Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެ، ސައުދީ އަރަބިއްޔާ އާއި ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް އީރާނުން ހަމަލާދިނުމާއެކު އެތަންތަނުގެ ޚިދުމަތްތައް މެދުކަނޑާލައިފި. ސައުދީގައި ހުންނަ އެމްބަސީއަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، އެ ގައުމުތަކުގައި އުޅޭ އެމެރިކާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 11:35
މިއީ ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީގައި 2025 މާރިޗު 3 ވަނަ ދުވަހު އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް.

މިއީ ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީގައި 2025 މާރިޗު 3 ވަނަ ދުވަހު އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް. | ސްކްރީން އިމޭޖް

ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެފައިވާތީ، ވަކި ގޮތެއް އަންގަންދެން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކޮށްފި ކަމަށް އެ އެމްބަސީން އަންގާރަ ދުވަހު ބުނެފިއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ މިޝަން ވެސް އެ ދުވަހަށް ބަންދުކޮށްފައިވާކަން ވަނީ އިޢުލާންކޮށްފައެވެ.

އެކްސްގައި އާންމުކުރި ބަޔާނެއްގައި ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ، ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެފައިވާތީ، ވަކި ގޮތެއް އަންގަންދެން އެމްބަސީ ބަންދުކޮށްފައިވާ ކަމަށެވެ. އަދި ކޮންސިއުލާ ޚިދުމަތްތަކަށް ދީފައިވާ އާންމު އެޕޮއިންޓްމަންޓްތަކާއި ކުއްލި ހާލަތްތަކުގައި ދޭ އެޕޮއިންޓްމަންޓްތައް ވެސް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މި އެމްބަސީ ބަންދުކުރަން ނިންމާފައި މިވަނީ، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ދިން ހަމަލާތަކަކާ ގުޅިގެން އެމްބަސީ ހުންނަ ސަރަޙައްދުން ދުން އަރަމުންދާތަން ފެނުނުތާ އެއް ދުވަސް ފަހުންނެވެ. އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާއާ އިޒްރޭލާ ގުޅުން ހުރި ތަންތަނަށް ހަމަލާދޭތާ ތިން ދުވަސް ވެފައިވާއިރު، އެމްބަސީ ހުންނަ ސަރަޙައްދަށް އެއްވެސް މީހަކު ނުދިއުމަށް އެމެރިކާގެ ޑިޕްލޮމެޓިކް މިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް ދެ ޑްރޯން ހަމަލާއެއް ދީފައިވާތީ، އަންގާރަ ދުވަހު އެމްބަސީ ބަންދުކޮށްފައިވާ ކަމަށް ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްބަސީން ބުނީ، އެމެރިކާގެ ރައްޔިތުންނަށް ދޭ އާންމު އަދި ކުއްލި ހާލަތުގެ ހުރިހާ ޚިދުމަތްތަކެއް މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ޖިއްދާ، ރިޔާޒް އަދި ދަހްރާންގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި މަޑުކުރުމަށް (ޝެލްޓަރ އިން ޕްލޭސް) ދީފައިވާ އިރުޝާދު ދަމަހައްޓާފައިވާ ކަމަށާއި، ސައުދީގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އިލްތިމާސްކުރާ ކަމަށް އެމްބަސީން ބުންޏެވެ. މީގެ އިތުރުން، އެމްބަސީއަށް ހަމަލާއެއް ދީފައިވާތީ، ވަކި ގޮތެއް އަންގަންދެން އެ ސަރަޙައްދަށް ނުދިއުމަށާއި، އެ ސަރަޙައްދުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

އީރާން-ގަލްފު ގައުމުތައްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

03 މާރިޗު 2026
ކުވައިތުގައި އެމެރިކާގެ ފައިޓަރ ޖެޓްތަކެއް ވެއްޓިއްޖެ

ކުވައިތުގައި އެމެރިކާގެ ފައިޓަރ ޖެޓްތަކެއް ވެއްޓިއްޖެ

02 މާރިޗު 2026
އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު