Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން، އީރާނުގެ އައިއާރުޖީސީން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ފަށައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށައިފި. އީރާނުގެ އަސްކަރިއްޔާއިން ހަނގުރާމައިގެ އާ މަރުހަލާއަކަށް ވަދެފައިވާކަން އިއުލާނުކޮށްފައިވާއިރު، ދުޝްމަނުންގެ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ބުނޭ. މީގެ ތެރޭގައި ސްކޫލަކަށް ދިން ހަމަލާއެއްގައި މަރުވި 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، އީރާނުން ވަނީ އެ ގައުމަށް ހަމަލާދޭ ފަރާތްތަކަށް އެ ސަރަހައްދު "ގަބުރުސްތާނަކަށް" ހަދާނެ ކަމުގެ އިންޒާރު ދީފައި.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 16:23
ޔޫއެސްއެސް އެބްރަހަމް ލިންކަން މަތިންދާބޯޓު އުފުލާ މަނަވަރު.

ޔޫއެސްއެސް އެބްރަހަމް ލިންކަން މަތިންދާބޯޓު އުފުލާ މަނަވަރު. | އެކްސް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް އަމާޒުކޮށް ހަތަރު ބެލިސްޓިކް މިސައިލް ފޮނުވާލައިފިއެވެ.

އިޒްރޭލާއި އެމެރިކާއިން ހޮނިހިރު ދުވަހު އީރާނަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން ވަގުތުން ފެށި "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" އާ ގުޅޭގޮތުން އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފީހުން އާދިއްތަ ދުވަހު ނެރުނު ހަތްވަނަ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާއަކީ އެމެރިކާއާއި އިޒްރޭލުގެ އަމާޒުތަކަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެއް ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް އަމާޒުކޮށް ފޮނުވާލި ހަތަރު ބެލިސްޓިކް މިސައިލްވެސް ވަނީ ކާމިޔާބުކަމާއެކު އެ މަނަވަރަށް އަރާފައެވެ.

އައިއާރުޖީސީން އިތުރަށް ބުނި ގޮތުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން މިހާރު މިވަނީ ހަނގުރާމައިގެ އާ މަރުހަލާއަކަށް ވަދެފައެވެ. އަދި އީރާނަށް ހަމަލާދޭ ފަރާތްތަކަށް އެ ގައުމުގެ ބިމާއި ކަނޑުގެ ސަރަހައްދު ވެގެންދާނީ "ގަބުރުސްތާނަކަށް" ކަމަށް ބުނެ އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރުމަށް ފޮނުވާފައިވާ މި މަނަވަރަށް ހަމަލާދީފައިވަނީ، އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގެ ދެވަނަ ދުވަހުއެވެ.

އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ އެ ގައުމަށް ދެމުންދާ ހަމަލާތަކަށް ވަގުތުން ރައްދުދޭން ފަށާފައެވެ. އެގޮތުން އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށާއި، މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ދަނީ ދެމުންނެވެ.

އީރާނާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއެއްގައި ޕާޝިއަން ގަލްފްގެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް އީރާނުން މީގެ ކުރިން ވަނީ އެ ގައުމުތަކަށް އިންޒާރު ދީފައެވެ.

އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން މައުލޫމާތު ދޭ ގޮތުގައި، ދުޝްމަނުންގެ ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން އީރާނުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ ދެކުނު ހޮރްމުޒްގާން ޕްރޮވިންސްގެ ޕްރައިމަރީ ސްކޫލަކަށް ދިން ހަމަލާގައި މަރުވި 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާންޔޫ.އެސް.އެސް އަބްރަހަމް ލިންކަންއައިއާރުޖީސީއޮޕަރޭޝަން ޓްރޫ ޕްރޮމިސްއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

އިތުރަށް ކިޔާލަން

01 މާރިޗު 2026

ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، މިހާރު އީރާނުގެ ވެރިކަން ކުރަނީ ކޮން ފަރާތަކުން؟

01 މާރިޗު 2026
ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، މިހާރު އީރާނުގެ ވެރިކަން ކުރަނީ ކޮން ފަރާތަކުން؟
01 މާރިޗު 2026

އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ
01 މާރިޗު 2026

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ

01 މާރިޗު 2026
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ
01 މާރިޗު 2026

އަލީރިޒާ އަރާފީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލަށް

01 މާރިޗު 2026
އަލީރިޒާ އަރާފީ އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލަށް
01 މާރިޗު 2026

އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި

01 މާރިޗު 2026
އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި
01 މާރިޗު 2026

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި
01 މާރިޗު 2026

އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި

01 މާރިޗު 2026
އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
01 މާރިޗު 2026

އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ

01 މާރިޗު 2026
އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ
01 މާރިޗު 2026

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

01 މާރިޗު 2026
އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް