Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަކީދޫ ކައުންސިލް

ރަކީދޫ ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ބަންދުކޮށްފި

ރަކީދޫ ކައުންސިލުން ދޭންޖެހޭ އިދާރީ ޚިދުމަތްތައް ލިބެމުން ނުދަނީ، އެ ކައުންސިލުގެ އިދާރީ ހުރިހާ މުވައްޒަފުންނާއި ކައުންސިލުގެ 3 މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 14:06
ޚިދުމަތް ނުލިބޭތީ ރައްޔިތުން ނިިކުމެ ވަނީ ވ. ރަކީދޫ ކައުންސިލް އިދާރާ ބަންދުކޮށްފަ

ޚިދުމަތް ނުލިބޭތީ ރައްޔިތުން ނިިކުމެ ވަނީ ވ. ރަކީދޫ ކައުންސިލް އިދާރާ ބަންދުކޮށްފަ | ރާއްޖެ އެމްވީ

ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލުގެ ތިން މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބެމުން ނުދާތީ، އެ ރަށު ރައްޔިތުން ނިކުމެ ހޯމަ ދުވަހު ކައުންސިލް އިދާރާ ބަންދުކޮށްފި އެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ އެކްސްގައި ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަން ހުރި ގޮތުން، ރަކީދޫ ކައުންސިލް އިދާރާގެ ދޮރު ކައިރީ މޭޒުތައް ލައްކޮށް، އިދާރާއަށް ނުވަދެވޭ ގޮތް ހަދައިފައިވެ އެވެ. މި ހަރަކާތަކީ ރައްޔިތުންނަށް ބޭނުންވާ އިދާރީ ޚިދުމަތްތައް ނުލިބި ދަތިވެ، ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

Advertisement - newsAdvertisement

ޝުޖާޢުގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، ރަކީދޫ ކައުންސިލުން ދޭންޖެހޭ އިދާރީ ޚިދުމަތްތައް ލިބެމުން ނުދަނީ، އެ ކައުންސިލުގެ ހުރިހާ އިދާރީ މުވައްޒަފުންނާއި ކައުންސިލުގެ 3 މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުވައްޒަފުން ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ލިޔުންތައް ހެދުމާއި، އެހެނިހެން ކައުންސިލް ޚިދުމަތްތައް ލިބެމުން ނުދާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކޮށްފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ރަކީދޫ ޕޮލިސް ޑެސްކު ވެސް ހިންގަނީ އެ ރަށުގެ ކައުންސިލް އޮފީސް އިމާރާތުގެ އެތެރޭގަ އެވެ. އެހެންކަމުން، ރަކީދޫގައި ހަރަކާތްތެރިވާ ފުލުހުންނަށް ވެސް މިއަދު އޮފީހަށް ނިކުމެވޭނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް ވެސް ބުރޫ އަރާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ރަކީދޫގެ އިތުރުން، ކައުންސިލް އޮފީސް ހިންގާނެ އަދަދަށް މުވައްޒަފުން ހަމަނުވާ ވަރަށް، ގިނަ ރަށްރަށުގެ ކައުންސިލްތައް ރާއްޖޭގައި އެބަހުއްޓެވެ. މި މައްސަލަ ދިމާވީ، ދާއީމީ މުވައްޒަފުން ނެގުން މަނާކޮށް ރައީސް މުއިއްޒުގެ ސަރުކާރުން ހަރުކަށި ގާނޫނެއް ފާސްކުރި ފަހުންނެވެ.

ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުގައި ބުނެފައިވާ ގޮތުން، ކައުންސިލެއްގެ އުމުރުގައި ބާކީ ހަ މަސްދުވަސް އޮތް ނަމަ، އެ ކައުންސިލަކަށް އެއްވެސް ދާއިމީ މުވައްޒަފެއް ނުނެގޭނެ އެވެ. އަދި އެ މުއްދަތުގައި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހިންގުން ވެސް ސަރުކާރުން މަނާކޮށްފައިވެ އެވެ.

މި ގާނޫނުގެ ސަބަބުން، ރާއްޖޭގެ ގިނަ ރަށްރަށުގައި ކައުންސިލް ޚިދުމަތްތައް ހުއްޓުމަކަށް އައިސް، ރައްޔިތުންނަށް ބޭނުންވާ އިދާރީ ޚިދުމަތްތައް ލިބެމުން ނުދާ ކަމަށް ފާހަގަކުރެވެ އެވެ. މުވައްޒަފުން ނެތުމުގެ ސަބަބުން، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ވެސް ލަސްވެ، ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. 

ރަކީދޫޑރ. މުހައްމަދު މުއިއްޒު ވ ރަކީދޫ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ އާ ގުޅިގެން އެ ގައުމުތަކާއެކު ދިވެހިން ތިބިކަން ރައީސް މުއިއްޒު ހާމަކުރައްވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

ހަނގުރާމަ އާ ގުޅިގެން އެ ގައުމުތަކާއެކު ދިވެހިން ތިބިކަން ރައީސް މުއިއްޒު ހާމަކުރައްވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

02 މާރިޗު 2026
އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

28 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ސަރުކާރަށް ހޭދަވީ ދުވަހަށް ވުރެ ސަރުކާރުން ހެދި ދޮގު ގިނަ"

28 ފެބުރުއަރީ 2026
ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު