Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ޑިމޮކްރަސީ

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަމިއްލަ ފައިދާއަށް ސިޔާސީ ފިކުރު ބަދަލުކުރައްވާ ބޭފުޅެއް ކަމަށް ސިފަކުރައްވައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވޭ. އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އިންތިޚާބުތައް ގިނަވެގެން ސަރުކާރުން ކަންބޮޑުވުން ފާޅުކުރުމަކީ ރައީސް ޑިމޮކްރަސީއާ ބީރައްޓެހިކަން ހާމަވާ ކަމެއް ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 09:11
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ. 03.03.2026

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ. 03.03.2026 | އެމްޑީޕީ

ރާއްޖޭގެ ޑިމޮކްރަސީ އަަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންޓްރިބިއުޝަން އަކީ ސުމެއް ކަމަށާއި އެމަނިކުފާނު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގައި ރައީސް އަކީ އޭރެއްގައި އެންމެ ބޮޑު ފައިދާ އެއް ވާ ތަނަކަށް ދާ އޮޕޮޗުނިސްޓެއްގެ ގޮތުގައި މީކާއިލް ވަނީ ސިފަކުރައްވާފަ އެވެ. އަބަދުވެސް އެންމެ ބޮޑަށް ފުރުސަތު އޮންނަ ދިމާލަކަށް ސިޔާސީ ގޮތުން ރައީސް މުއިއްޒު ވަޑައިގަންނަވާ ކަމަށް ސިފަކުރައްވައި މީކާއިލް ވަނީ ރައީސް މުއިއްޒު އަކީ ސިޔާސީ ކުލަ އާއި ދުލި އިރުއިރުކޮޅާ ބަދަލުކުރައްވާ ބޭފުޅެއް ކަމަށް ފާހަގަކުރައްވާފަ އެވެ.

"ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ އޮޕޮޗުނިޒަމް. ހިހޫތަނުން ކޮޅު ގޮހޮރަށް ކެއުން. ސިޔާސީ ހަޔާތް ފެށްޓެވީ އަދާލަތު ޕާޓީ އިން. ދެން ދުލި ބަދަލުކުރައްވައިގެން ސަން ސިޔާމް އަރިހުގައި. ދެން ޔާމީން އަރިހުގައި ހުންނެވީ. މިހާރު އެ މަނިކުފާނުގެ ކަރުގައި ޖައްސަވާ އެ ހުންނެވީ ޕީއެންސީ ނަންގަވައިގެން. އެހެންވީމަ ޑިމޮކްރަސީގެ ވާހަކަދައްކަވަން ރައީސް މުއިއްޒު ރީއްޗެއް ނޫން." މީކާއިލް ވިދާޅުވި އެވެ.

4 އެޕްރީލްގައި ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ފޮރުވިގެން ތިބެ ސިއްރުން ބާއްވާ އިންތިޚާބެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އިންތިޚާބުތައް ގިނަ ވުމުން އުނދަނގޫވާ ކަމަށް ސަރުކާރު ކެނޑިޑޭޓުން ބުނާ އަޑު އިވޭ ކަމަށް ފާހަގަކުރައްވައި މީކާއިލް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރާއްޖެ އަށް ޑިމޮކްރަސީ އައުމުގެ ކުރިން ދިމާވި ކަންތައްތައް ހަނދާން ނައްތާލަން އެމްޑީޕީ އަށް ފަސޭހަ ނޫން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

"ޖަލުގައި މަރާލި އިވާން ނަސީމްގެ މަރު މި ޕާޓީގެ މެމްބަރުންނަށް އެހާ ފަސޭހަ އެއް ނޫން. ފަޅެއް ތެރޭ އެއްލާލާފައި އޮތް ސޮލާހުގެ މަރު ފަސޭހަ އެއް ނޫން. 7 ފެބްރުއަރީގައި ކުރި ބަޣާވާތް ފަސޭހަ އެއް ނޫން. ރިޟްވާން އާއި ޔާމީން އަޅުގަނޑުމެންނަށް ފަސޭހަ އެއް ނޫން." މީކާއިލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިޚާބުތައް އުނދަނގޫވެގެން އުޅުއްވުމަކީ ހައިރާން ވާ ކަމެއް ނޫން ކަަމަށާއި އެ މަނިކުފާނަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ބޭފުޅެއް ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ. އިންތިޚާބުތައް ގިނަ ވެގެން އުނދަނގޫވެގެން އުޅުމަކީ ޑިމޮކްރަސީ އާއި ޑިމޮކްރަޓިކް ނިޒާމުގެ އިންތިޒާމްތަކާއި މެދު އުނދަނގޫވެގެން އުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޑރ. މުހައްމަދު މުއިއްޒުމީކާއިލް އަހުމަދު ނަސީމްއެމްޑީޕީޕީއެންސީއަދާލަތު ޕާޓީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

ސަލީމް ވިދާޅުވެ ދެއްވީ ދޫންޏަށް ވޯޓު ނުދީ، ތިލަފަތަށް ވޯޓު ދޭން ޖެހޭ ސަބަބުތައް

03 މާރިޗު 2026
ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު

ޚަރަދު ކުޑަކުރުމުގެ ނަމުގައި 65 އަހަރުވާ މީހުންނަށް ދޭ 5000 ރުފިޔާ ވެސް ކަނޑާލަނީ، މަޖިލީހަށް އެކަމާ ގުޅޭ ބިލު ހުށަހަޅައިފި: ޝަމްހީދު

03 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

03 މާރިޗު 2026
ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

ޤައުމުގެ ކަންކަން ހިނގަމުންދާ ގޮތުން ފެންނަމުންދަނީ މަރުގެ ޙުކުމް ތަންފީޒުކުރަންވެސް މި ސަރުކާރަށް ނުކެރޭނެކަން: ޣަފޫރު

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު