Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ހަރަކާތްތައް

މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް އެމްޑީޕީ އިން ކާމިޔާބުކަމާއި އެކު ބާއްވައިފި

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކައުންސިލްގެ ޒިންމާތަކަށް އިހުމާލުވާ ފަރާތްތަކަށް ފާޑުވިދާޅުވެ، ރައްޔިތުންނަށް އިޚުލާސްތެރި ވާނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ވިދާޅުވެފަ. މި ހަރަކާތްތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޚާއްސަ ރޯދަވީއްލުމެއް ވެސް ވަނީ ބާއްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 18:46
ގެ ތެރެއިން މާލޭގެ މޭޔަރ އާދަމް އާޒިމް ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ. 28.02.2026

ގެ ތެރެއިން މާލޭގެ މޭޔަރ އާދަމް އާޒިމް ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ. 28.02.2026 | ރާއްޖެ އެމްވީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މައްޗަންގޮޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި އެވެ.

އެ ހަރަކާތުގައި ވާހަކަދައްކަވަމުން، މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިޚުލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ ބައެއް ކައުންސިލުގައި ތިބުން ކަމަށެވެ. ވަޒީފާ އަށް ވަފާތެރި ނުވާ ވައުދާއި ޚިލާފުވާ ބަޔަކު ކައުންސިލަށް އައްޔަންކޮށްގެން ރައްޔިތުންނަށް ވާނެ ފައިދާ އެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ޕީއެންސީ ކައުންސިލަރުން ކައުންސިލް ޖަލްސާތަކަށް ހާޒިރު ނުވާތީ އެ ކަންބޮޑުވުންތައް އާއްމުންނާއި ހިސާބަށް ހާމަކުރުމުން އެކަން އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

"މިއީ ރައްޔިތުންނަށް ފެންނަން ހުރި ކަންކަން. މިއަދު ރައްޔިތުން މިފަދަ ކަންކަން ބަލާނެ. ޒިންމާދާރުވާން ޖެހޭ މިއަށް ވުރެ. ރައްޔިތުންނަށް ހަމަ ގައިމު ވެސް އިޚުލާސްތެރިވާނެ އެމްޑީޕީގެ ކެނޑިޑޭޓުން. އެހެންވީމަ އެމްޑީޕީގެ ކެނޑިޑޭޓުން ހޮވަންވީ." އޭނާ ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން މިހާރު ވެސް ޑަބްލިއުޑީސީގައި މަސައްކަތް ކުރައްވާ އަދި ޑަބްލިއުޑީސީ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރަޝީދާ ރަޝާދު ވަނީ މިހާރު ތިބި އެމްޑީޕީގެ ޑަބްލިއުޑީސީ ކެނޑިޑޭޓުންނަކީ މަސައްކަތް ކުރާ ބައެއްކަން ޓްރެކް ރެކޯޑުން ފެންނަން އޮތް ކަަމަށެވެ. އެގޮތުން މަސައްކަތްތެރިންނަށް އިތުރު ފުރުސަތުތައް ހޯދާދިނުމާއި، ރަނި އެވޯޑް ފަދަ އާ ކަންކަން ފެށުމަކީ ކޮށްފައިވާ މުހިންމު މަސައްކަތްތައް ކަމަށް ފާހަގަކުރެއްވި އެވެ. އެހެންކަމުން ދެން ވެސް ރައްޔިތުންނަށް ފައިދާ އެއް ލިބޭނީ އެމްޑީޕީގެ ކައުންސިލަކާއި ޑަބްލިއުޑީސީ އެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި އިތުރު ބައެއް ހަރަކާތްތަކަށް ބަލާއިރު މޭޔަރގެ ޚާއްސަ ރޯދަވީއްލުމެއް ވަނީ ބާއްވާފަ އެވެ. އެ ރޯދަވީއްލުން ބާއްވާފައި ވަނީ ހޮނިހިރު ދުވަހު ލެމަންގްރާސް ސިޓްރޮން ކެފޭގަ އެވެ.

އެ ރޯދަވީއްލުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. މީގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ވެސް ވަނީ އެ ރޯދަ ވީއްލުމުގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ގްރާސްރޫޓުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުން އެ ރޯދަވީއްލުމުގައި ބައިވެރިވެފައިވެ އެވެ. މިރޯދަވީއްލުމަކީ އެކުވެރިކަން ގާތް ކުރުމާއި، ގާތް ރޫހު އާލާކުރުމަށް އެއް މާހައުލަކުން ބައްދަލުވެލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބޭއްވި ރޯދަވީއްލުމެކެވެ. 

އެމްޑީޕީމައްޗަންގޮޅި މެދުއާދަމް އާޒިމްޑަބްލިއުޑީސީރަޝީދާ ރަޝާދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ނޫން ޕާޓީ އަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގިފަ ނެތް ކަން ތާރީޚުން ވެސް ސާބިތުވޭ: އާޒިމް

އެމްޑީޕީ ނޫން ޕާޓީ އަކަށް ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގިފަ ނެތް ކަން ތާރީޚުން ވެސް ސާބިތުވޭ: އާޒިމް

28 ފެބުރުއަރީ 2026
ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

ރާއްޖޭގެ ސިޔާސީ މައިދާން ކިލަބުކޮށް މުޑުދާރުކޮށްލާފައި އޮތް މިންވަރަކީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި އިންޒާރުދިނުން: އަބްދުﷲ ޝާހިދު

28 ފެބުރުއަރީ 2026
އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

އިންތިހާބުތަކާ ދިމާކޮށް މި ސަރުކާރުން ގެންގުޅޭ ހަމައެކަނި ސިޔާސަތަކީ، އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ފުރައްސާކުރުން: ފައްޔާޒް

28 ފެބުރުއަރީ 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

28 ފެބުރުއަރީ 2026
އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު