Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ

ޕީއެންސީން ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ދަނީ ޖެއްސުން ކުރަމުން: ވަހީދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޕީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގައި ޕީއެންސީގެ ބިލްބޯޑުތައް ހަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް، އެމްޑީޕީގެ ކެމްޕޭން ތަކެއްޗަށް ގެއްލުންދީ ހުރަސްއަޅަމުންދާ ކަމަށް ބުނެފައިވޭ. ނަމަވެސް މިފަދަ ޖެއްސުންތަކާ އެކުވެސް ފަހަތަށް ނުޖެހި އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް، މި އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ވަހީދު ވިދާޅުވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 4 މާރިޗު 2026 | ބުދަ 12:05
އެމްޑީޕީގެ ކެންޕޭން ޕޯސްޓަރަށް ގެއްލުން ދީފައި.

އެމްޑީޕީގެ ކެންޕޭން ޕޯސްޓަރަށް ގެއްލުން ދީފައި. | ރާއްޖެއެމްވީ

ސަރުކާރުގެ ޕާޓީ، ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށް، އެމްޑީޕީއަށް ވަރަށް ގިނަ ގޮތްގޮތުން ޖެއްސުން ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވަނީ ޕީއެންސީން އިންތިޚާބަށް ސަރުކާރުގެ ވަސީލަތްތަކާއި، މުވައްޒަފުން ބޭނުން ކޮށްގެން މަސައްކަތް ކުރާ ވީޑީއޯއެއް އާއްމުންނަށް ދައްކާފަ އެވެ. އަދި ވިދާޅުވީ މިފަހުން ހުޅުމާލޭގައި ޕީއެންސީގެ ބިލްބޯޑުތައް ހަރު ކޮށްފައިވަނީ އެމްޕީއެލްގެ ވަސީލަތްތަކާއި، މުވައްޒަފުން ބޭނުން ކޮށްގެން ކަމަށެވެ.

އަޅުގަނޑުމެންނަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން  މިއިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ހިންގާ އެތައް ކަމެއްގެ ހެކި ވަނީ ލިބިފައި. އެގޮތުން އަޅުގަނޑު މިހާރު މި ދައްކާލަނީ އެމްޕީއެލްގެ މުވައްޒަފުންނާ ވަސީލަތް ބޭނުންކޮށްގެން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފްގެ ކޮއްކޮ މިހުންނަނީ އެމްޕީއެލްގެ އަހުމަދު އާރިފް އާދަމް ފްލީޓް މެނޭޖަރެއްގެ ގޮތުގައި އެބޭފުޅާ އަންގަވައިގެން ކުރުވާ މަސައްކަތެއް ގެ ގޮތުގައި ހުޅުމާލޭގައި ޕޯސްޓަރު ހަރު ކުރުމުގެ މަސައްކަތް ކޮށްފައިވޭ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

އެމްޑީޕީގެ ޕޯސްޓަރުތަކާއި، ބިލްބޯޑުތަކަށް ގެއްލުންދޭކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، މިފަހުން ފުވައްމުލަކު ސިޓީގައި ހަރުކޮށްފައިހުރި އެޕާޓީގެ ޕޯސްޓަރުތަކާއި، ބިލްބޯޑުތަކަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫސިޓީ މަރަދޫގައި ޖަހާފައި ހުރި ބިލްބޯޑުތަކަށް ގެއްލުން ދީފައިވާއިރު، ޕޯސްޓަރުތަކުގެ ކުރިމަތީގައި ޕީއެންސީގެ ބިލްބޯޑުތައް ޖަހައި ފޮރުވާފައިވާ  ކަމަށެވެ. 

ވަހީދު ވިދާޅުވީ މިފަދަ ގޮތަކަށް އެމްޑީޕީއަށް ސަރުކާރުން ޖެއްސުން ކުރި ނަމަވެސް ޕާޓީ ފަހަތަށް ނުޖެހޭނެ ކަމަށާއި،  އެމްޑީޕީ ދާނީ ކުރިއަށް ކަމަށެވެ. 

ޕީއެންސީއެމްޑީޕީއަބްދުﷲ ވަހީދުލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

04 މާރިޗު 2026

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

04 މާރިޗު 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ
03 މާރިޗު 2026

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

03 މާރިޗު 2026
ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް
03 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު

03 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގެ މައުލޫމާތު ރައްޔިތުންނަށް ނުދިނުމަކީ އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެއް ހިމެނޭ ކަމެއް: ރައީސް ސޯލިހު
03 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ ގެ ކައުންސިލް ވެގެންދާނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކާމިޔާބުކުރާނެ ކައުންސިލަކަށް

އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ

03 މާރިޗު 2026
އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް، ހާއްސަކޮށް ފެންނަ ނުފެންނަ ވޯޓަށް ރައްޔިތުން ތިބީ ބޮޑުކޮށް ނޫނެކޭ ބުނަން ތައްޔާރަށް: ފިއްޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު