Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާ އެއް ގައި މަދުވެގެން އަށް މީހުން މަރުވެއްޖެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

އީރާނުން އިޒްރޭލުގެ ބައިތު ޝެމޭޝް ސިޓީގެ އިމާރާތަކަށް ދިން މިސައިލް ހަމަލާއެއްގައި އަށް މީހުން މަރުވެ، 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި ހަމަލާގައި އިމާރާތް މުޅިން ސުންނާފަތިވެފައިވާއިރު، އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ސަލާމަތްކުރާ ޓީމުތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުން. ހާދިސާ ހިނގި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައި.

ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 16:46
އިޒްރޭލުގެ ބެއިތު ޝެމޭޝްއަށް އީރާނުން ދިން މިސައިލް ހަމަލާތަކަށްފަހު މަރުވެފައިވާ މީހުންގެ ހަށިތައް ޖަމާކޮށްފައިވާ މަންޒަރު.

އިޒްރޭލުގެ ބެއިތު ޝެމޭޝްއަށް އީރާނުން ދިން މިސައިލް ހަމަލާތަކަށްފަހު މަރުވެފައިވާ މީހުންގެ ހަށިތައް ޖަމާކޮށްފައިވާ މަންޒަރު. | ޕްރެސްޓީވީ

އިޒްރޭލުގެ ބައިތު ޝެމޭޝް ސިޓީއަށް އާދީއްތަ ދުވަހު އީރާނުން ދިން މިސައިލް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން އަށަކަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މިއީ މިހާރު ކުރިއަށްދާ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލަށް ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ހަމަލާއެވެ.

އިޒްރޭލުގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މޭގަން ޑޭވިޑް އެޑަމް (އެމް.ޑީ.އޭ) އިން ބުނި ގޮތުގައި، ބައިތު ޝަމްސް ސަރަހައްދަށް ދިން މި ހަމަލާގައި އަށް މީހަކު މަރުވެފައިވާކަން އެ އިދާރާގެ ޕެރާމެޑިކުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން މި ހަމަލާގައި 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ފުލުހުން ބުނީ މިސައިލް ސީދާ އަމާޒުވީ އެ ސިޓީގެ އިމާރާތަކަށް ކަމަށެވެ.

މިސައިލް ވެއްޓުނު ސަރަހައްދުގައި އިޒްރޭލުގެ އެތައް ބަޔަކު ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާއިރު، އޭ.އެފް.ޕީގެ ފޮޓޯގްރާފަރަކަށް ވަނީ މިސައިލް އެންމެ ބޮޑަށް އަމާޒުވި އިމާރާތުގެ ތެރެއިން މީހެއްގެ ހަށިގަނޑު ނެރެނިކޮށް ފެނިފައެވެ.

ހަމަލާދިން ސަރަހައްދުގައި ހުރި އޭ.އެފް.ޕީގެ އެހެން ފޮޓޯގްރާފަރަކު ބުނި ގޮތުގައި، އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށްޓަކައި އެކި ބާވަތުގެ ސާމާނުތައް އެ ސަރަހައްދަށް ދަނީ ގެންނަމުންނެވެ.

ސަލާމަތްކުރާ ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އޭނާ އިތުރަށް ބުނީ، ބެލެވޭ ގޮތުގައި އިމާރާތުގެ ފުނޑުވެފައިވާ ބައިތަކުގެ ދަށުގައި އަދިވެސް ބަޔަކު ތާށިވެފައި އެބަތިއްބެވެ.

އެ ސަރަހައްދުން ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބާރުގަދަ ގޮވުމުގެ ސަބަބުން އެ އިމާރާތް ވަނީ މުޅިން ސުންނާފަތިވެފައެވެ. އަދި އިމާރާތުގެ ފުރާޅު ވަނީ ކޮންކްރީޓާއި ދަގަނޑުތަކާއެކު ފުނޑުފުނޑުވެފައެވެ.

ސަލާމަތްކުރާ ޓީމުތަކުން އަދިވެސް ދަނީ އިމާރާތުގެ ދަށުގައި ދިރިތިބި ބަޔަކު ތިބިތޯ ބަލައި ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.

އެމް.ޑީ.އޭގެ ޕެރާމެޑިކެއް ކަމަށްވާ ޔެހޫދާ ޝްލޯމޯ ނެރުނު ބަޔާނެއްގައި ބުނީ، އޭނާއަށް އެ ސަރަހައްދަށް ދެވުނުއިރު ފެނުނީ ވަރަށް ބިރުވެރި މަންޒަރެއް ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ސަރަހައްދުގައި ދުންބޯވެފައި އޮތްއިރު، ފެނިގެންދިޔައީ ވަރަށް ބޮޑު ހާސްކަމެކެވެ. އަދި ގެއްލުން ލިބުނު އިމާރާތްތަކުން ބިރުގަނެފައި ތިބި އެތައް ބަޔަކު ނުކުންނަމުންދިޔަ މަންޒަރު ފެނުނު ކަމަށްވެސް އޭނާ ބުންޏެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އިޒްރޭލްބައިތު ޝެމޭޝްމޭގަން ޑޭވިޑް އެޑަމްއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

01 މާރިޗު 2026

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ

01 މާރިޗު 2026
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ތިން ސިފައިން މަރުވެއްޖެ، ސިފައިންގެ ފަސް މީހަކު ސީރިއަސް ކޮށް ޒަޚަމްވެއްޖެ
01 މާރިޗު 2026

އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި

01 މާރިޗު 2026
އީރާނުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމް ލިންކަން އަށް މިސައިލް ހަމަލާދީފި
01 މާރިޗު 2026

އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި

01 މާރިޗު 2026
އިރާގުގައި ހުރި އެމެރިކާގެ އެމްބަސީ އަށް ވަދެގަންނަން އެތައް ސަތޭކަ ބަޔަކު މަސައްކަތް ކޮށްފި
01 މާރިޗު 2026

އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލުމާއެކު އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް އީރާނުން ދޭން ފަށައިފި
01 މާރިޗު 2026

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

01 މާރިޗު 2026
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު