Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަމަލާ ގާނޫނީ ކުލަ

އީރާނުގެ ވެރިކަން ބަދަލު ކުރަން ތާއީދު، އެކަމަކު އެމެރިކާ އާއި އިޒްރޭލް އިން ދެނީ ޤާނޫނާ ޚިލާފު ހަމަލާ ތަކެއް: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

ކާނީ ވިދާޅުވީ މެދު އިރުމަތީގެ ހަމަ ނުޖެހުމާއި ބިރުވެެރިކަން ފެތުރުމުގެ މައިގަނޑު އަސްލަކީ އީރާނުގެ މިހާރުގެ ސަރުކާރު ކަމަށް. އެއާ އެކު، އީރާންގެ ސަރުކާރު ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ކެނެޑާ އިން މަރުޙަބާ ކިޔާ ކަމަށް ވެސް ކާނީ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 10:53
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ، ކާރު ކޮޅަށް އަރައި ވަޑައިގަންނަވަނީ

ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ، ކާރު ކޮޅަށް އަރައި ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ދެމުން އަންނަ ހަމަލާ ތަކަކީ، ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ދެމުން ގެންދާ ހަމަލާ ތަކެއް ކަމަށް ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ. 

އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ލޯވީ އިންސްޓިޓިއުޓް ތިންކް ޓޭންކުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ކާނީ މިހެން ވިދާޅުވެފައިވާއިރު، އޭނާ ވަނީ މެދު އިރުމަތީގައި އުފެދިފައިވާ ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް ވެސް ގޮވާލަައްވައިފަ އެވެ. 

ނަމަވެސް ކާނީ ވިދާޅުވީ މެދު އިރުމަތީގެ ހަމަ ނުޖެހުމާއި ބިރުވެެރިކަން ފެތުރުމުގެ މައިގަނޑު އަސްލަމީ އީރާންގެ މިހާރުގެ ސަރުކާރު ކަމަށެވެ. އެއާ އެކު، އީރާންގެ ސަރުކާރު ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކަށް ކެނެޑާ އިން މަރުޙަބާ ކިޔާ ކަމަށް ވެސް ކާނީ ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ކާނީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާ ތަކަކީ، ބައިނަލްއަޤުވާމީ ޤާނޫނު ތަކާ އެއްގޮތަށް ދެމުން އަންނަ ހަމަލާ ތަކެއްގެ ގޮތުގައި ފެންނަން ނެތް ކަމަށެވެ. އެގޮތުން ކާނީ ވިދާޅުވީ، އޭނާ އަކީ ޤާނޫނީ މާހިރަކަށް ނުވި ނަމަވެސް، މި އަމަލު ތަކަކީ ޤާނޫނާ ޚިލާފު ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. 

ބޮޑުވަޒީރު ކާނީ ވިދާޅުވީ މެދުއިރުމަތީގައި ހަމަނުޖެހުމާއި ބިރުވެރިކަން ފެތުރުމުގެ މައިގަނޑު އަސްލަކީ އީރާނުގެ މިހާރުގެ ސަރުކާރު ކަމަށާއި، އެ ގައުމުގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ކެނެޑާއިން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން މިހާރު ދެމުން ހެންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ ކަންކަން ކަމަށް ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކާނީ ވިދާޅުވީ އޭނާއަކީ ގާނޫނީ މާހިރަކަށް ނުވީ ނަމަވެސް، މި އަމަލުތަކަކީ ގާނޫނާ ޚިލާފު ކަންކަމުގެ ގޮތުގައި ބެލެވޭ ކަމަށެވެ.

ކާނީ މިހާރު އޮސްްޓްރޭލިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމު ތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް، އެމެރިކާ އަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ކާނީ ވިދާޅުވި ގޮތުގައި، މެދު އިރުމަތީގެ ހަނގުރާމަ އަކީ ބައިނަލްއަޤުވާމީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. އަދި އެމެރިކާ އާއި އިޒްރޭލް އިން މި ހަމަލާތައް ދީފައި ވަނީ އދ. އާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި، އަދި ކެނެޑާ ފަދަ ބައިވެރި ޤައުމު ތަކުގެ ލަފާ ހޯދުމެއް ނެތި ކަމަށް ވެސް ކާނީ ވިދާޅުވި އެވެ. 

އިތުރަށް ކާނީ ވިދާޅުވީ އެމެރިކާގެ އަމަލުތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުންނެވި ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މާކް ކާނީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު އަވަހާރަވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު އަވަހާރަވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

04 މާރިޗު 2026
އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

އީރާނުން ވޯލްޑް ކަޕް ނުކުޅެން ވިސްނަނީ، ޓްރަމްޕް ވިދާޅުވީ އެއީ އޭނާއާ ބެހޭ ކަމެެއް ނޫން ކަމަށް!

04 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާތަކާ ދެކޮޅަށް، ރަޝިޔާ އާއި ޗައިނާ

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާތަކާ ދެކޮޅަށް، ރަޝިޔާ އާއި ޗައިނާ

04 މާރިޗު 2026
އީރާނުން ޢަރަބި ޤައުމު ތަކަށް ހަމަލާ ދިނުމަކީ ގޯހެއް: ތުރުކީގެ ފޮރިން މިނިސްޓަރު

އީރާނުން ޢަރަބި ޤައުމު ތަކަށް ހަމަލާ ދިނުމަކީ ގޯހެއް: ތުރުކީގެ ފޮރިން މިނިސްޓަރު

04 މާރިޗު 2026
އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް

އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް

04 މާރިޗު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު