Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ އިންތިހާބު އެއްކުރުން

2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

3 މާރިޗު 2026 | އަންގާރަ 19:57

ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުތައް އެއްކުރަން މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ބައްދަލުކުރަން ބޭނުންފުޅު ނުވާތީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. އިންތިޚާބުތައް ގިނަވުމަކީ ރައްޔިތުންގެ ގާތަށް ވެރިން ދިއުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަކުރައްވައި، ތަރައްޤީ ބޭނުންވާނަމަ އެ ނިންމުމާ ދެކޮޅު ހެދުމަށް މޭޔަރު ވަނީ ގޮވާލައްވާފަ. މީގެ އިތުރުން، ކައުންސިލަށް ބޭނުންވަނީ ރައްޔިތުންގެ ކަންކަމުގައި އިޚުލާޞްތެރިކަމާއެކު ވަކާލާތުކުރާނެ މުރާލި މެންބަރުން ކަމަށްވެސް އާޒިމް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 3 މާރިޗު 2026 | އަންގާރަ 19:57
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަނީ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އިންތިޚާބުތައް އެއްކުރަން ރައީސް ޑރ. މުހައްމަދު މުއިއޒު މަސައްކަތްކުރައްވަނީ ރައްޔިތުން ކައިރިއަށް ނުދާންވެގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ހެންވޭރު ހުޅަނގު ދާއިރާގެ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މިހާރު ވެސް އިންތިޚާބުތައް އެއް ނުކޮށް އޮތްއިރު، އިހައްދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ރަށްރަށަށް ދިއުމާއި މީހުންނާ ބައްދަލުކުރުން ބޭނުން ނުވާ ކަމުގައެވެ.

މޭޔަރު ވިދާޅުވީ މިހާރު ވެސް ރައީސް އެ ހިސާބުގައި ހުންނަވާ ކަމަށާއި، އިންތިޚާބެއް ނެތިއްޔާ އަދި އަމުދުން ރައްޔިތުން ކައިރިއަށް ނުދާނެ ކަމަށެވެ. އިންތިޚާބުތައް އޮތީމަ ގިނަގިނައިން ރައީސުން ތަންތަނަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މޭޔަރު ވިދާޅުވީ ތަރައްޤީ ބޭނުންކަމަށްވާ ނަމަ އިންތިޚާބު އެއްކުރުމަށް ނޫނެކޭ ބުނެ ފެއިލްކޮށްދެއްވުމަށެވެ.

މިހާރުވެސް އިންތިޚާބުތައް އެއްނުކޮށް އޮތް އިރު، އިހައްދުވަހަކު ރައީސް ވިދާޅުވެއްޖެ، ތިމަންނަ ބޭނުމެއް ނޫނޭ ރަށްރަށަށް ދާކަށް މީހުންނާ ބައްދަލުކުރާކަށް. މިހާރުވެސް އެހުރީ އެހިސާބުގަ. އެހެންވީމާ، އިންތިޚާބެއް ނެތިއްޔާ އަދި އަމުދުން ނުދާނެނޫންތޯ. އެހެންވީމާ، އަޅުގަނޑު ހަމަ އެދެނީ ތި ބޭފުޅުން ތަރައްޤީ ބޭނުންކަމަށްވަންޏާމު އިންތިޚާބު އެއްކުރުމަށް ނޫނެކޭ ބުނެ މިކަން ފެއިލްކޮށްލަދެއްވަން. 
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޝަހޫ ރިޒާ އަކީ ވަރަށް މުރާލި، ވަރަށް ތެދުވެރި އަމާނާތްތެރި ކެންޑިޑޭޓެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. ކައުންސިލަށް ބޭނުންވަނީ މުރާލި، ތެދުވެރި އަމާނާތްތެރި ކައުންސިލަރުން ކަމަށާއި، ޙާޒިރުވެ، ރައްޔިތުންގެ ކަންތައްތައް ބަލައި، ކައިރިން މަސައްކަތްކުރާނެ މީހުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން ޝަހޫ ރިޒާ ހޮވައިދެއްވުމަށް ވަރަށް ބޮޑަށް އެދިލައްވާ ކަމުގައެވެ. އޭނާ އަކީ ރައްޔިތުންގެ ކަންތައްތައް ކައިރިން ބަލައި، އުނދަގޫތައް ކައިރިން ބަލައި، ކައުންސިލަށް ގެންގޮސް ވަކާލާތުކޮށް، ހުރިހާ ކަމެއް ވަރަށް ހަމަޖައްސައިދޭނެ ބޭފުޅެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

އާދަމް އާޒިމްޑރ. މުޙައްމަދު މުޢިއްޒުހެންވޭރު ހުޅަނގުމާލެ ސިޓީއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

އިތުރަށް ކިޔާލަން

03 މާރިޗު 2026

އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

03 މާރިޗު 2026
އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި
03 މާރިޗު 2026

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ
02 މާރިޗު 2026

މާލެސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނަ، މިދިޔަ މަހުގެ 23 ގައި އެކަނި ވެސް 9 އެކްސިޑެންޓް ހިނގާފައިވޭ

02 މާރިޗު 2026
މާލެސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނަ، މިދިޔަ މަހުގެ 23 ގައި އެކަނި ވެސް 9 އެކްސިޑެންޓް ހިނގާފައިވޭ
02 މާރިޗު 2026

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި
02 މާރިޗު 2026

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް
01 މާރިޗު 2026

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި
01 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

01 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"
01 މާރިޗު 2026

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު
28 ފެބުރުއަރީ 2026

މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

28 ފެބުރުއަރީ 2026
މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި
28 ފެބުރުއަރީ 2026

އެމްޑީޕީ ނޫން ޕާޓީ އަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގިފަ ނެތް ކަން ތާރީޚުން ވެސް ސާބިތުވޭ: އާޒިމް

28 ފެބުރުއަރީ 2026
އެމްޑީޕީ ނޫން ޕާޓީ އަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގިފަ ނެތް ކަން ތާރީޚުން ވެސް ސާބިތުވޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް