Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން ހަނގުރާމަ

ހަނގުރާމަ އާ ގުޅިގެން އެ ގައުމުތަކާއެކު ދިވެހިން ތިބިކަން ރައީސް މުއިއްޒު ހާމަކުރައްވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ޑރ. މުއިއްޒު ގުޅުއްވައި ތައުޒިޔާ ވިދާޅުވާއިރު، އެ ލިސްޓުގައި އީރާނުގެ ނަން ނުހިމަނުއްވާ އެ ލިސްޓު ވިދާޅުއްވެއްޖެ. ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި، ރައީސް ބޮޑަށް ދެއްކެވީ އީރާނުގެ ސަބަބުން އެހެން ގައުމުތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަ. އިސްވެ އީރާނަށް ހަމަލާ ދިން އެމެރިކާ އަދި އިޒްރޭލުގެ އަމަލުތައް އެމަނިކުފާނު ކުށްވެރި ކުރެއްވީ ވެސް ނޫސްވެރިން އެކަމާ މެދު ސުވާލު ކޮށް، ކަންބޮޑުވުން ފާޅު ކުރުމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 07:07
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން އެ ގައުމުތަކާއެކު ދިވެހީން ތިބިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާ އަރަބި އިސްލާމީ ގައުމުތަކުގެ ލިސްޓުގައި އީރާން ގެ ނަން ނުހިމަނުއްވާ އެ ލިސްޓު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޯނުން ގުޅައި، ރާއްޖެ އޮތީ އެގައުމުތަކާއެކުގައި ކަން ހާމަ ކުރުމުގެ މަސައްކަތް ކުރައްވަމުން ދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އާދިއްތަ ދުވަހު ރޭ ޔޫއޭއީ އަށް ގުޅުއްވައި، އެގައުމުގެ ހާލަތު ބައްލަވައި ދިވެހި ރައްޔިތުން ތިބީ އެގައުމުގެ ރައްޔިތުންނާ އެކުގައި ކަން ހާމަ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އީރާނުން އެގައުމަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވާފަ އެވެ. 

އަޅުގަނޑު ވާނީ ޔޫއޭއީގެ ރައީސް އާ ފޯނުން ވާހަކަދައްކާފަ. ރާއްޖޭގެ ސަޕޯޓް ޔޫއޭއީ އަށް އޮތް ކަން. އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާ، މީހުން ވެސް މަރުވޭ އެބަ. އިމާރާތްތަކަށް ވެސް ގެއްލުން ވަމުން އެބަ ދޭ. އެކަމާ ގުޅިގެން ދިވެހިރާއްޖެ އަދި ރާއްޖޭގެ ރައްޔިތުން ތިބިކަން ދަންނަވާފަ ވާނެ. ދެން މިއަދު މި ޕްރެސް ކޮންފަރެންސަށް ފަހު އެބަހުރި އިތުރު ފޯން ކޯލްތައް. ސައުދީ ކްރައުން ޕްރިންސް އަދި ގަތަރުގެ އަމީރު އަދި ބަހްރައިން ގެ ރައީސް އޮމާން އަށް ވެސް. އަޅުގަނޑު މި ސޭމް މެސެޖު ދޭނަން. މި ކުރިއަށް ދާ ހަނގުރާމައިގަ ދިވެހި ރައްޔިތުން ތިބީ އެގައުމުތަކުގެ ރައްޔިތުންނާ އެކުގަ ކަން.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ގެ ލިސްޓުގައި އީރާން ގެ ނަން ހިމަނުއްވާފައި ނުވާއިރު، އިސްވެ އީރާނަށް ހަމަލާ ދިން އެމެރިކާ އަދި އިޒްރޭލުގެ އަމަލުތައް އެމަނިކުފާނު ކުށްވެރި ކުރެއްވީ ވެސް ނޫސްވެރިން އެކަމާ މެދު ސުވާލު ކޮށް، ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އޭގެ ކުރިން ރައީސް މުއިއްޒު މުޅިން ވެސް ވިދާޅުވަމުން ދިޔައީ އީރާނުން އެހެން ގައުމުތަކަށް ހަމަލާ ދެމުންދާ ކަމަށާ އޭގެ ސަބަބުން އެތައް ބަޔަކު މަރުވެ، ގިނަ ގައުމުތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ. 

އެއަށް ފަހު ވެސް ނޫސްވެރިން ވަނީ ތަކުރާރުކޮށް އެ ހަނގުރާމަ އާ ގުޅިގެން ހަމަލާތައް ދޭން ފެށީ އީރާނުން އިސްވެ އޮވެ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ވާހަކަދައްކަވާފައިވާތީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި ނޫސްވެރިއަކު ވަނީ މިކަމާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކަށް ތައުޒިޔާ ވިދާޅުވާއިރު އީރާނަށް ގުޅުއްވާނެތޯ ވެސް ސުވާލު ކޮށްފަ އެވެ. ނަމަވެސް ރައީސް އެ ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެ ސުވާލު ތަކުރާރު ކުރުމުން ވެސް އީރާނަށް ގުޅުއްވާނެ ކަން ރައީސް ހާމައެއް ނުކުރެއްވި އެވެ. އަދި އެކަމާ ގުޅިގެން އެއްޗެއް ވިދާޅެއް ވެސް ނުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުން އީރާނަށް ދޭން ފަށާފައިވާ ނުރައްކާތެރި އަދި ޣައިރު ގާނޫނީ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން ދިވެހިރާއްޖޭގެ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިތާމައިގެ އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައި ނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

މީސް މީޑިއާ ގައި ފާޑުކީ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި އިސްލާމީ ގައުމުތައް ނޫން ގައުމުތަކުން ވެސް އީރާނުގެ ލީޑަރު އަވަހާރަވި ހާދިސާ ކުށްވެރިކޮށް އަދި އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފައިވެ އެވެ.

އަނެއްކޮޅުން ރައީސް މައުމޫނުގެ ވެރިކަމުގައި، 31 އޮގަސްޓް 1981 ގައި އީރާނުގެ އޭރުގެ ރައީސް އާއި ބޮޑު ވަޒީރު އަވަހާރަވި ހާދިސާ އާ ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލުން މެދުއިރުމަތި ކޮންޓްރޯލުން ނެއްޓިފައިވާ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމުގެ ސަބަބުން، ދުނިޔެއަށް، ހާއްސަކޮށް އެ ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ދެކޮޅަށް ވަރަށް ގިނަ ގައުމުތަކުން ވަނީ އަޑު އުފުލާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުއީރާންއިޒްރޭލްޔޫއޭއީއާޔަތުﷲ އަލީ ޚާމަނާއީއީރާން-އިޒްރޭލް-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

02 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު