Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް މުހައްމަދު ސާލިހު

ކައުންސިލް އިންތިޚާބުގެ ރޫހު އޮތީ އެމްޑީޕީ އާއި އެކުކަން ވަރަށް ސާފު: ރައީސް ސޯލިހު

ސަރުކާރުގެ ސިޔާސަތުތައް ގޯސްވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީ، ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ތިބީ އެމްޑީޕީއާ އެކުގައިކަން، ކެމްޕެއިން ހަރަކާތްތަކުން ސާފުވާކަމަށް ރައީސް ސޯލިހު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 06:04
އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް އިންޓަރވިއު އެއް ދެއްވަނީ

އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް އިންޓަރވިއު އެއް ދެއްވަނީ | ރާއްޖެ އެމްވީ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އިންތިޚާބުގެ ރޫހު އޮތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެކުގައިކަން ވަރަށް ސާފު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް ދެއްވި އިންޓަރވިއު އެއްގަ އެވެ. އެ މަނިކުފާނު ވިދާޅުވީ އަތޮޅު ތެރެ އާއި މާލޭގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުން ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކުގައި ކަން ސާފުވި ކަމަށެވެ. ރާއްޖޭގެ ކަންކަން ރަނގަޅުކޮށް ހަމަމަގަށް އަޅުވަން އާއްމުން ތިބީ ބޭނުން ވެފައި ކަަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ހަމަ ހަގީގަތުގައި ވެސް ސިޔާސަތުތައް ގޯސްވެ، ރައްޔިތުންނަށް އެތައް އުނދަނގޫތަކަކާއި މި ދެ އަހަރުގެ ތެރޭގައި ކުރިމަތިލާން ޖެހިފައި ތިބި ކަމަށް ހުރިހާ ބޭފުޅުން ވެސް ވިދާޅުވޭ. އަދި ހާއްސަކޮށް އަވަސް އަރުވާލައިގެން ރެފަރެންޑަމްގެ މަސައްކަތް ކުރިއަށް ގެންދާތީ އާއްމުން ކަންބޮޑުވޭ. އާއްމުން ތިބީ ނޫނެކޭ ބުނަން ތައްޔާރަށް." އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރީ ވަރަށް ކުއްލި ގޮތަކަށް ކަަމަށެވެ. މި ރެފަރެންޑަމްގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ދަނީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގުތައް ގެއްލޭ ގޮތަށް އަމަލުކުރަމުން ކަމަށެވެ. އެގޮތުން ވަޒީފާ ބަދަލުކުރުމާއި، ވަޒީފާ އިން ކަނޑާލުން ފަދަ ކަންކަން ވެސް ކުރަމުން ދަނީ އާއްމުންނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކޮންމެ މީހަކަށް ވެސް، އެ މީހަކު ބޭނުންވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިބްރާހިމް މުހައްމަދު ސާލިހުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކައުންސިލް އިންތިޚާބުޚިޔާލު ހޯދުމުގެ ވޯޓުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

27 ފެބުރުއަރީ 2026
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމާ ގުޅޭ ގޮތުން ޑެޕިއުޓީ މޭޔަރ އަރީޝް އާ ހަވާލާދީ ފަތުރަމުންދަނީ ދޮގު ހަބަރެއް: މާލެ ސިޓީ ކައުންސިލް

26 ފެބުރުއަރީ 2026
ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު

ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު

26 ފެބުރުއަރީ 2026
ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

ރިފަރަންޑަމްއާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުނު ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ހުށަހަޅައިފި

25 ފެބުރުއަރީ 2026
ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

ފެންނަ ނުފެންނަ ވޯޓާއި ދެކޮޅަށް މާޗު މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާއެއް!

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު