Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީ ހުއްޓުން

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދެ އަހަރުވީއިރު ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި، ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި އިހުމާލުވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރި ނަމަވެސް އަތޮޅުތެރޭގެ ތަރައްޤީއަށް ކުރިއެރުމެއް ނައިސް، ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ވެސް މި ސަރުކާރުން ހުއްޓާލާފައިވާކަން އޭނާ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 12:18
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު. | ރާއްޖެ އެމްވީ

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ރަށްރަށުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ރާއްޖެޓީވީ އަށް މަޢުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު، ރަށްރަށުގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިނގަމުން ނުދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެކި މަޝްރޫޢުތަކަށް އެޅުއްވި ބިންގާތައް "ގައުވެފައި" ހުރި ތަން ފެންނަމުންދާ ކަމަށް ވިދާޅުވެ، ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހިނގަމަކުން ނުދޭ. އަދި އޭގެއިތުރުން މި ދާކަށް ދުވަހު ކުރެއްވި ދަތުރުފުޅުގައި އެޅުއްވިހާ ބިންގަލެއް ގައުވެފައި ހުރި ތަން. ރައްޔިތުންގެ ޝަކުވާއަކީ، ކޮބައިތޯއޭ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި އެތައް ވަޢުދު، ކޮބައިތޯއޭ މި އޮތް ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދު؟ ކޮބައިތޯއޭ މި ރަށްރަށަށް ވަޑައިގެން އެޅުއްވި ބިންގާ؟ ކޮބައިތޯއޭ މިދިޔަ އަހަރު ފަންސާސް ހަތެއް ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކުރެއްވިއިރު މި ސިޓީތަކަށް؛ އައްޑޫ ސިޓީއަށް، ފުވައްމުލަކު ސިޓީއަށް، ހުޅުދޫ މީދޫއަށް ކޮށްދެއްވި ކަމެއް. ފަންސާސް ހަތެއް ބިލިއަން ރައްޔިތުންގެ ފައިސާއިން ޚަރަދުކުރެއްވިއިރު.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކަށް އަލިއަޅުއްވައިލައްވަމުން ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެވަޑައިގެންނެވި އެތައް ވަޢުދެއް މިއަދު ފެންނަން ނެތް ކަމަށެވެ. ޚާއްޞަކޮށް އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީގެ އިތުރުން ހުޅުދޫ އަދި މީދޫ ފަދަ ބޮޑެތި އާބާދީތަކަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ކޮށްދީފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 57 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، އެ ފައިސާއިން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކުރިއިރު، ސިޓީތަކާއި ރަށްރަށުގެ ތަރައްޤީއަށް އެއްވެސް ކުރިއެރުމެއް ނައިސް، މަޝްރޫޢުތައް ހުއްޓިފައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް މި ސަރުކާރުން ވަނީ ހުއްޓާލާފަ އެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި މި ސަރުކާރަށް އަލަށް އެއްވެސް ބޮޑު މަޝްރޫޢެއް ފެށިފައި ނުވާ އިރު، މުޅި ރާއްޖޭގެ ތަރައްޤީ މިއަދު އޮތީ މަޑުޖެހިފައި ކަމަށް އިދިކޮޅުން ބުނެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ ޝާހިދުއެމްޑީޕީއައްްޑޫ ސިޓީފުވައްމުލައް ސިޓީއިބްރާހިމް މުހައްމަދު ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

01 މާރިޗު 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026
ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

01 މާރިޗު 2026
އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

28 ފެބުރުއަރީ 2026
ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

ބޭނުންވަނީ ހުރިހާ އެންމެންނާ ގުޅިގެން މިހާރު މިއޮތް ސަރުކާރުން މިކުރާ ވިޔާނުދާ ކަންކަން ހުއްޓުވޭނެ ގޮތެއް ހަދަން: ކުރީގެ ރައީސް ޔާމީން

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު