Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބް

ވޯޓު ފޮށީގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ ފޮށީގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ. މި އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، ޖުމްލަ 2،960 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 12:05
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް  ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި | އިލެކްޝަންސް ކޮމިޝަން

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުޞަތު ހުޅުވާލީ އަންގާރަ ދުވަހު އެވެ. ވޯޓުލާ ފޮށީގެ މަޢުލޫމާތާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 4 ވަނަ ދުވަހު ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮންލައިން ކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ.

Advertisement - newsAdvertisement

ރަޖިސްޓަރީވެފައިވާ ފޮށީގެ މަޢުލޫމާތު ޗެކްކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އެ މަޢުލޫމާތު ސާފުކުރެވޭނެ އެވެ. އަދި 1414 އަށް މެސެޖު ކުރުމުން ވެސް މަޢުލޫމާތު ލިބޭނެ އެވެ. މީގެ އިތުރުން ކޮމިޝަނުގެ ރަޖިސްޓަރޭޝަން ޕޯޓަލް މެދުވެރިކޮށް ވެސް މަޢުލޫމާތު ޗެކްކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 26،454 މީހުން ވަނީ ރީ-ރަޖިސްޓްރީ ވެފަ އެވެ. އަދި 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެ އެވެ.

މި އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ. އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ.

ސިޔާސީ 6 ޕާޓީއަކުން ވާދަކުރާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ.

މި އިންތިޚާބުގައި 2،960 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެތެރޭގައި ޕީއެންސީން 1،322 ކެންޑިޑޭޓުންނާއި އެމްޑީޕީން 905 ކެންޑިޑޭޓުން ހިމެނެ އެވެ. ޖުމްހޫރީ ޕާޓީން 15 ދާއިރާއަކަށް ވާދަކުރާއިރު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސުން 57 ގޮނޑިއަށް ވާދަކުރެ އެވެ. އަދި އަދާލަތު ޕާޓީން 9 ގޮނޑިއަށް ވާދަކުރާއިރު މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 644 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެ އެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

ރައީސް މުއިއްޒު ދަންނަ ޑިމޮކްރަސީ އަކީ ފެން އޮތް ކޮޅަކަށް ދިއުމާއި ހިހޫތަނުން ކެއުން: މީކާއިލް

03 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ އަދި ށ އަތޮޅަށް ފުރާވަޑައިގެންފި

03 މާރިޗު 2026
ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި މި ސަރުކާރުން ކުރަން އުޅެނީ ސިއްރު ބަޣާވާތެއް: ރައީސް ސޯލިހު

02 މާރިޗު 2026
ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

02 މާރިޗު 2026
ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

02 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު