Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދު އިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ ތިން ލައްކަ ރައްޔިތުން އަނބުރާ ގެންނަނީ

އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، މެދު އިރުމަތީގެ އެކި ޤައުމު ތަކުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުންގެ ތެރެއިން ގާތް ގަނޑަކަށް 300،000 (ތިން ލައްކަ) މީހުން މިހާތަނަށް ވެސް ރަޖިސްޓްރީ ވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މާރިޗު 2026 | ހޯމަ 09:28
އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕާ

އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕާ | ރޮއިޓާސް

މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ، އެ ސަރަހައްދުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެ ޤައުމު ތަކުން ބޭރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތާއި، ވާން ޖެހޭ ތައްޔާރީތައް ވުމަށް އިނގިރޭސި ސަރުކާރުން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕަރ ވިދާޅުވީ، މެދު އިރުމަތީގެ އެކި ޤައުމު ތަކުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުންގެ ތެރެއިން ގާތް ގަނޑަކަށް 300،000 (ތިން ލައްކަ) މީހުން މިހާތަނަށް ވެސް ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. 

ސްކައި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ކޫޕަރ ވިދާޅުވީ، ރައްޔިތުން ރައްކާތެރިކަމާ އެކު އެ ޤައުމު ތަކުން ބޭރު ކުރުމަށްޓަކައި ތަފާތު ގިނަ ގޮތް ތަކެއް ބަލަމުން އަންނަ ކަމަށެވެ. މިގޮތުން ދަތުރުފަތުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މަސްރަހު އިތުރަށް ގޯސްވެއްޖެ  ޙާލަތެއްގައި ސަރުކާރުގެ ފަރާތުން ޚާއްސަ އޮޕަރޭޝަނެއް ހިންގައިގެން މީހުން އެ ސަރަހައްދުން ބޭރު ކުރުމަށް ވެސް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެދު އިރުމަތީގެ ބައެއް ޤައުމު ތަކުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައި އޮތުމުން، އެ ސަރަހައްދުތައް އަލުން ހުޅުވާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބޭނުންވާ ކަމަށް ވެސް ކޫޕަރ ވިދާޅުވި އެވެ. އަދި މި އޮޕަރޭޝަން އަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ރެޕިޑް ޑިޕްލޯއިމަންޓް ޓީމުތައް މިހާރު މެދު އިރުމައްވަށް ފޮނުވަމުން ދާ ކަމަށް ވެސް ކޫޕަރ ވަނީ ހާމަ ކުރައްވައިފަ އެވެ. 

މި ޓީމު ތަކުން ދަތުރު ފަތުރުގެ ސިނާއަތުގެ ކުންފުނިތަކާ ގުޅިގެން، ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމުގެ މަސައްކަތްތައް ވިލަރެސް ކުރާނެ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. މެދު އިރުމަތީގައި ހަނގުރާމައިގެ ޙާލަތު ބޮޑު ވަމުން އަންނައިރު، އެކި ޤައުމު ތަކުން އަންނަނީ އެ ސަރަހައްދުގައި އުޅޭ އެ ޤައުމު ތަކުގެ ރައްޔިތުން ސަލާމަތްތެރިކަން ހޯދުމަށް އިލްތިމާސް ކުރަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

މެދު އިރުމަތިއިނގިރޭސިވިލާތްއިވެޓް ކޫޕަރއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

02 މާރިޗު 2026

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން
02 މާރިޗު 2026

ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި

02 މާރިޗު 2026
ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލް އިން އޮފެންސިވް ކެމްޕޭން އިއުލާން ކޮށްފި
02 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި
02 މާރިޗު 2026

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް
02 މާރިޗު 2026

ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު

02 މާރިޗު 2026
ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް ރަޖާ ދީފައި "މިއީ ކަލޭމެންނަށް ކޮށްދެވޭނެ ވަރޭ" ބުނުމަކީ ރާއްޖޭގެ މޫނުމަތީގައި ޖެހޭ ލައްގަނޑެއް: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު