Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިޚާބު މޮނިޓަރިންގ ފުރުސަތު

އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

2026 ވަނަ އަހަރު ބާއްވާ އިންތިޚާބުތައް އޮބްޒާވްކުރުމާއި މޮނިޓަރކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އަލުން ހުޅުވާލައިފި. މި ފުރުޞަތުގެ ދަށުން މިއަދު(3 މާރިޗް) ން ފެށިގެން މާދަމާ (4މާރިޗް)ގެ ނިޔަލަށް ފޯމު ހުށަހެޅޭއިރު، މީޑިއާތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ. މިހާތަނަށް 4,500 އަށްވުރެ ގިނަ ފަރާތަކުން ކުރިމަތިލާފައިވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 12:55
ކުރިން ބޭއްވި އިންތިހާބެއްގައި މޮނިޓަރުންނާއި އޮބްޒާވަރުން މަރުކަޒުގައި ހަރަކާތްތެރިވަނީ.

ކުރިން ބޭއްވި އިންތިހާބެއްގައި މޮނިޓަރުންނާއި އޮބްޒާވަރުން މަރުކަޒުގައި ހަރަކާތްތެރިވަނީ. | އިލެކްޝަންސް ކޮމިޝަން

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު އޮބްޒާވްކުރުމާއި މޮނިޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިތުރު ފުރުޞަތެއް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ  މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނީ 2026 މާރިޗު 03 ވާ އަންގާރަ ދުވަހުން (މިއަދުން) ފެށިގެންނެވެ. މި ފުރުޞަތު ހަމަވާނީ 2026 މާރިޗު 04 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަކަށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މޮނިޓަރަކަށް ވުމަށް އެދޭ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން ފޯމު ހުށަހަޅަންޖެހޭނީ އެ އިދާރާއަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. ޑޭޓާ ލިއޭޒަނަކަށް ވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މީޑިއާގެ ރަޖިސްޓަރީ ނުވަތަ ލައިސަންސް ކޮޕީއާއި ލިއޭޒަންގެ އައިޑީ ކާޑު ކޮޕީއާއެކު omc@elections.gov.mv އަށް އީމެއިލް ކުރަންޖެހޭނެ އެވެ. ކޮންމެ މީޑިއާއަކަށްވެސް ވޯޓުލާ އަދި ގުނާ ކޮންމެ ސަރަޙައްދަކަށް ދޫކުރެވޭނީ އެއް ފާހެވެ. އަދި މަރުކަޒެއްގައި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ އެއްމެ މޮނިޓަރަކަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ. ޖަމްޢިއްޔާތަކުން ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލްއިން ފޯމު ހުށަހަޅަންޖެހޭއިރު، އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކަށްވެސް މައި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ. ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކަށް ފާސް ދޫކުރާނީ ޖުމްލަ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަކަށެވެ.

މިހާތަނަށް މި އިންތިޚާބުތަކާ ގުޅިގެން މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޮބްޒާވްކުރުމަށް 1,477 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. މިހާރު ހުޅުވާލި އިތުރު ފުރުޞަތާއެކު މި ޢަދަދުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
ވޯޓު ފޮށީގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓު ފޮށީގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

03 މާރިޗު 2026
ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު