Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސަރަޙައްދުގައި 240 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، އެންމެ ގިނަ ފޮށި ބަހައްޓަނީ އައްޑޫ ސިޓީ އާއި ރ އަތޮޅުގަ. ރާއްޖެ އިން ބޭރާއި، ސިނާޢީ ރަށްތަކުގައި މިފަހަރު ފޮށި ނުބަހައްޓަން ނިންމާފައިވާއިރު، ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވޭ. މި އިންތިޚާބުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްވެސް ކުރިއަށްދާނެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 12:06
ލޯކަލް ކައުންސިލް އިންޚާބު 2020

ލޯކަލް ކައުންސިލް އިންޚާބު 2020 | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމުލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް އެންމެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ރަށްތަކުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތެރޭގައި 322 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މާލެ ސަރަޙައްދަށް ބަލާއިރު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމުލަ 240 ވޯޓު ފޮށި ބަހައްޓާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި ބަހައްޓާ 180 ފޮށްޓާއި، ހުޅުމާލޭގައި ބަހައްޓާ 51 ފޮށީގެ އިތުރުން ވިލިމާލޭގައި ބަހައްޓާ 9 ފޮށްޓެވެ. މާލެ ސަރަޙައްދުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން 98 ފޮށްޓަކީ މާލޭގެ ރައްޔިތުން ވޯޓުލުމަށް ޚާއްޞަ ފޮށިތަކެވެ. އަދި އަތޮޅުތަކާއި ސިޓީތަކަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލުމަށް 142 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އާއި ރ އަތޮޅު އަދި ހއ އަތޮޅުގަ އެވެ. އެގޮތުން އައްޑޫ ސިޓީގައި 29 ފޮށި، ރ އަތޮޅުގައި 25 ފޮށި އަދި ހއ އަތޮޅުގައި 23 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 21 ވޯޓު ފޮށި ބަހައްޓާއިރު، ޖަލުތަކުގައި ޖުމުލަ 5 ފޮށި ބަހައްޓާނެ އެވެ. ޖަލުތަކުގެ ތެރެއިން މާފުށި ޖަލުގައި 2 ފޮށި ބަހައްޓާއިރު، އައްސޭރި ޖަލާއި ހުޅުމާލެ ޖަލު އަދި ދޫނިދޫ ޖަލުން ކުރެ ކޮންމެ ތަނެއްގައި އެއް ފޮށި ބަހައްޓާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމެއްގައި އަދި ސިނާޢީ މަސައްކަތްކުރާ އެއްވެސް ރަށެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމުލަ 294,937 މީހުންނަށް ލިބިގެންވާއިރު، އެކި މަޤާމުތަކަށް 2,960 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭޕްރިލް 4 ގައި ބާއްވާ މި ވޯޓުލުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްވެސް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންމާލެހުޅުމާލެ އައްްޑޫ ސިޓީއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯޓު ފޮށީގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓު ފޮށީގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު