Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީރާން ހަނގުރާމަ

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

4 މާރިޗު 2026 | ބުދަ 17:05

އީރާނުގެ ލީޑަރަކު އަވަހާރަވުމާ ގުޅިގެން، ބޭރު ގައުމުތަކުގެ ވެރިން އަވަހާރަވުމުން އަމަލުކުރަންޖެހޭ ރަސްމީ ގަވައިދާ އެއްގޮތަށް ސަރުކާރުން އަމަލުކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. އިސްލާމީ ގައުމެއްގެ އިސްވެރިޔަކު އަވަހާރަވުމުން ދިދަ ބައިދަނޑިއަށް ތިރިކޮށް ހިތާމަފާޅުކުރަން ގަވައިދު ލާޒިމު ކުރި ނަމަވެސް، މި ހާދިސާގައި ސަރުކާރުން ހިމޭނުން އޮތުމުން ކުރީގެ ނައިބު ރައީސާއި ކުރީގެ އުއްތަމަ ފަނޑިޔާރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި މައްސަލައިގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ގާނޫނީ އަދި ޑިޕްލޮމެޓިކް ހަމަތަކާ ޚިލާފު ވާހަކަތަކެއްގެ ގޮތުގައި އެ ބޭފުޅުން ވަނީ ސިފަކުރައްވާފައި.

ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 17:05
އީރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ.

އީރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ. | އެކްސް

އީރާނުގެ ލީޑަރު އާޔަތުﷲ ޚާމަނާއި އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން ރާއްޖޭގައި މިހާރު އޮތް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށްކަން ހާމަ ވެއްޖެ އެވެ.

ރާއްޖެއާ ސިޔާސީ ގޮތުން ގުޅިފައިވާ ބޭރު ގައުމެއްގެ ވެރިއަކު އަވަހާރަ ވުމުގެ ހިތާމައިގައި އަމަލު ކުރަންޖެހޭ ގޮތާ ބެހޭ ގަވައިދެއް 24 އޮގަސްޓް 1995 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ އާންމު ކޮށްފައެވެ.

ރާއްޖެ އާ ސިޔާސީ ގޮތުން ގުޅިފައިވާ ބޭރު ގައުމެއްގެ ވެރިއަކު އަވަހާރަވެއްޖެ ނަމަ ރަސްމީ ގޮތުން ހިތާމަފާޅު ކުރުަމަށްޓަކައި އަމަލު ކުރަން ޖެހޭ ގަވައިދުގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ، އިސްލާމީ ގައުމެއްގެ ނުވަތަ ސާކުގެ ގައުމެއްގެ ހެޑް އޮފް ސްޓޭޓަކު އަވަހާރަވެއްޖެ ނަމަ 1 ދުވަސް ބަންދުކޮށް 3 ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރަން ޖެހޭނެ ކަމަށެވެ.

މި ގަވައިދުގައި ބުނާ ގޮތުން އިސްލާމް ނޫން ގައުމެއްގެ ނުވަތަ ސާކުގައި ނުހިމެނޭ ގައުމެއްގެ ސަރުކާރު ހިންގަވާ ވެރިޔާ އަވަހާރަ ވެއްޖެ ނަމަ 1 ދުވަސްވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރަންވާނެ ކަމަށެވެ.

ގަވައިދުގައި ބުނެފައިވަނީ ދިވެހި ގައުމީ ދިދަ ތިރި ކުރާނީ ދިދަ ތިރިކުރުމަށް ރައީސް އޮފީހުން އެންގުމުން ކަމުގައެވެ.

އިސްލާމީ ގައުމެއް ކަމަށްވާ އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ނުރައްކާތެރި ހަމަލާ އެއްގައި އަވަހާރަވުމާ ގުޅިގެން ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮތުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ނުހުރުމާއެކު ފާޑު ކިޔާފަ އެވެ. މި ކަމާ ބެހޭ ގޮތުން ރައީސް މުއިއްޒު އަށް ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ، އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިރާނުން ދެމުން އަންނަ ރައްދު ހަމަލާތަކާ ގުޅިގެން އެ ގައުމުތަކަށް ގުޅައި އެ ގައުމުތަކާއެކު އޮތްކަން ހާމަ ކުރަނީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމަށެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅަށް ފާޑުވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ވަކި އެއްޗެއް ދުލުން ވަރަށް އުނދަގުލުން އިޒްރޭލުގެ އުދުވާނާމެދު ބަސް ބޭނުން ކުރާތަން ޑރ. މުއިއްޒުގެ ކިބައިން މިއަދު ފެނިގެން ދިޔަ،" ކަމަށެވެ.

"އެއްވެސް ޙައްގެއް ނެތި އީރާނުގެ އިސްތިގްލާލު ނަގާލަން އުޅެ ސޮވެރިނިޓީއަށް އަރާ މުސްލިމް ލީޑަރަކު ޝަހީދުކޮށްލުމަށްވުރެ ބޮޑު ވަކި ކުށެއް،" ނޯންނާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މުއިއްޒު ދެއްކެވީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ތިއީ ހަމަޖެހޭ ވާހަކައެއް ނޫން؛ ރައްޔިތުން މަނިކުފާނު އިންތިޚާބުކުރީ އިސްލާމްދީނާއި ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދުތަކުގައި ކަނޑައެޅިފައިވާ ޙުކުމްތަކާއި އުޞޫލުތަކުގެ ޙުދޫދުގެ ތެރޭގއި ވެރިކަންކުރުމަށް؛ އަމިއްލަ އިޚުތިޔާއި ޝަޚްޞީ މަޞްލަޙަތަށް އިސްކަންދީގެން ކުރާ ކަންކަމަކީ ރައްޔިތުންގެ ފަރާތުން ކުރާ ކަންކަންކަމުގައި ސިފަކުރެވޭނެ އެއްވެސް އަސާސެއް ނޯންނާނެއެވެ."

ބައިނަލް އަޤުވާމީ އަދ ޑިޕްލޮމެޓިކް ގުޅުންތައް ދުސްތޫރީ ހަމަތަކުގެ މަތިން ހިންގުމުގައި ރައީސް މުއިއްޒު ފެއިލްވެފައި އޮތުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން ކަމަށާއި، އެކަމަށް ޒިންމާވާންޖެހޭނީ ޚުދު މުއިއްޒާއި، ބައިނަލްއަޤުވާމީ މައްސަލަތަކުގައި މުއިއްޒު އަށް މަޝްވަރާ އަރުވަންތިބޭ ނާޤާބިލު އަދި މުނާފިޤު މަސްއޫލުވެރިން ކަމަށް ވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އީރާންޑރ. މުހައްމަދު މުއިއްޒުއާޔަތުﷲ އަލީ ޚާމަނާއީއީރާން-އެމެރިކާއަޙްމަދު ޢަބްދުﷲ ދީދީޑރ. މުޙައްމަދު ޖަމީލް އަޙުމަދުއީރާން-ޔޫއެސްއޭ-އިސްރާއީލް

އިތުރަށް ކިޔާލަން

23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
23 ޖުލައި 2026

އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް

23 ޖުލައި 2026
އީރާނުގެ ދިފާއީ ސިޔާސަތަކީ "ލޮލަކަށް ލޮލެއް": އިސް ޑިޕްލޮމެޓް
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 ޖުލައި 2026

އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު

22 ޖުލައި 2026
އީރާނުގެ ބިމަށް އަރައިގަންނަން މަސައްކަތްކުރާ ދުޝްމަނުންނާ ދެކޮޅަށް ވަރުގަދަ ސިނާރިއޯތަކާއި ޕްލޭންތައް ތައްޔާރުކޮށްފިން: އަސްކަރިއްޔާގެ ތަރުޖަމާނު
22 ޖުލައި 2026

އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް

22 ޖުލައި 2026
އީރާން ހަނގުރާމަ ނިމޭނެ ގޮތުގެ އެއްވެސް ޖަވާބެއް ނެތް
21 ޖުލައި 2026

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

21 ޖުލައި 2026
ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް