Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

އެމެރިކާގެ އެމްބަސީ އިން ވަނީ އެއްވެސް ބޭނުމެއްގައި އެމްބަސީ ހުންނަ ސަރަހައްދަށް މީހުން ނުދިޔުމަށް އިލްތިމާސް ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 10:30
ކުވައިތު ސިޓީގައި ހުންނަ އެމެރިކާގެ އެމްބަސީ ހިމެނޭ ސަރަހައްދަށް އީރާން އިން ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު.

ކުވައިތު ސިޓީގައި ހުންނަ އެމެރިކާގެ އެމްބަސީ ހިމެނޭ ސަރަހައްދަށް އީރާން އިން ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އެ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުންގެންދާ ހަމަލާ ތަކުގެ ރައްދުގައި އީރާން އިން ހަމަލާ ދޭން ފަށައި، ބޮޑު ހަނގުރާމައެއް ފެށިފައިވާއިރު، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި އެވެ. 

އަންގާރަ ދުވަހު މި ނިންމުން ނިންމާފައިވާއިރު، އެމްބަސީ ބަންދު ކޮށްފައި ވަނީ ވަކި މުއްދަތެއް ވެސް ނެތް ގޮތަށެވެ. މިއީ ސަރަހައްދީ މަސްރަހު ގޯސްވަމުން އަންނަ ދަނޑިވަޅެއްގައި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ އެމްބަސީ އިން އެކްސްގައި އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ސަރަހައްދީ ނުތަނަވަސްކަން އިތުރު ވަމުން ދާތީ، ކުވެއިތުގައި ހުންނަ އެމެރިކާގެ މިޝަން، ވަކި އެންގުމެއް އަންގަންދެން ބަންދު ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމްބަސީ އިން ދެމުން ގެންދިޔަ ކޮންސިއުލާ ޚިދުމަތްތަކާއި، ކުރިން ދީފައިވާ ހުރިހާ އެޕޮއިންޓްމަންޓެއް ވެސް، މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

މި އެމްބަސީ ބަންދު ކޮށްފައިވާއިރު، އީރާން އިން ކުވެއިތުގައި ހުންނަ އެމެރިކާގެ ބޭހަކަށް އަމާޒުކޮށް ހަމަލާ ދީފައިވެ އެވެ. އަދި އެ އެމްބަސީ ހުންނަ ސަރަހައްދުން ދުން ތަކެއް އަރާ މަންޒަރު ފެންނަ ވީޑިއޯ ވެސް، ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އީރާން އިން ގެންދަނީ މެދު ކެނޑުމެއް ނެތި، ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒު ތަަކަށް ހަމަލާ ދެމުންނެވެ. 

އެމެރިކާގެ އެމްބަސީ އިން ވަނީ އެއްވެސް ބޭނުމެއްގައި އެމްބަސީ ހުންނަ ސަރަހައްދަށް މީހުން ނުދިޔުމަށް އިލްތިމާސް ކޮށްފަ އެވެ. މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނާ ގޮތުގައި، މިއީ މިފަަހަކަށް އައިސް އެ ސަރަހައްދުގައި އުފެދިފައިވާ އެންމެ ބޮޑު ނުތަނަވަސް ކަމެވެ. 

ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފައި ވީ ނަަމަވެސް، އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުންގެ ސަލާމަތީ ކަން ކަމަށް ސަމާލުވުމަށް ވަނީ އަންގައިފަ އެވެ. އަދި މަސްރަހަށް އަންނަ ބަދަލުތައް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަރަށް ކައިރިން ބަލަމުން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ކުވައިތުއެމެރިކާއީރާންއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

03 މާރިޗު 2026
އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

03 މާރިޗު 2026
އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

03 މާރިޗު 2026
ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

03 މާރިޗު 2026
ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މާރިޗު 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު