Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

4 މާރިޗު 2026 | ބުދަ 15:12

ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ޝާހިދު ވިދާޅުވީ، ދައުލަތުގެ ބޮޑު ބަޖެޓުން ރަށްރަށުގެ ތަރައްގީއަށް އެއްވެސް ފައިދާއެއް ނުކުރާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށް. މީގެއިތުރުން، އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުންގެ އަޑު އިއްވުމަށް އޮތް ފުރުސަތު ހަނިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ޝާހިދު ވަނީ ވާހަކަދައްކަވާފަ.

އަލީ ޝާހީން
އަލީ ޝާހީން | 4 މާރިޗު 2026 | ބުދަ 15:12
އެމްޑީޕީން ކައުންސިލް އިންތިހާބަށް ކުރާ ކެމްޕޭނުގެ ތެރެއިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ކުރި ޒިޔާރަތުގައިއެމްޑީޕީގެ ރައިށް އަބްދުﷲ ޝާހިދު ދެއްވި އިންޓަވިއު

އެމްޑީޕީން ކައުންސިލް އިންތިހާބަށް ކުރާ ކެމްޕޭނުގެ ތެރެއިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ކުރި ޒިޔާރަތުގައިއެމްޑީޕީގެ ރައިށް އަބްދުﷲ ޝާހިދު ދެއްވި އިންޓަވިއު | ރާއްޖެ އެމްވީ

އެތައް ބިލިއަން ރުފިޔާއެއްގެ ބަޖެޓު ހުސްވެގެން ދިޔައިރު ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ރާއްޖޭގެ ރަށްރަށަށް ކުރަމުން ގެންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އެމްޑީޕީގެ ރައީސް އަބްދޫﷲ ޝާހިދު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހދ މަކުނުދޫ އަށް ޒިޔާރަތްކުރައްވާ ދެއްވި އިންޓަވިއުއެއެއްގައި ޥާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރަށްރަށުގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިހުރި މަޝްރޫއުތައް މިސަރުކާރުން އައިސް ހުއްޓާލާފައިވާ ކަމަށާއި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރަށްރަށުގައި އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ހިނގަމުންދާތަން ނުފެންނަ ކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ރަށްރަށުގެ މީހުން މާލެ އަށް ހިޖުރަކޮށް އެރަށްރަށް ފަޅުވަމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެކަންކަން އެގޮތަށް ދިމާވަނީ ރަށްރަށުގައި އެކަށީގެންވާ މަޝްރޫއުތަކެއް ނުހިންގުމުގެ ސަބަބުން ކަމަށެވެ. 

މި ބޮޑުތިލަދުންމައްޗަށް އެމްޑީޕީން އޮތް ބޮޑު ތަސައްވަރުގަ އިމާރާތްކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ހަގީގީ ފައިދާއެއް މިސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދީފަ ނުވާތަން. ރައްޔިތުން އަޑު ހަރުކޮށް މިއަދު ބުނަމުން އެގެންދަނީ މިސަރުކާރުން ތިމަންނަމެންނަކަށް އަޅައެއް ނުކައޭ، އަޅުގަނޑު ކައިރީގަ އެތައް އެތައް ރައްޔިތުންނެއް ބުނި، މިދިޔަ އަހަރު ރާއްޖޭގެ ފާސްކޮށް ހަރަދުކުރި 56 ބިލިއަންގެ ބޮޑު ބަޖެޓުން ތިމަންނަމެންގެ ރަށަށް، ނެއްލައިދޫ އަށް ނައިވާދޫ އަށް ވައިކަރަދޫއަށް ކުމުންދޫއަށް ނުވަތަ މަކުނުދޫ އަށް އަދިވެސް އެނޫން ރަށްރަށަށް ލިބުނީ ކޯންޗެއްހޭ. 
އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، އިންތިހާބުތައް މަދުކުރުމަށް ވެސް ރައްޔިތުން ނޭދޭ ކަމަށާއި ހދ ގެ ރައްޔިތުންވެސް އެ ސުވާލަށް ދޭނެ ޖަވާބަކީ އިންތިހާބުތައް އެއްކޮށްލަން ނޫނެކޭ ބުނުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އިންތިހާބުތައް އެކޮށްލުމުގެ ސަބަބުން ރައްޔިތުންގެ އަޑު އަހަން އައުމުގެ ފުރުސަތު ގެއްލޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެރައްޔިތުން ބޭނުންވަނީ ވެރިން ރައްޔިތުންގާތަށް އައިސް ބައްދަލުކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ. 

ޝާހިދު ވިދާޅުވީ، ހާއްސަކޮށް ހދ ގެ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ފުރުސަތު ގެއްލުވާނުލައި އެ އޮތް ގޮތަށް ބާއްވަން ކަމަށާއި މުޅި އަތޮޅުންނާއި މުޅި ރާއްޖެއިން ވެސް ބުނަމުންގެންދަނީ ދެ އިންތިހާބު އެއްކޮށްލަން ނޫނެކޭ ކަމަށެވެ. 

އަބްދުﷲ ޝާހިދުއެމްޑީޕީހދ. މަކުނުދޫބޮޑުތިލަދުންމަތި

އިތުރަށް ކިޔާލަން

04 މާރިޗު 2026

ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

04 މާރިޗު 2026
ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު
04 މާރިޗު 2026

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

04 މާރިޗު 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ
03 މާރިޗު 2026

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

03 މާރިޗު 2026
ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް
03 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

03 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު
03 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

03 މާރިޗު 2026
އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ
03 މާރިޗު 2026

އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު

03 މާރިޗު 2026
އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު
03 މާރިޗު 2026

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް
03 މާރިޗު 2026

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

03 މާރިޗު 2026
ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް
03 މާރިޗު 2026

ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު

03 މާރިޗު 2026
ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް