Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕިކަޕް ޖަލްސާ

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންގެ ދުސްތޫރީ ބާރުވެރިކަން ކުޑަކުރުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި. މި ބަދަލަކީ ވެރިކަމުގެ ދައުރު ދިގުދައްމާލުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ކަމެއް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ފާޅުގައި ނުކުތުމަށް އެ ޕާޓީން ވަނީ ގޮވާލާފަ. އެހެންކަމުން، އިންތިޚާބުތައް އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް އިދިކޮޅު ފަރާތްތަކުން ބާރުއަޅާ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 19:54
އެމްޑީޕީގެ ޕިކަޕް ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ޕިކަޕް ޖަލްސާގެ ތެރެއިން | އެމްޑީޕީ

އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފެށީއްސުރެ މިހާ ހިސާބަށް ބެލި ނަމަވެސް ޑިމޮކްރަސީ ކުރިއަރުވަން ޕީއެންސީގެ ފިކުރުން ކުރި ކަމެއް ނެތް ކަމަށެވެ. ޤާނޫނުއަސާސީގެ ބާރު ހިންގާ އާއްމުން ބާރުވެރިކުރުވުމަކީ އެއީ ޕީއެންސީ ދަންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ރައްޔިތުންގެ ބާރުވެރިކަން ކުޑަކުރުމަށް ހިންގާ ކަންކަމުގެ ތެރެއަށް އިތުރުވާ ބޮޅެއް ކަމަށެވެ.

" ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހެނީ ސިޔާސީ ގޮތުން ރާއްޖެ އަށް ބޮޑެތި ބަދަލުތައް އައި އިރު އެކަމާއި ނުވެސް ގުޅޭ، ނުވެސް ބެހޭ ބޭފުޅަކު ކުއްލިއަކަށް ރާއްޖެ ބަދަލުކުރުމަށް އުޅުއްވާތީ އަޅުގަނޑުމެން ކަންބޮޑުވާތީ." ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ އިންތިޚާބުތައް މަދު ވުމަކީ ރައްޔިތުން ބަސް ބުނުމަށް ލިބޭ ފުރުސަތު ސީދާ ގޮތުން މަދުކޮށްލުން ކަމަށެވެ. އެހެންކަމުން އެކަމަށް ފުރުސަތު ދީފި ނަމަ އެއީ ފަހުން އާއްމުން ހިތާމަ ކުރާނެ ކަމެއް ކަމަށް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ޝިފާޒް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ކުޑަކޮށްލާ ކޮންމެ ފަހަރަކު އެކަމުގެ ދިފާއުގައި އާއްމުން ނިކުންނާނެ ކަމަށެވެ. ޝިފާޒްގެ އިތުރުން އެ ޖަލްސާގައި ވާހަކަދެއްކެވި އިތުރު ބޭފުޅުން ވެސް ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ފަހަތުގައި ފޮރުވައިފައިވާ ކަންތައްތަކެއް ހުރި ކަމަށެވެ.

މީގެ އިތުރުން އިންތިޚާބުތައް އެއްކޮށްލުން އެއީ ވެރިކަމުގެ ދައުރު ދިގުދަންމާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ. މިކަންކަމާއި ދެކޮޅަށް ރައްޔިތުން ތެދުވެ، ފާޅުގައި އެ ކަންކަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް ޕިކަޕް ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީޕީއެންސީޑރ. މުޙައްމަދު މުޢިއްޒުރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

01 މާރިޗު 2026
މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

01 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހީލަތެއް، ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް: މެންބަރު ޝަމްހީދު

01 މާރިޗު 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026
ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު