Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސިޑެންޓް

މާލެސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނަ، މިދިޔަ މަހުގެ 23 ގައި އެކަނި ވެސް 9 އެކްސިޑެންޓް ހިނގާފައިވޭ

ފެބްރުއަރީ 22 އިން 28 އަށް މާލެ ސަރަހައްދުގައި 41 އެކްސިޑެންޓެއް ހިނގާފައިވާއިރު، މީގެ ތެރެއިން ގިނަ ހާދިސާތަކަކީ ދުވާލުގެ ވަގުތުތަކުގައި ސައިކަލުތައް ޖެހިގެން ހިނގާފައިވާ ހާދިސާތައް. މި އެކްސިޑެންޓްތަކުގައި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ބްރިޖް ކައިރީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 16 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 11:29
ހުޅުމާލޭ ފޭސް-2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް.

ހުޅުމާލޭ ފޭސް-2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް. | ސޯޝަލް މީޑިއާ

މިދިޔަ ހަފްތާގައި މާލެސިޓީގައި އެކަނި ވެސް 40ށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ޓްރެފިކް ތަފާސްހިސާބާ ގުޅޭގޮތުން ހޯމަ ދުވަހު ފުލުހުން ބުނީ، 2026 ފެބްރުއަރީ 22 އިން 28 ގެ ނިޔަލަށް މާލެ އާއި ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 41 މަގުމަތީ އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހު ކަމަށާއި، އެ ދުވަހު އެކަނިވެސް 9 އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އަދި މުޅި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު 36 އެކްސިޑެންޓް ހިނގާފައިވަނީ މާލެ ސިޓީގައި ކަމަށް ފުލުހުން ބުނެ އެވެ. 

Advertisement - newsAdvertisement

މި އެކްސިޑެންޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 66 އިންސައްތަ ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައިކަން ފާހަގަކޮށް ފުލުހުން ބުނީ، އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލުތައް ޖެހިގެން ހިނގި އެކްސިޑެންޓްތައް ކަމަށެވެ. އޭގެ ތެރޭގައި ސައިކަލާއި ސައިކަލު ޖެހިގެން ހިނގި 15 ހާދިސާއަކާއި، ސައިކަލާއި ކާރު ޖެހިގެން ހިނގި 8 ހާދިސާއެއް ހިމެނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ރިޕޯޓްކޮށްފައިވާ ހުރިހާ ހާދިސާތަކަށް ބަލާއިރު، 38 އެކްސިޑެންޓެއްގައި މީހުންނަށް ކުދި އަނިޔާ ލިބިފައިވާ ކަމަށާއި، 2 ހާދިސާއެއްގައި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި އެކަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

24 ފެބްރުއަރީ 2026 ވީ އަންގާރަ ދުވަހުގެ ރޭ މާލެގެ ބޮޑުތަކުރުފާނު މަގު، ބްރިޖު ލައިޓް ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް 25 ފެބްރުއަރީ ގައި ވަނީ ނިޔާވެފަ އެވެ. 

މިފަހުން މާލެސިޓީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެހެންކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށާއި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި އެކަކު އަނެކަކަށް އަޅާލައި، މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމަށް އެދިފައިވެ އެވެ.

މާލެ ސިޓީޓްރެފިކް އެކްސިޑެންޓްއެކްސިޑެންޓްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ނޫން ޕާޓީ އަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގިފަ ނެތް ކަން ތާރީޚުން ވެސް ސާބިތުވޭ: އާޒިމް

އެމްޑީޕީ ނޫން ޕާޓީ އަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގިފަ ނެތް ކަން ތާރީޚުން ވެސް ސާބިތުވޭ: އާޒިމް

28 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

24 ފެބުރުއަރީ 2026
ރިޟްވާނަކީ މާފަންނު ހުޅަނގަށް އެންމެ ރަނގަޅު ކެންޑިޑޭޓް: އާޒިމް

ރިޟްވާނަކީ މާފަންނު ހުޅަނގަށް އެންމެ ރަނގަޅު ކެންޑިޑޭޓް: އާޒިމް

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު