Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

އީރާނުން ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް ހަމަލާ ދީފި

އިރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ޣައިރު ގާނޫނީ ހަމަލާތަކަށް ބަދަލުހިފުމުގެ އީރާނުން ކުވެއިތަށް ފޮނުވާލި މިސައިލާއި ޑްރޯން ހަމަލާތަކާ ގުޅިގެން، އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީގައި ރޯވެ ބޯ ދުން އަރަމުންދާ މަންޒަރު ހާމަވެއްޖެ.

ރާއްޖެ އެމްވީ | 2 މާރިޗު 2026 | ހޯމަ 08:06
ކުވައިތުގެ ވެރިރަށް ކުވައިތު ސިޓީގައި ހުންނަ އެމެރިކާ އެމްބަސީ ހިމެނޭ ސަރަހައްދަށް، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދަނީ.

ކުވައިތުގެ ވެރިރަށް ކުވައިތު ސިޓީގައި ހުންނަ އެމެރިކާ އެމްބަސީ ހިމެނޭ ސަރަހައްދަށް، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހު އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަމުންދަނީ. | އޭއެފްޕީ

އިރާނަށް ޒަޔަނިސްޓް އިޒްރޭލާއި ގުޅިގެން އެމެރިކާ އިން ދިން ޣައިރު ގާނޫނީ ހަމަލާ އާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އިޒްރޭލާ ގުޅުން ހުރި ތަންތަނަށް އީރާނުން ދެމުންދާ ހަމަލާތައް ތިންވަނަ ދުވަހަކަށް ކުރިއަށްދަނިކޮށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީން ބޯދުން އަރަމުންދަނިކޮށް އޭއެފްޕީގެ ނޫސްވެރިންނަށް ހޯމަ ދުވަހު ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން، އެމްބަސީ ހުންނަ ސަރަހައްދަށް އެއްވެސް މީހަކު ނުދިއުމަށް އެމެރިކާގެ ޑިޕްލޮމެޓިކް މިޝަނުން ވަނީ އަންގާފައެވެ.

އިރާނުގެ އެންމެ މަތީ ވެރިޔާއާއި އެހެނިހެން އިސް އޮފިޝަލުން އަވަހާރަކޮށްލުމަށް އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އިރާނުން ފޮނުވާލި މި ހަމަލާތަކާއެކު ކުވެއިތު ސިޓީގެ އެކި ސަރަހައްދުތަކުގައި ވަނީ ނުރައްކަލުގެ ސައިރަންގެ އަޑު އިވިފައެވެ.

އެމެރިކާ އެމްބަސީއަށް ހަމަލާއެއް އަމާޒުވިކަން އެ އިދާރާއިން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދާ ދުރަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވެއިތަށް މިސައިލާއި ޑްރޯން (ޔޫއޭވީ) ހަމަލާތައް އައުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، އެހެންކަމުން އެމްބަސީއަށް އެއްވެސް މީހަކު ނުދިއުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާ އެމްބަސީގެ މުވައްޒަފުން ތިބީ ރައްކާތެރި ތަންތަނަށް ވަދެ (ޝެލްޓަރިން އިން ޕްލޭސް) ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުވެއިތުގެ ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެ ގައުމަށް އަމާޒުކޮށް ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯންތަކެއް ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އިރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ކުވެއިތުން މަރުވި މީހަކުވެސް ހިމެނެއެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު، ގަލްފުގެ ސިޓީތައް ކަމަށްވާ އަބޫދާބީ، ދުބާއީ، ދޯހާ، މަނާމާ އަދި ކުވެއިތުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އޭއެފްޕީގެ ކޮރެސްޕޮންޑެންޓުންނާއި އެ ސިޓީތަކުގެ ރައްޔިތުން ވަނީ ރިޕޯޓުކޮށްފައެވެ.

މަސްދަރު: އޭއެފްޕީ

އީރާންކުވައިތުއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

އީރާންގެ ވެރިން ބޭނުން ވަނީ ޤާނޫނީ އުސޫލުން ވެރިކަން ކުރިއަށް ގެންދަން

02 މާރިޗު 2026
ކުވައިތުގައި އެމެރިކާގެ ފައިޓަރ ޖެޓްތަކެއް ވެއްޓިއްޖެ

ކުވައިތުގައި އެމެރިކާގެ ފައިޓަރ ޖެޓްތަކެއް ވެއްޓިއްޖެ

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

ހަނގުރާމައިގެ ސަބަބުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވާ އިސްލާމީ ގައުމުތަކުގެ ތެރޭގައި އީރާނެއް ނެތް، ގުޅުއްވާނެތޯ ކުރި ސުވާލަށް ޖަވާބެއް ވެސް ނުދެއްވި

02 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު