Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

ސައުދީ ގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ދިން ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ފިނޑި އަމަލެއް ކަމަށް ބުނެ ސައުދީ ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ. ހަމަލާގެ ސަބަބުން އެމްބަސީގެ އިމާރާތަށް ގެއްލުންތަކެއް ލިބި، އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައި. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ހުއްޓުމެއްނެތި ގެންދަނީ ހަމަލާތައް ދެމުން. އަދި އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވެސް ގެންދަނީ އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތު ހުރި ތަންތަންނަށް ހަމަލާ ދެމުން.

ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 11:23
ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީގެ މައި މަރުކަޒަށް ޑްރޯން ހަމަލާތަކެއް ވަނީ ދީފައި.

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީގެ މައި މަރުކަޒަށް ޑްރޯން ހަމަލާތަކެއް ވަނީ ދީފައި. | އޭއެފްޕީ

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް ގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާ އެއް ދީފި އެވެ. އެއާއެކު މި ޑްރޯން ހަމަލާ، ސައުދީ ސަރުކާރުން އަންގާރަ ދުވަހު ކުށްވެރިކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ހަމަލާގެ ސަބަބުން އެމްބަސީގެ އިމާރާތަށް ގެއްލުންތަކެއް ލިބި، އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.

ސައުދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާޟް ގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އަމާޒުކޮށް އީރާނުން ދިން ރަހުމުކުޑަ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެފަދަ އަމަލުތަކަށް އެ ގައުމުން ދެކޮޅު ހަދާ ކަމަށެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ވަނީ މިއީ ފިނޑި އަދި އެއްވެސް އުސޫލެއް ނެތް ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ހަނގުރާމައެއްގެ ތެރޭގައި ވެސް ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގެ މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޖެނީވާ ކޮންވެންޝަނާއި ވިއެންނާ ކޮންވެންޝަން ފަދަ ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކާ މި ހަމަލާ މުޅިން ޚިލާފުވާކަން ސައުދީން ފާހަގަކޮށްފައިވެއެވެ.

އީރާނުގެ މި އަމަލުގެ ސަބަބުން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ސައުދީން ވަނީ ދީފައެވެ.

ސައުދީ އަރަބިއްޔާގެ ބިމާއި، ރައްޔިތުންނާއި، އެ ގައުމުގައި ދިރިއުޅޭ މީހުންނާއި، ގައުމުގެ މުހިންމު މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށާއި، އޭގެ ތެރޭގައި ދޭ ހަމަލާތަކަށް ރައްދު ދިނުން ވެސް ހިމެނޭނެ ކަމަށް އެ ގައުމުން ތަކުރާރުކޮށް ބުނެފައިވެއެވެ.

ވޭތުވެދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލާއި އެމެރިކާއިން ދަނީ އީރާނުގެ އެކި އަމާޒުތަކަށް ހަމަލާދެމުންނެވެ. މީގެ ރައްދުގައި އީރާނުން ވެސް ދަނީ ސަރަހައްދުގެ އެކި ތަންތަނުގައި ހުރި އިޒްރޭލާއި އެމެރިކާގެ އަމާޒުތަކަށް ހަމަލާދެމުންނެވެ. 

މަސްދަރު: އަލްއަރަބިއްޔާ

އީރާންއީރާން-އިޒްރޭލްއީރާން-ޔޫއެސްއޭ-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އިޒްރޭލަށާއި ގަތަރުގައި ހުންނަ އެމެރިކާ މަރުކަޒަކަށް ހަމަލާދީފި

އީރާނުން އިޒްރޭލަށާއި ގަތަރުގައި ހުންނަ އެމެރިކާ މަރުކަޒަކަށް ހަމަލާދީފި

03 މާރިޗު 2026
ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

03 މާރިޗު 2026
ހަމަލާ ތަކުގައި އީރާން އިން މަރުވި މީހުންގެ އަދަދު 787 އަށް

ހަމަލާ ތަކުގައި އީރާން އިން މަރުވި މީހުންގެ އަދަދު 787 އަށް

03 މާރިޗު 2026
ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

03 މާރިޗު 2026
ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

03 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު