Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ރެޑްވޭވް މޯލް

ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެނައުމާއެކު އޭނާއަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ފަށާފަ. އެގޮތުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދިނުމަށާއި، ސާޖަރީ ހެދުމަށް، އޭނާ މިހާރު އޮތީ އޮޕަރޭޝަން ތިއޭޓަރުގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 މާރިޗު 2026 | ހޯމަ 14:21
ރެޑް ވޭވް މެގަ މޯލް: ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ ރެޑްވޭވް މޯލް ގައި

ރެޑް ވޭވް މެގަ މޯލް: ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުންދާ ރެޑްވޭވް މޯލް ގައި | ރެޑްވޭވް

ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ އިމާރާތުން ވެއްޓި ބަނޑަށް ދަނގަޑެއް ހެރި، ބިދޭސީ އަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ. 

 ކޮންކްރީޓްގެ ބަދަލުގައި ދަގަނޑު ބޭނުންކޮށްގެން ހަދަމުން އަންނަ މި އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ 30 އަހަރުގެ ފިރިހެނަކަށެވެ.  އޭނާ އިމާރާތުން ވެއްޓުނު ވަގުތު ބަނޑަށް ދަގަނޑު ހެރުމުގެ ސަބަބުން ގޮހޮރު ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.  

Advertisement - newsAdvertisement

ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އަނިޔާވި މީހާ ހޮސްޕިޓަލަށް ގެނައުމާއެކު އޭނާއަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފަ އެވެ. އެގޮތުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދިނުމަށްޓަކައި އޭނާ މިހާރު އޮތީ ސާޖަރީ ހެދުމަށް އޮޕަރޭޝަން ތިއޭޓަރުގަ އެވެ.

މި ހާދިސާއާ ގުޅިގެން އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލީ މައުލޫމާތު ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި އޭނާގެ ހާލަތު ސީރިއަސް ކަމަށާއި، ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

މަސައްކަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލުވުމުގެ ސަބަބުން ރާއްޖޭގައި މިފަދަ ނުރައްކާތެރި ހާދިސާތައް އާއްމުގޮތެއްގައި ހިނގަމުންދާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ. ހާއްސަކޮށް އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށް ވެސް ބުނެ އެވެ.

މިފަދަ ހާދިސާތަކުގައި އިހުމާލުވާ ފަރާތްތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު ނޭޅުމަކީ، މިފަދަ ހާދިސާތައް ތަކުރާރުވުމަށް ދިމާވާ މައިގަނޑު ސަބަބު ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުންފުނިތަކުން ބޮޑެތި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެކަން ނުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ގިނަ ފަރާތްތަކުން ގޮވާލަ އެވެ.

ހުޅުމާލެ ރެޑްވޭވް މޯލްހުޅުމާލެ ހޮސްޕިޓަލްއެކްސިޑެންޓު

އިތުރަށް ކިޔާލަން

01 މާރިޗު 2026

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި
01 މާރިޗު 2026

ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް

01 މާރިޗު 2026
ބިން ހިއްކާއިރު ކިސަޑު އާދޭ، އެ މަންޒަރު ފެންނަން ވެސް ފެނޭ، އެކަމަކު ބިން ހިއްކަން ޖެހޭ: މިނިސްޓަރު ތޯރިގް
01 މާރިޗު 2026

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

01 މާރިޗު 2026
ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
26 ފެބުރުއަރީ 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."

26 ފެބުރުއަރީ 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: ރީރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދިޔައީ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް."
25 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް

25 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު