Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ބަގާވާތް ކުރަން އުޅުން

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގައި މިހާރުގެ ސަރުކާރުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ރައްޔިތުންގެ ބާރު ކަނޑުވާލައި ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިކުރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. މީގެ 18 އަހަރު ކުރިން ޤާނޫނުއަސާސީ އެކުލަވައިލީ ރައްޔިތުންގެ ޚިޔާލާއެކު ދެފުށް ފެންނަ ގޮތަކަށްކަން ފާހަގަކުރައްވައި، މިހާރުގެ އިޞްލާޙުތަކަށް އެމްޑީޕީން ދެކޮޅުހަދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. އަދި ޤާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ ފުޅާދާއިރާއެއްގައި ބަހުސްކޮށް، ހާމަކަން ބޮޑު ގޮތެއްގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 18:46
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ | އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ސިއްރިއްޔާތުގައި ޤާނޫނުއަސާސީއަށް ބޮޑު ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ، މި އިންތިޚާބުގެ ފަހަތުގައި ސިއްރުން ކަންތައްތަކެއް ކުރަން ނުޖެހޭނެ ކަމަށާއި، މިއަދު ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށެވެ. އަދި ބާރުތައް އެއްކޮށް، ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް މި ޤައުމު ގެންދަން ކުރާ މަސައްކަތަށް އެމްޑީޕީން "ނޫނެކޭ" ބުނަން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގައި މިހާރު އަމަލުކުރަމުންދާ ޕްރޮސެސްއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ 18 އަހަރު ކުރިން މިހާރު މިއޮތް ޤާނޫނުއަސާސީ ޑްރާފްޓުކޮށް ބަހުސްކުރިއިރު އަމަލުކުރީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުން މަޖިލިސް ގެ މެމްބަރެއްގެ ހައިސިޔަތުން އޭރުގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ އިތުރުން ޑްރާފްޓް ކޮމިޓީގައިވެސް އިންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި، އޭރު އެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ ތަފްސީލުތައް ހިއްސާކުރެއްވި އެވެ.

މީގެ 25 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އިޞްލާޙީ ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އެމަނިކުފާނުގެ ފަހު ދައުރުގައި ޤާނޫނުއަސާސީ އިޞްލާޙުކޮށް، ޒަމާނީ ޑިމޮކްރަސީއަކަށް ޤައުމު ގެންދަން މަޖުބޫރުވެވަޑައިގަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އިޞްލާޙީ އެޖެންޑާއެއް އެކުލަވައިލައި، ޚާއްޞަ މަޖިލީހަށް ޑްރާފްޓްތައް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ދެފުށް ފެންނަ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭރުގެ ޚާއްޞަ މަޖިލީހުގައި ރާއްޖޭގެ ސަރަހައްދާއި، އަސާސީ ޙައްޤުތަކާއި، ވެރިކަން ކުރާނެ ގޮތާއި، ޝަރުޢީ ދާއިރާ އަދި މިނިވަން މުއައްސަސާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ބަހުސްކުރެވުނު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި 22 ނުވަތަ 24 މެންބަރުންގެ މައްޗަށް އެކުލެވޭ ޑްރާފްޓް ކޮމިޓީން މަސައްކަތް ކުރީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން، ރައްޔިތުންގެ ޚިޔާލާއެކު ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މިހާރު މިއޮތް 301 މާއްދާގެ ޤާނޫނުއަސާސީ ފާސްކުރީ ކޮންމެ މާއްދާއަކަށް ވަކިވަކިން ބަހުސްކޮށް، އިޞްލާޙު ހުށަހަޅައި، ގިނަ މަރުހަލާތަކެއް ކަނޑަތުކުރުމަށްފަހު ކަމަށެވެ. އޭރުގެ ޚާއްޞަ މަޖިލީހުގައި ސަރުކާރުން އައްޔަންކުރާ މެންބަރުންނާއި ވަޒީރުން ތިއްބެވި ނަމަވެސް، އެ ބޭފުޅުންވެސް މިނިވަންކަމާއެކު ބަހުސްކޮށް ވޯޓު ދެއްވި ކަމަށާއި، އެ ނޫން ގޮތަކަށް އަމަލުކުރި ނަމަ މިއަދު ފެންނަން މިއޮތް ފަދަ ޤާނޫނުއަސާސީއެއް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީޚާއްޞަ މަޖިލީސްގާނޫނު އަސާސީ އަށް ބަދަލު ގެނައުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

ޕިކަޕް ޖަލްސާ: "އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން، އިންތިޚާބުތައް މަދުކުރަން ރޭވިގެން ހިންގާ ކަމެއް."

02 މާރިޗު 2026
ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

02 މާރިޗު 2026
ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

02 މާރިޗު 2026
ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު