Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބުގެ ކެމްޕޭން

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ސަރުކާރުން ނުފޫޒު ފޯރުވައި، މުވައްޒަފުންނަށް ބިރުދައްކަމުންދާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ. މާލޭގެ ރައްޔިތުންގެ ގޯތި އަތުލަން ގޮވާލި ބޭފުޅާ ގޮވައިގެން ދޮރުން ދޮރަށް ހިނގުމަކީ އިޚުލާސްތެރި ނިޔަތެއް އޮތް ކަމެއް ނޫން ކަމަށާއި، ޕީއެންސީގެ އަމާޒު ހުރީ ރިޔާސީ އިންތިޚާބަށް ކަމަށް އެ ޕާޓީން ބުނޭ. ނަމަވެސް ކިތަންމެ ނުފޫޒެއް ފޯރުވި ނަމަވެސް، ކުރިއަށް އޮތް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް އެ ޕާޓީން ބުނޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 11:57
މާލޭ ރައްޔިތުންގެ ގޯތިތައް އަތުލަން ގޮވި މެންބަރު އިބްރާހިމް ފަލާހު ރައީސް މުއިއްޒު އާއެކު މާލޭގައި ކެމްޕޭން ކުރައްވަނީ.

މާލޭ ރައްޔިތުންގެ ގޯތިތައް އަތުލަން ގޮވި މެންބަރު އިބްރާހިމް ފަލާހު ރައީސް މުއިއްޒު އާއެކު މާލޭގައި ކެމްޕޭން ކުރައްވަނީ. | ޕީއެންސީ

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް، އެއީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ދަމާފައި ހުރި ބެނާތަކެއް ކަމަށް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

 އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވައިގެން ކެމްޕޭނަށް މާލޭގެ ޑޯޓުޑޯ އަށް ހިނގާތަން ފެންނަ އިރު، އޭނާ އަކީ މާލޭ ރައްޔިތުންގެ ގޯތި އަތުލާ ފޭރެން ގޮވި ބޭފުޅާ ކަމަށެވެ. އަދި މިއަދު ފަލާހު ކެމްޕޭނު މެނޭޖަރަކަށް ހަދައިގެން ޑޯޓުޑޯ ހިންގަމުން ދިއުން ސިފަވަނީ އެއްވެސް ގޮތަކުން ހެޔޮ ނިޔަތެއް ހެޔޮ ގޮތެއް މާލޭގެ ރައްޔިތުންނަށް ނޭދޭތީ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މާލޭގައި ދަމާފައި ހުރިހާ ބެނާތަކުގައި ހުރީ އޭ.ޓީ.އެމްއެއް ބެހެއްޓިފައި ހުރި ވާހަކަތައް ކަމަށާއި، މާލެ ރައްޔިތުންނާ ގުޅޭ އެއްވެސް ބެނާއެއް ނެތް ކަމަށެވެ. އަދި ނުވިތާކަށް މާލެ ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ، މާލެ ރައްޔިތުން ދޭންޖެހޭނެ ވޯޓެއް ނޯންނާނެ. އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ، އެއިން އެއްވެސް ބެނާއަކުންނެއް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ އެއްވެސް ލިޔުމެއް އެއިން ބެނާއަކުންނެއް ފާހަގައެއް ނުވޭ. އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ދަމާފައި ހުރި ބެނާތަކެއްގެ ގޮތުގައި. މި ބޭފުޅުންނަކަށެއް ލޯކަލް ކައުންސިލް އިންތިޚާބު މުހިންމެއް ނޫން. އެ ބޭފުޅުންނަށް މުހިންމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު.
  ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު  

ވަހީދު ވިދާޅުވީ އެމްޑީޕީއާ ވާދަވެރި ހަރަކާތްތަކުގެ ތެރެއިން، ޚާއްޞަކޮށް ސަރުކާރުގެ ތެރެއިން ފާހަގަވެގެން ދަނީ، މި އިންތިޚާބުގައި ބިރުދެއްކުމާއި ނުފޫޒު އިންތިހާއަށް އޮތް ތަން ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއް ރާއްޖޭގައި މިނިވަން މުއައްސަސާތަކަށް، މުސްތަޤިއްލު މުއައްސަސާތަކަށެއް ނުބެލޭ ކަމަށެވެ. އޭނަ ވިދާޅުވީ އެމްޑީޕީގެ ޓީމުތަކާ އެކުގައި ބައިވެރިވެ، ފޮޓޯ ގަނޑެއް ނެނގުމުން ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބައެއް މުވައްޒަފުން މަސައްކަތްކުރާ ރަށް ނޫން ރަށްރަށަށް ބަދަލުކުރަމުންދާ ކަމަށެވެ. 

ސަރުކާރަށް ދަންނަވަން އޮތީ، ކިތަންމެ ނުފޫޒެއް ފޯރުވި ކަމުގައި ވިޔަސް، މި އިންތިޚާބު އިރާދަކުރެއްވިއްޔާ ބޮޑުތަނުން އެމް.ޑީ.ޕީން ކާމިޔާބުކުރާނެ. މި އިންތިޚާބަށް އެމް.ޑީ.ޕީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މި ދަނީ ވަމުންނޭ. އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ، މިހާރު ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އެބަ ފާހަގަކުރޭ، އެމް.ޑީ.ޕީ މިހާރު އެހެން ޕާޓީއެއް އުފައްދަންޖެހޭކަން. އެމް.ޑީ.ޕީއަކީ މި ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ. މި ޕާޓީއަކީ މި ރާއްޖޭގައި ދެ ފަހަރަށް ވެރިކަން ކުރި ޕާޓީ. އިރާދަކުރެއްވިއްޔާ ދެން ވެސް ވެރިކަން ކުރާނީ މި ޕާޓީ.
  ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު  

 ވަހީދު ވިދާޅުވީ ވެރިކަން ކުރާ ޕީ.އެން.ސީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ އެކުގައި ނިމިގެންދާނެ ކަމަށެވެ. އަދި އެމީހުން ޖެހޭނީ އަލުން އެހެން ޕާޓީއެއް އުފައްދަން ކަމަށާއި، އެމްޑީޕީ މި ރާއްޖޭގައި ޕާޓީ ނިޒާމު ހިނގާ އުސޫލުގެ ތެރެއިން ހަރުދަނާވެ، ހިނގަމުންދާނެ ކަމަށެވެ. އަދި އެމްޑީޕީ އަކީ އެއްވެސް ފަރާތެއް ނެތިގެން އަދި ހުރެގެން ވެސް އަސަރުކުރާނެ ޕާޓީއެއް ނޫން ކަމަށާއި، އެމްޑީޕީ އަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގަމުންދާ ޕާޓީއެއް ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ފުރިހަމަ ގޮތުގައި ހިނގަމުންދާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް އުއްމީދު ގެނެސްދެވެން އޮތް ހަމައެކަނި ޕާޓީއަކީ އެމް.ޑީ.ޕީ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ޕީއެންސީމާލެއެމްޑީޕީއަބްދުﷲ ވަހީދުޑރ. މުހައްމަދު މުއިއްޒުއިބްރާހިމް ފަލާހް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ

ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ

27 ފެބުރުއަރީ 2026
ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގެ ރޫހު އޮތީ އެމްޑީޕީ އާއި އެކުކަން ވަރަށް ސާފު: ރައީސް ސޯލިހު

ކައުންސިލް އިންތިޚާބުގެ ރޫހު އޮތީ އެމްޑީޕީ އާއި އެކުކަން ވަރަށް ސާފު: ރައީސް ސޯލިހު

27 ފެބުރުއަރީ 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެއީ ދޮގެއްކަން ސާބިތުވޭ

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން އެއީ ދޮގެއްކަން ސާބިތުވޭ

27 ފެބުރުއަރީ 2026
ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

27 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު