސަރުކާރު ބަންދު މި ދުވަސްތަކުގައި ކާޑު ދޫކުރާނީ މާލޭގެ ހެޑް އޮފީހުގެ އިތުރުން ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލޭގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 20:01
ޑީއެންއާރް އިން ބުނެފައިވަނީ، ރޯދަ މަހުގެ ފަހު 10 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނީ މި މަހުގެ 11 ވަނަ ދުވަހާއި 15 އާއި 17 އާއި 19 ގައި ކަމަށް

ޑީއެންއާރް އިން ބުނެފައިވަނީ، ރޯދަ މަހުގެ ފަހު 10 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނީ މި މަހުގެ 11 ވަނަ ދުވަހާއި 15 އާއި 17 އާއި 19 ގައި ކަމަށް | މިހާރު

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ ދުވަސްތަކުގެ ތެރެއިން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ޚިދުމަތް ދޭނެ ވަގުތުތަކާއި ދުވަސްތައް އެ އިދާރާއިން އަންގާރަ ދުވަހު އިއުލާނުކޮށްފި އެވެ.

ޑީއެންއާރް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ފަހު 10 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11، 15، 17 އަދި 19 ވަނަ ދުވަހު ކަމަށެވެ. މި ހަތަރު ދުވަހުވެސް އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށެވެ.

Advertisement - newsAdvertisement

މި ދުވަސްތަކުގައި މާލެ ސަރަހައްދުގެ ހަތަރު ތަނަކުން އައިޑީކާޑު ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާ ފައެވެ. އެގޮތުން މާލޭގައި ހުންނަ ޑީއެންއާރުގެ ހެޑް އޮފީހުގެ އިތުރުން، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގ އާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 2 އިން ވެސް ކާޑު ދޫކުރާނެ އެވެ. މީގެ އިތުރުން ވިލިމާލޭގައި ހުންނަ ޑީއެންއާރުގެ އޮފީހުން ވެސް މި ޚިދުމަތް ލިބޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ޑީއެންއާރް އިން އިތުރަށް ބުނެފައިވަނީ، ސަރުކާރު ބަންދު މި ދުވަސްތަކުގެ ތެރޭގައި ދިމާވާ ކުއްލި ނުވަތަ އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ހޯދުމަށް އެ ޑިޕާޓްމެންޓުގެ ނަންބަރު 7280368 އަށް ގުޅުމުން އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންމާލެހުޅުމާލެ ވިލިމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

03 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
 ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު