Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް

އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

އެމްޑީޕީން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި، ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި. މި ހަރަކާތުގެ ތެރެއިން އާޒިމް ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމަކީ ރައްޔިތުންގެ އަޑުއެހުމަށް އޮތް ހުރަހެއް ކަމަށާއި، މިހާރުގެ ސަރުކާރާ މެދު ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް ހުރިކަން މި ޒިޔާރަތްތަކުން ހާމަވެފައިވާ ކަމަށް. އަދި ހުޅުމާލޭ ދެކުނު ދާއިރާގެ ރައްޔިތުން ތިބީ އެމްޑީޕީއާ އެކުކަން މި ހަރަކާތުން އެނގިގެންދިޔަ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ފެބުރުއަރީ 2026 | ހޮނިހިރު 03:32
އެމްޑީޕީ އިން ހުޅުމާލެ ދެކުނު ދާއިރާގައި ކުރިއަށް ގެންދިއަ ދޮރުން ދޮރަށް ހަރަކާތް

އެމްޑީޕީ އިން ހުޅުމާލެ ދެކުނު ދާއިރާގައި ކުރިއަށް ގެންދިއަ ދޮރުން ދޮރަށް ހަރަކާތް | ރާއްޖެއެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. 

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ އެ ހަރަކާތުގައި މާލޭގެ މޭޔަރު އަދި އެމްޑީޕީގެ މާލޭގެ މޭޔަރު ކެންޑިޑޭޓް އާދަމް އާޒިމް ގެ އިތުރުން ދާއިރާގެ އެހެން ކެންޑިޑޭޓުންނާއި އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ބައިވެރިވެވަޑައިގެންފައި ވެ އެވެ. 

Advertisement - newsAdvertisement

އެ ހަރަކާތުގެ ތެރެއިން ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާގެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ހަރަކާތުން ހާމަވީ އެ ދާއިރާގެ ރައްޔިތުން ތިބީ އެމްޑީޕީ އާއެކު ކަން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އެހެން ކަމުން ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. 

އެ ހަރަކާތުގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތުން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އަޑުއިވެމުންދާ ކަމަށެވެ. އާޒިމް ވިދާޅުވީ މިކަމުން ހާމަވަނީ އިންތިޚާބުތައް އެއްކޮށްލުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަން ކަމަށާ ސަބަބަކީ އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުން ތަމްސީލު ކުރާ މެންބަރުން ރައްޔިތުންގެ ގާތަށް ގޮސް އެ އަޑު އަހާ މިންވަރު މަދުވާނެތީ ކަމަށެވެ. 

އާޒިމް ވިދާޅުވީ އެމްޑީޕީ އިން އިންތިޚާބުތައް އެއްކޮށްލުމާ ދެކޮޅީ އެހެންވެ ކަމަށެވެ. އެ ޕާޓީ އަކީ ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އަހައިގެން މަސައްކަތް ކުރާ ޕާޓީ އެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް ރައްޔިތުންނަށް ދިމާވެފައިވާ އެތައް ދަތިތަކެއްގެ ހައްލު އެ ޕާޓީ އިން ހޯދައިދިނީ އެ ކަންބޮޑުވުންތައް އަހައި، އޮޅުންފިލުވައިގެން ކަމަށެވެ. 

އިންތިޚާބުތައް ބޭއްވުމުގެ އެންމެ މުހިއްމު ކަމަކީ ވެސް ރައްޔިތުންނާ ބައްދަލު ކުރުން. އޭރުން ރައްޔިތުންނާ ބައްދަލުވެ، ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެ އެކަންތައްތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން. އެހެންވެގެން އަޅުގަނޑުމެން މި ބުނަނީ ދެ އިންތިޚާބު އެއް ނުކޮށްލާށޭ،
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ކޮންމެ ގެއަކުން ވެސް އަޑު އިވެނީ ސަރުކާރާ މެދު ހުރި ޝަކުވާތައް ކަމަށާއި އެކަމުން ސަރުކާރާ މެދު ރައްޔިތުންގެ ރުހުން ނެތް މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ދާ ކަމަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާދަމް އާޒިމްއަބްދުލްޣަފޫރު މޫސާލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރަށް ފުލުން ހުރަސް އަޅައިފި

27 ފެބުރުއަރީ 2026
އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރަށް ފުލުން ހުރަސް އަޅައިފި
27 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

27 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި
27 ފެބުރުއަރީ 2026

ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ

27 ފެބުރުއަރީ 2026
ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ
27 ފެބުރުއަރީ 2026

ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ

27 ފެބުރުއަރީ 2026
ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ
27 ފެބުރުއަރީ 2026

ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު

27 ފެބުރުއަރީ 2026
ކެންޕޭންގެ ބޭނުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކަށް ދިއުމަށް ގަސްތެއް ނުކުރަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު