Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަން އަޅާފައިވާއިރު، އެ ގައުމުގެ ވައިގެ ސިފައިން ދަނީ މި ހަމަލާތައް ހުއްޓުވުމަށް ރައްދު ހަމަލާ ދެމުން ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 10:18
އިޒްރޭލާއި އެމެރިކާއިން ހޮނިހިރު ދުވަހު ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ދިން ރައްދު ހަމަލާތަކުގައި އިޒްރޭލުގެ ތެލް އަވީވްގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވި މިސައިލް ހަމަލާއެއްގައި ލިބުނު ގެއްލުންތަކާ ގުޅިގެން، 2026 މާރިޗު 1 ވަނަ ދުވަހު އެ ސަރަހައްދުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަނީ.

އިޒްރޭލާއި އެމެރިކާއިން ހޮނިހިރު ދުވަހު ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ދިން ރައްދު ހަމަލާތަކުގައި އިޒްރޭލުގެ ތެލް އަވީވްގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވި މިސައިލް ހަމަލާއެއްގައި ލިބުނު ގެއްލުންތަކާ ގުޅިގެން، 2026 މާރިޗު 1 ވަނަ ދުވަހު އެ ސަރަހައްދުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުރަނީ. | ރޮއިޓާސް

 އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އޭގެ ބަދަލުހިފުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލަށް އަމާޒުކޮށް އާދީއްތަ ދުވަހު މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި، މި ހަމަލާތަކުގެ އަމާޒުފަތްގަނޑުތަކުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒެއްގެ އިތުރުން، އިޒްރޭލުގެ އަސްކަރީ މައި މަރުކަޒާއި ތަލް އަވީވުގައި ހުންނަ ދިފާއީ ސިނާއަތްތަކާ ބެހޭ ކޮމްޕްލެކްސް ހިމެނެއެވެ.

އީރާނުން އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާކަން އެ ގައުމުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދިނުމާ އެކު، އާދީއްތަ ދުވަހު ގުދުސްގެ މަތިން ބާރުގަދަ ގޮވުންތަކުގެ އަޑު އިވި، ނުރައްކަލުގެ އިންޒާރުދޭ ސައިރަންގެ އަޑު މުޅި ސަރަހައްދުގައި ވަނީ ގުގުމާލާފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ދެނެގަތުމާއެކު ގުޅިގެން، ގައުމުގެ އެކި ސަރަހައްދުތަކުގައި ނުރައްކަލުގެ އިންޒާރުދޭ ސައިރަން އަޅާފައިވާ ކަމަށެވެ.

އަދި މި ވަގުތު އިޒްރޭލުގެ ވައިގެ ސިފައިން ދަނީ އެ ހަމަލާތައް ހުއްޓުވުމަށާއި، ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމަށްޓަކައި ބޭނުންވާ ތަންތަނަށް ހަމަލާދީ ރައްދު ހަމަލާ ދެމުން ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އާދީއްތަ ދުވަހުގެ ކުރީކޮޅު ބުނެފައިވަނީ، އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކާ ދެކޮޅަށް ތާރީޚުގައިވެސް ނުދޭ ފަދަ "އެންމެ ނުރައްކާތެރި" އަސްކަރީ އޮޕަރޭޝަން ފަށާނެ ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޓެލެގްރާމް ޗެނަލްގައި ބުނެފައިވަނީ، އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރީ ތާރީޚުގައިވެސް ހިންގާނެ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާދިނުމުގެ އޮޕަރޭޝަން ކޮންމެ ވަގުތެއްގައިވެސް ފެށިދާނެ ކަމަށެވެ.

ޢަލީ ޚަމަނާއީއީރާން-އިޒްރޭލްއީރާން-އެމެރިކާތެލްއަވީވްއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

01 މާރިޗު 2026

އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި

01 މާރިޗު 2026
އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
01 މާރިޗު 2026

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

01 މާރިޗު 2026
އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި
01 މާރިޗު 2026

އީރާން އިން، ޔޫއޭއީ އަށް 346 މިސައިލް އަދި ޑްރޯން ހަމަލާ ދީފި

01 މާރިޗު 2026
އީރާން އިން، ޔޫއޭއީ އަށް 346 މިސައިލް އަދި ޑްރޯން ހަމަލާ ދީފި
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު