Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަރިޖާނީ ވިދާޅުވީ، އެމެެރިކާއާ ޚިލާފަށް، އީރާން އިން ތައްޔާރުވެފައި ވަނީ ދިގު ދެމިގެންދާ ހަނގުރާމަ އަކަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 17:48
ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ އަލީ ލަރިޖާނީ

ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ އަލީ ލަރިޖާނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ނަމަވެސް، އެކަމަށް އީރާން އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޤައުމުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ އަލީ ލަރިޖާނީ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަރިޖާނީ ވިދާޅުވީ، އެމެެރިކާއާ ޚިލާފަށް، އީރާން އިން ތައްޔާރުވެފައި ވަނީ ދިގު ދެމިގެންދާ ހަނގުރާމަ އަކަށް ކަމަށެވެ. އަދި ކޮންމެ ފަދަ އަގަކަށް ވިޔަސް، އީރާންގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް އެ ޤައުމުން ކުރާނެ ކަމުގެ ޔަގީންކަން ލަރިޖާނީ ވަނީ ދެއްވައިފަ އެވެ. 

މިހާރު ކުރިއަށްދާ ކުރިމަތިލުން ތަކުގައި އެމެރިކާގެ ވައިގެ އަދި ކަނޑުގެ ސިފައިންނާއި، އިޒްރޭލްގެ ފައުޖުތައް ގުޅިގެން ދަނީ އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ މި ހަމަލާ ތަކުގެ މައިގަނޑު މަގްސަދަކީ، އީރާންގެ އަސްކަރީ ޤާބިލުކަން އެއްކޮށް ނައްތާލުން ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާން ވެސް ދަނީ އިޒްރޭލް އަކީ އެކި ސަރަހައްދު ތަކަށާއި، މެދު އިތުމަގީގައި ޤާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދެމުންނެވެ.

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ސަބަބުން މެދު އިރުމަތީގެ މަސްލަޙަތު ވަނީ ގެއްލިފަ އެވެ. މިއީ އެ ސަރަހައްދުގައި ބޮޑު ހަނގުރާމައެެއް  ފެށި ދާނެ ކަމުގެ އިންޒާރެއް ކަމަަށް މާހިރުން ފާަހަގަ ކޮށްފައިވެ އެވެ. 


މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްޢަލީ ލަރިޖާނީސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްމެދު އިރުމަތިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

02 މާރިޗު 2026

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

02 މާރިޗު 2026
އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ
02 މާރިޗު 2026

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

02 މާރިޗު 2026
ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ
02 މާރިޗު 2026

ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

02 މާރިޗު 2026
ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
02 މާރިޗު 2026

ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް

02 މާރިޗު 2026
ޑްރޯން ހަމަލާ ތަކެއް އަމާޒުވެ، ސައުދީގެ ރަސް ތަނޫރާ ތެޔޮ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް
02 މާރިޗު 2026

މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

02 މާރިޗު 2026
މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު