Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިމިނަތު ޝައުނާ

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

މީގެ ތިން އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދީފައިވާ ލަފައަކާ ގުޅިގެން ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީއަށް ހާޒިރުކޮށްފައިވަނީ ބަދަލު ދިނުމުގެ މައްސަލައެއްގެ ތަހުގީގަށް. މި މައްސަލައިގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ޝައުނާ ވަނީ ދެއްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 01:59
ކުރީގެ ތިމާވެށްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އެމްޑީޕީ ޖަގަހަ ޖަލްސާ އެެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ތިމާވެށްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އެމްޑީޕީ ޖަގަހަ ޖަލްސާ އެެއްގައި ވާހަކަ ދައްކަވަނީ | އެމްޑީޕީ ސެކްރިޓޭރިއެޓް

މީގެ ތިން އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދީފައިވާ ލަފައަކާ ގުޅިގެން، ތިމާވެށްޓާ ބެހޭ ކުރީގެ މިނިސްޓަރު އާމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރުކުރީ އިކޮނޮމިކް ކައުންސިލުން މީގެ ތިން އަހަރު ކުރިން ދީފައިވާ ލަފައަކާ ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، އޭނާގެ މިނިސްޓަރުކަމުގެ ދައުރުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ޝައުނާ ވަނީ ދެއްވާފަ އެވެ. އަދި އޭނާ އާއި ސުވާލު ކުރެވުނު މައްސަލައިގެ ސީދާ މައުލޫމާތު ހާމަ ނުކުރުމަށް އޭސީސީ އިން އަންގާފައިވާ ކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭސީސީ އިން މިހާރު ތަހުގީގު ކުރަމުން ދަނީ ބަދަލު ދިނުމުގެ މައްސަލައެއްގައި އިކޮނޮމިކް ކައުންސިލުން ދިން ލަފައަކާ ގުޅޭ މައްސަލައެކެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވައިލީ ނޮވެމްބަރު 28، 2022 ގަ އެވެ.

އެ އުސޫލުގެ ދަށުން ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އެކަމަކާ ގުޅޭ އިދާރާއަކުން މައްސަލަ ތަހުގީގު ކުރުމަށްފަހު، ސެޓްލްމެންޓް ކޮމިޓީ އަށް ހުށަހެޅުމުންނެވެ. އެއަށްފަހު އެ ކޮމިޓީން ދިރާސާކޮށް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން، އެ ކައުންސިލުން ދޭ ލަފައަކަށް ކެބިނެޓުގައި މަޝްވަރާކުރުމަށްފަހު ބަދަލު ދިނުމުގެ ކަންކަން ނިންމަ އެވެ.

މި ސަރުކާރާ ގުޅޭގޮތުން އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލަތައް ފުނިޖެހިފައިވާ އިރު، އެމައްސަލަތައް ކުރިޔަށް ނުގެންގޮސް ސިޔާސީ މަންފާ ހާސިލުކުރުމަށްޓަކައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އިސް ފަރާތްތައް އޭސީސީ އަށް ހާޒިރުކުރަނީ ބިރުދެއްކުމަށް ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރެ އެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީ އިން ބޭއްވި ބޮޑު މުޒާހަރާ އާ ދިމާކޮށް ވެސް، އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ފަރާތްތައް ވަނީ އޭސީސީ އަށް ހާޒިރުކޮށްފަ އެވެ. 

އައިމިނަތު ޝައުނާއެންޓި ކޮރަޕްޝަން ކޮމިޝަންއިކޮނޮމިކް ކައުންސިލްއެމްޑީޕީސެޓްލްމަންޓް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

04 މާރިޗު 2026
ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

04 މާރިޗު 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

04 މާރިޗު 2026
ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

03 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

03 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު