Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އީރާން ހަނގުރާމަ

މީޑިއާތަކަށް މެސެޖުކުރައްވައި އީރާން ހަނގުރާމަ އާއި ގުޅޭގޮތުން ރައްޔިތުން ބިރުގަންނަ ހަބަރު ނުފެތުރުމަށް ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލް އެދިވަޑައިގެންފި

މިނިސްޓަރ ޚަލީލް މީޑިއާތަކަށް މިފަދަ މެސެޖެއް ފޮނުއްވި ކަމަށް ބުނާ ވާހަކައާ ގުޅިގެން ރާއްޖެ އެމްވީ އިން ސުވާލު ކުރުމުން، އޭނާ ވަނީ މީހަކަށް މެސެޖެއް ކޮށްލުމަކީ މައްސަލައެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ. އަދި އެއީ އެހާ ބޮޑު ޚަބަރެއް ނުވަތަ ބޮޑު ވާހަކައެއްތޯ ވިދާޅުވެ ޚަލީލް ވަނީ އެކަމަށް ފާޑުވިދާޅުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 މާރިޗު 2026 | އަންގާރަ 18:27
ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލް

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލް | ޕީއެސްއެމް

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހާ ބެހޭގޮތުން ރައްޔިތުން ބިރުގަންނަ ފަދަ ޚަބަރުތައް ފެތުރުން ހުއްޓާލުމަށް އެދި ރައީސް އޮފީހުގެ މިނިސްޓަރ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ބައެއް މީޑިއާތަކަށް މެސެޖު ކުރައްވައިފި އެވެ.

މިނިސްޓަރ ޚަލީލް މީޑިއާތަކަށް މިފަދަ މެސެޖެއް ފޮނުއްވި ކަމަށް ބުނާ ވާހަކައާ ގުޅިގެން ރާއްޖެ އެމްވީ އިން ސުވާލު ކުރުމުން، އޭނާ ވަނީ މީހަކަށް މެސެޖެއް ކޮށްލުމަކީ މައްސަލައެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. އަދި އެއީ އެހާ ބޮޑު ޚަބަރެއް ނުވަތަ ބޮޑު ވާހަކައެއްތޯ ވިދާޅުވެ ޚަލީލް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

މިނިސްޓަރ ޚަލީލް މީޑިއާތަކަށް މިފަދަ އިރުޝާދެއް ދެއްވާފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ބައިނަލްއަގުވާމީ މީޑިއާތައް މެދުވެރިކޮށް މެދުއިރުމަތީގައި ހިންގާ އުދުވާނީ ހަމަލާތަކުގެ ހަގީގަތް އޮޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް އިޒްރޭލުން ދެމުންދާ ޣައިރު ގާނޫނީ ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން، ދުނިޔޭގެ ގިނަ ގައުމުތަކުން އެކަން ކުށްވެރި ކުރަމުންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ރައީސް މުއިއްޒު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް، އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ މި ހަމަލާތަކަކީ އީރާނުން އިސްވެ ފެށި ކަމެއްކަން ދޭހަވާ ފަދަ މޭރުމަކުންނެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވި އިރުވެސް އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ ކުށްވެރި ކުރަން ރައީސް މުއިއްޒަށް ކެރިވަޑައިގެންފައި ނުވާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރަކީ އިސްލާމްދީނަށް ނަސްރުދީ، ދީނުގެ އަދުއްވުންގެ ކުރިމަތީގައި ސާބިތުކަމާއެކު ތިބޭނެ ކަމަށް އަބަދުވެސް ދައުވާ ކުރަމުންދާ ސަރުކާރެކެވެ. އެހެންނަމަވެސް، އަމަލީ ގޮތުން ކަންކަން ދިމާވާއިރު ރައީސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިސްލާމީ ގައުމުތަކުގެ އިތުރުން ޣައިރު މުސްލިމް ގައުމުތަކުން ވެސް އީރާނުގެ ލީޑަރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ފޮނުވަމުންދާއިރު، ދިވެހި ސަރުކާރުން އެމެރިކާ އާއި އިޒްރޭލުގެ މި ލާއިންސާނީ އަމަލު ކުށްވެރި ނުކުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

މިނިސްޓަރ ޚަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖަކީ މެދުއިރުމަތީގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެ އެވެ. ސަރުކާރުގެ މި އަމަލުތަކާ ގުޅިގެން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވަމުންދާ ގޮތާމެދު ސިޔާސީ މަސްރަހުގައި މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

އެމެރިކާ-އީރާން-އިޒްރޭލްޑރ. އިބްރާހިމް ޚަލީލްޑރ. މުހައްމަދު މުއިއްޒުމެދު އިރުމަތި

އިތުރަށް ކިޔާލަން

03 މާރިޗު 2026

ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

03 މާރިޗު 2026
ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
03 މާރިޗު 2026

ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ

03 މާރިޗު 2026
ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ
03 މާރިޗު 2026

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް
02 މާރިޗު 2026

ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

02 މާރިޗު 2026
ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު