Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ މި ފައިސާ ދިނުމަށް ނިންމެވީ އެ ތަންތަން ވަރަށް ބޮޑަށް ބާވެ، ރައްޔިތުން ހާލުގައި އުޅެމުންދާތީ އެހީތެރިވުމުގެ ގޮތުން ކަމަށް. އެއީ ރިޝްވަތު ކަމަށް ރައީސް މުއިއްޒު ގަބޫލުފުޅު ނުކުރެއްވި ނަމަވެސް ފްލެޓްތަކުގެ ވެރިންނަށް އެ ފައިސާ ދިނުމަށް ނިންމެވީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއި ޑަބްލިއުޑީސީ ރައީސަކަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއެކު ފްލެޓްތަކުގެ ވެރިންނާއެކު މުލިއާގޭގައި 16 ފެބްރުވަރީ 2026 ގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:41
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި. | އެކްސް

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުން އެއީ ރިޝްވަތު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުން ފާހަގަކޮށް، އެއީ ރިޝްވަތުގެ ފައިސާ ކަމަށް ގަބޫލުކުރަންތޯ ސުވާލު ކޮށްފަ އެވެ.

އެސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރިޝްވަތު ނޫން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ފްލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، އެކަން ފުއްދުން އިންތިޚާބަކާ ދިމާވުމަކީ އެމަނިކުފާނުގެ ނިޔަތެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން ވެސް އެކި ގޮތްގޮތަށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މާލެސިޓީ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ މަސައްކަތް ކުރެވިފައިނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އާދެ. އެއްވެސް ވަރަކަށް ރިޝްވަތެއް ނޫން އެއީ. މި ފާހަގަވަނީ ތިބޭފުޅުންގެ މައުލޫމާތު ކީކޭ ދަންނަވާނީ މައުލޫމާތެއް ނެތްވަރު އެނގޭތޯ. އަޅުގަނޑުގެ މެނިފެސްޓޯގައި ވެސް އޮންނާނެ ކަމެއް އެއީ. މެނިފެސްޓޯގައި ވެސް އެއާ ގުޅިގެން ވެސް ރިޔާސީ އިންތިޚާބުގެ އެކިއެކި ކެންޕޭން ދުވަސްވަރު ވެސް އޮންނާނެ އެވާހަކަ ދައްކާފައި. އެހެންވީމަ ރަނގަޅަށް މައުލޫމާތު ފުރިހަމަ ކުރައްވައިގެން ވަޑައިގެން ސުވާލު ކުރެއްވީމަ އަޅުގަނޑު ހިތުން ސުވާލު ކުރަން ވެސް ފަސޭހަ ވާނީ. 
ރައީސް ޑރ.މުހައްމަދު މުއިއްޒު

އެއީ ރިޝްވަތު ކަމަށް ރައީސް މުއިއްޒު ގަބޫލުފުޅު ނުކުރެއްވި ނަމަވެސް ފްލެޓްތަކުގެ ވެރިންނަށް އެ ފައިސާ ދިނުމަށް ނިންމެވީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއި ޑަބްލިއުޑީސީ ރައީސަކަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއެކު ފްލެޓްތަކުގެ ވެރިންނާއެކު މުލިއާގޭގައި 16 ފެބްރުވަރީ 2026 ގައި ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި 1990 ވަނަ އަހަރު މީހުން ދިރިއުޅެން ފަށާފައިވާ ކަމަަށާއި، އޭގެފަހުން މިއަދާ ހަމައަށް މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެ ތަންތަން ހުރީ ބޯމައްޗަށް ވެއްޓޭ ހިސާބުގައި ކަމަށާއި، އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އަދި ވިދާޅުވީ އެމީހުންނަށް އަޅާނުލާ ދޫކޮށްލުމަކީ ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ސިނަމާލޭގެ ހަތަރު ފްލެޓާއި މާލެހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުންނައިރު، އޭގެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މި މައްސަލަ ރަސްމީކޮށް އޭސީސީއަށް ހުށަހެޅުމުން މިހާރު ވަނީ ބަލަން ފަށާފަ އެވެ.

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެމަނިކުފާނުގެ ރިޔާސީ ވައުދަކަށްވާއިރު، ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް 2023 ގެ ކުރީކޮޅު މާލެ ސިޓީ ކައުންސިލުން އިއުލާން ކުރި އެވެ. އޭރު ސިޓީ ކައުންސިލުން ޕްލޭންކުރީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު އިމާރާތް ކުރުމަށް ވެސް އިއުލާން ކޮށްފައިވެ އެވެ. މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު، މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ސިނަމާލެމާލެހިޔާރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026
ރައީސް މުއިއްޒު އަތޮޅު ކައުންސިލްތައް އުވާލައްވައިފި، ކައުންސިލަރުންގެ އެލަވަންސް ކަނޑާލައްވައިފި، ދެން ކިހިނެއްތޯ ރަށަކަށް ދާނީ؟: ބޮންޑާ

ރައީސް މުއިއްޒު އަތޮޅު ކައުންސިލްތައް އުވާލައްވައިފި، ކައުންސިލަރުންގެ އެލަވަންސް ކަނޑާލައްވައިފި، ދެން ކިހިނެއްތޯ ރަށަކަށް ދާނީ؟: ބޮންޑާ

28 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

ރައީސް މުއިއްޒު ދެއްވި ތަރާވީސް: އެއް ވާހަކައެއް ދެއްކެވީ ދެގޮތަކަށް!

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު