Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ދަރިވަރުންނަށް އޭގެ އަސަރު ކުރޭތޯ ޚާއްސަ ސަމާލުކަމެއް ދީގެން ދަނީ ބަލަމުން: މިނިސްޓްރީ

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އެ ސަރަހައްދުގައި ތިބި ދިވެހި ދަރިވަރުންނާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފި. މިކަމާ ގުޅިގެން ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ބޭރު ގައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ގާތުން ބަލަމުން. ފޮރިން މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި އުޅޭ ދިވެހިން ބޭރަށް ނުކުމެ އުޅުން މަދުކޮށް، ރައްކާތެރިކަމުގެ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 މާރިޗު 2026 | އާދީއްތަ 09:57
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު | މަޖިލިސް

މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއްވެސް ދިވެހި ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ. 

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާތައް ދޭން ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. މި ހަމަލާ ތަކުގެ ރައްދުގައި އީރާނުން ވެސް ހަމަލާ ދީފައިވެ އެވެ. އީރާނުން ދިން ވަރުގަދަ ހަމަލާ އަމާޒުކޮށްފައި ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށެވެ. މިއާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސް ވެފަ އެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ވަރުގަދަވަމުންދާތީ، ހަނގުރާމައިގެ އަސަރު ފޯރާފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަގައި އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.

މިނިސްޓްރީ އިން ބުނީ އެ ސަރަހައްދުގެ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ކިޔަވައިދޭ މަރުކަޒުތަކާ އެކު، މެދުނުކެނޑި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދަރިވަރުންގެ ހާލަތު ބަލައި، އެކުދިންނަށް ބޭނުންވާ އެހީިތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފަ ވެއެވެ. 

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީ އިން އެންމެ ސަމާލުކަންދޭ އެއް ކަންތައް ކަން ފާހަގަކޮށް ހަޔަރ އެޑިއުކޭޝަނުން ބުނީ މި ދަތި އުނދަގޫ ވަގުތުގައި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތަކާ ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ވަޒީރުންގެ ޚާއްސަ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލާފަ އެވެ.  އަދި މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ވަނީ މެދުއިރުމަތީގައި ފަށާފައިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހީން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެގައުމެއްގެ ސަރުކާރުން ސަލާމަތާއި، ރައްކާތެރިކަމަށް ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

މެދު އިރުމަތިއީރާން-ޔޫއެސްއޭ-އިޒްރޭލްހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ފޮރިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެމެރިކާ އާއި އިޒްރޭލުން ރަތް ރޮނގު ހުރަސް ކޮށްފި، ބޮޑެތި ހަމަލާ ތަކެއް ކުރިމަތި ކުރާނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

01 މާރިޗު 2026
މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

މެދު އިރުމަތީގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށް އީރާން އިން ހަމަލާ ދީފި

01 މާރިޗު 2026
އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

އިރާނުގެ މިސައިލް ހަމަލާގައި އިޒްރޭލުގެ ތެލް އަވީވުން އަންހެނަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

01 މާރިޗު 2026
އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

އާޔަތުﷲ އަވަހާރަކޮށްލި ގާތިލުންނަށް ހަރުކަށި، އަދި ހިތާމަކުރަންޖެހޭ ފަދަ އަދަބެއް ދޭނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު