Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި

އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުން އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން މަސައްކަތް ކޮށްފި. މި ހަމަލާތަކާ ގުޅިގެން ބަޣުދާދުގެ ގްރީން ޒޯނަށް ވަދެގަތުމަށް އާންމުން މަސައްކަތް ކުރަމުންދާއިރު، އުރުބީލް އެއާޕޯޓް ކައިރީގައި ހުންނަ ކޯލިޝަން ސިފައިންގެ މަރުކަޒަށް ވެސް ވަނީ ޑްރޯން ހަމަލާތަކެއް ދީފައި. ސަލާމަތީ ބާރުތަކުން ކަރުނަގޭސް ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރަމުންދާއިރު، މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 10:32
އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އިރާގުގެ ބަޣުދާދުގައި ހުންނަ ގްރީން ޒޯންގެ ދޮރާށި ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވެ، އެމެރިކާ އެމްބަސީއާ ދިމާލަށް މިސްރާބު ޖެހުމުން ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލަހައްޓަނީ - 2026 މާރިޗު 1، 2026.

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އިރާގުގެ ބަޣުދާދުގައި ހުންނަ ގްރީން ޒޯންގެ ދޮރާށި ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވެ، އެމެރިކާ އެމްބަސީއާ ދިމާލަށް މިސްރާބު ޖެހުމުން ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލަހައްޓަނީ - 2026 މާރިޗު 1، 2026. | ރޮއިޓާސް

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމެރިކާގެ އެމްބަސީ ހުންނަ އިރާގުގެ ބަޣުދާދުގެ ގްރީން ޒޯނަށް ވަދެގަތުމަށް އެތައް ސަތޭކަ އިރާގު ރައްޔިތުންނެއް އާދީއްތަ ދުވަހު މަސައްކަތް ކޮށްފި ކަމަށް އޭއެފްޕީގެ ނޫސްވެރިން ރިޕޯޓުކޮށްފިއެވެ.

ސަލާމަތީ ބާރުތަކުގެ މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ، މުޒާހަރާގެ ބައިވެރިން ގްރީން ޒޯނަށް ވަނުމަށް ކުރި މަސައްކަތްތައް މިހާތަނަށް ނާކާމިޔާބު ކޮށްލެވިފައިވީ ނަމަވެސް، އެމީހުން އަދިވެސް ދަނީ އެ ސަރަހައްދަށް ވަނުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

އޭއެފްޕީގެ ނޫސްވެރިޔާ ބުނި ގޮތުގައި، އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ދިދަ ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތަކާ ދިމާލަށް އޮއްގާ އުކާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

އިރާގުގެ ދެކުނުގެ އެހެން ޕްރޮވިންސްތަކުގައި ވެސް މިފަދަ މުޒާހަރާތައް ކުރިއަށްދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އީރާނުގެ މަދަދުލިބޭ އިރާގުގެ ހަތިޔާރު އެޅި ބައެއް ޖަމާއަތްތަކުން ހޮނިހިރު ދުވަހު ބުނެފައިވަނީ، މި މައްސަލައިގައި އެ ޖަމާއަތްތަކުން "ވަކި ފަރާތަކަށް ނުޖެހި" މަޑުން ނުތިބޭނެ ކަމަށާއި، އިސްލާމީ ޖުމްހޫރިއްޔާ (އީރާން) ދިފާއުކުރާނެ ކަމަށެވެ.

އިރާގުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކެއްގައި ހިޒްބުالله ޖަމާއަތުގެ ދެ ހަނގުރާމަވެރިއަކު މަރުވުމާ ގުޅިގެން، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ނުފޫޒުގަދަ އެ ޖަމާއަތުން ވަނީ ބުނެފައެވެ.

އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އެމެރިކާ އިސްވެ އޮންނަ ކޯލިޝަން ސިފައިން ތިބޭ އުރުބީލް އެއާޕޯޓް ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އޭއެފްޕީގެ ނޫސްވެރިޔާ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، އެއާޕޯޓް ހިމެނޭ ސަރަހައްދުން ކަޅު ދުންތަކެއް އަރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ވެސް އޭނާ ރިޕޯޓުކުރިއެވެ.

މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް، އީރާނަށް ތާއީދުކުރާ ކުޑަ ޖަމާއަތަކުން ވަނީ އުރުބީލްގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ އެކަމުގެ ޒިންމާ އުފުލާފައެވެ.

ހޮނިހިރު ދުވަހު ވެސް އުރުބީލްގެ މަތިން ދަތުރުކުރި ބައެއް މިސައިލްތަކާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެއް، އެމެރިކާ އިސްވެ އޮންނަ ކޯލިޝަން ބާރުތަކުން ވައްޓާލާފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

މަސްދަރު: އޭއެފްޕީ

ޢަލީ ޚަމަނާއީއީރާން-އެމެރިކާބަޣުދާދުއުރުބީލްއީރާންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

01 މާރިޗު 2026
އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި

އެމެރިކާގެ "މެރިޓައިމް ސްޓްރައިކް ޓޮމަހޯކް" ސަޕޯޓް އުޅަނދަކަށް އީރާނުން މިސައިލް ހަމަލާދީފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ

އީރާނު ބައިބައިކުރުމުގެ ފުރުސަތެއް ނުދޭނަން، އައު ވެރިއަކު ހޮވުމުގެ މަރުހަލާ އާދީއްތަ ދުވަހު ފަށާނެ: ލަރިޖާނީ

01 މާރިޗު 2026
އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

އެއް ދުވަސް ތެރޭގައި އިޒްރޭލް އިން އީރާނަށް 1200 ބޮން އެޅި

01 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު