Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ބާރުތައް ކަނޑުވާލުން

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި: ޝައުނާ

މަޖިލީހުގެ މަސައްކަތްތައް ސުމަކަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ވަޒީރު ޝައުނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް ރައްޔިތުން ނުކުމެ ސަރުކާރަށް "ނޫނެކޭ" ބުނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ގައުމުގެ ހާލަތު އިސްލާހުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ޝައުނާ ވަނީ ގޮވާލައްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 18:13
ކުރީގެ މިނިސްޓަރ އައިމިނަތު ޝައުނާ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ކުރީގެ މިނިސްޓަރ އައިމިނަތު ޝައުނާ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ

ސިޔާސީ އަވައިގައި ޖެހި މަޖިލީހުގެ މަސައްކަތުގެ ފެންވަރު އޮތީ ސުމަކަށް ވުރެ ވެސް ދަށުގައި ކަމަށް ނިމިދިޔަ  އެމްޑީޕީ ސަރުކާރުގެ ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭ މަންޒަރު މަޖިލީހުގެ ތެރެއިން ނުފެން ކަމަށެވެ. އަދި އެ ބޭފުޅުން ޤާނޫނުއަސާސީ ޚަރާބު ކުރާ މަންޒަރު ބަލަން ތިބެން ހެޔޮ ނުވާނެ ކަމަށް ޝައުވނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އަދި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ޝައުނާ ވަނީ ވިދާޅުވެފަ އެވެ. މިއަދު ރައްޔިތުންގެ މަންދޫބުން ތިބީ ތަޅު އެޅުވިފައި ކަމަށް ފާހަގަކުރައްވައި ޝައުނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. 

ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމާއި، ޕެންޝަން ބޯޑަށް ނުފޫޒު ފޯރުވުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ނުފޫޒު ފޯރުވި އިރު މަޖިލީސް އޮތީ ނިދާފައިތޯ ޝައުނާ ވަނީ ސުވާލުކުރައްވާފަ އެވެ. ޝައުނާ ވަނީ މި ސަރުކާރުން ދަނީ ބާރުތައް އެއްކޮށް ރައްޔިތުން ނިކަމެތި ކުރަމުން ކަމަށް ވެސް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންނާއި ޤާނޫނުއަސާސީގެ ހިމާޔަތުގައި ތިބެންޖެހޭ ބައެއް ކަމަށް ވާއިރު އެ މެމްބަރުން މިއަދު ހިމާޔަތް ކުރަނީ ސަރުކާރާއި އަމިއްލަ މަސްލަހަތު ކަމަށް ޝައުނާ ވިދާޅުވި އެވެ. 

މިއަދު ރައްޔިތުންނަށް ލިބިފައިވާ ބާރުތަކަކީ އެމްޑީޕީގެ ބުރަ މަސައްކަތުން ހޯދި ކަމެއް ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. އެ ބާރުތައް ހަރާބުކުރަން މިއަދު ފުރުސަތު ނުދިނުމަށް ޝައުނާ ވަނީ ގޮވާލައްވާފަ އެވެ. ރައްޔިތުން ފިއްތާ އޮބަހައްޓައިގެން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރާ ކުރުމުގައި ރައްޔިތުން ޖެހިގެން ނުވާނެ ކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފަ އެވެ.

އައިމިނަތު ޝައުނާއެމްޑީޕީމަޖިލީސްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

ރައްޔިތުންގެ އަތްމަތީގައި އޮތް ދެ އިންތިޚާބެއް އެއްކޮށްލަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން: ޝާހިދު

02 މާރިޗު 2026
ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

އެމްޑީޕީ ޕިކަޕް ޖަލްސާ: "އިންތިޚާބުތައް އެއްކޮށްލަނީ ދުސްތޫރީ ބާރުވެރިކަން ގެއްލޭ ގޮތަށް"

01 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު