Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ

އީރާނުގެ އަސްކަރީ ގާބިލްކަން ނައްތާލުމަށް އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، މީގެ ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ވަނީ ދީފައި. މި ކުރިމަތިލުންތަކުގައި އެމެރިކާގެ ތިން ސިފައިން މަރުވެ ފަސް މީހަކު ސީރިއަސްކޮށް ޒަޚަމްވެފައިވާކަން އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައި. އީރާނުން އެމެރިކާގެ މަނަވަރަކަށް ހަމަލާދިން ކަމަށް ބުނި ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އެކަން ދޮގުކޮށް އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ބުނެފައެވެ.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 16:34
އިރާނުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއެއްގައި ބައިތު ޝަމްސް ސިޓީގެ މުޅި ބްލޮކެއް އެއްކޮށް ސުންނާފަތިވެ، މަދުވެގެން ފަސް މީހަކު މަރުވެފައިވާކަމަށް އީރާނުން ބުނޭ.

އިރާނުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއެއްގައި ބައިތު ޝަމްސް ސިޓީގެ މުޅި ބްލޮކެއް އެއްކޮށް ސުންނާފަތިވެ، މަދުވެގެން ފަސް މީހަކު މަރުވެފައިވާކަމަށް އީރާނުން ބުނޭ. | ޕްރެސް ޓީވީ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ، ފަސް މީހަކު ސީރިއަސްކޮށް ޒަޚަމްވެފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފިއެވެ. މިއީ މި ކުރިމަތިލުންތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ނުވަތަ ޒަޚަމްވިކަން އެ ގައުމުން ހާމަކުރި ފުރަތަމަ ފަހަރެވެ.

އީރާނަށް އަމާޒުކޮށް އެމެރިކާއިން އިއްޔެ ވަރުގަދަ ހަމަލާތަކެއް ދީ، އެ ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލާފައިވާއިރު، މިއަދުވެސް އެމެރިކާއިން ދަނީ މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުން ހިންގި ހަރަކާތްތަކުގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ، ފަސް މީހަކު ސީރިއަސްކޮށް ޒަޚަމްވެފައިވާ ކަމަށެވެ. މީގެ އިތުރުން ބައެއް ސިފައިންނަށް ކުދިކުދި އަނިޔާތައް ލިބިފައިވީ ނަމަވެސް، ފަރުވާއަށްފަހު އެ މީހުން އަލުން ޚިދުމަތަށް ނުކުތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

ސެންޓްކޮމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މައިގަނޑު އަސްކަރީ އޮޕަރޭޝަންތައް އަދިވެސް ކުރިއަށްދާ ކަމަށާއި، މަސްރަހު ބަދަލުވަމުންދާ ގޮތުންނާއި އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، މަރުވި ސިފައިންގެ ވަނަވަރު ހާމަކުރާނީ އެ މީހުންގެ އާއިލާތަކަށް އެކަން އެންގުމަށްފަހު 24 ގަޑިއިރު ހަމަވުމުން ކަމަށެވެ.

އެމެރިކާގެ ވައިގެ އަދި ކަނޑުގެ ސިފައިން އިޒްރޭލުގެ ފައުޖުތަކާ ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ހަމަލާތަކުގެ މަގްސަދަކީ އީރާނުގެ އަސްކަރީ ގާބިލްކަން މުޅިން ދުއްވާލުން ކަމަށެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައެވެ.

މިއަދުގެ ކުރީކޮޅު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފައިވަނީ، ފާރިސް ކަނޑުއޮޅީގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށް ހަތަރު ބެލިސްޓިކް މިސައިލް ކާމިޔާބުކަމާއެކު ފޮނުވާލާފައިވާ ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ސެންޓްކޮމް އިން ވަނީ އީރާނުގެ މި ވާހަކަތައް ދޮގުކޮށް، އެ މަނަވަރަށް އެއްވެސް ހަމަލާއެއް އަރާފައި ނުވާކަމަށް ބުނެފައެވެ.

ސެންޓްކޮމްގެ ބަޔާނުގައި ބުނެފައިވަނީ، އީރާނުން ފޮނުވާލި މިސައިލްތައް މަނަވަރާ ގާތްވެސް ނުވާ ކަމަށާއި، އީރާނުގެ ނުރައްކާތަކުން އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމަށް ސެންޓްކޮމްއިން ހިންގާ އޮޕަރޭޝަންތަކުގައި "އަބްރަހަމް ލިންކަން" މަނަވަރުން އަދިވެސް މަތިންދާބޯޓުތައް އުދުއްސަމުންދާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްއޮޕަރޭޝަން އެޕިކް ފިއުރީސެންޓްރަލް ކޮމާންޑްޔޫ.އެސް.އެސް އަބްރަހަމް ލިންކަންއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި

އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި

01 މާރިޗު 2026
އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި

އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު