Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީރާން ހަނގުރާމަ

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

ހޯމަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ، ޚާމަނާއީ އަވަހާރަ ކޮށްލުން، މުސްލިމެއްގެ ޙައިސިއްޔަތުން އެމަނިކުފާނު ކުށްވެރި ކުރައްވާ ކަމަށް. އެ ޕޯސްޓުގައި ރައީސް މައުމޫން ވަނީ ޚާމަނައީގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި، ޚާމަނާއީގެ އާއިލާ އަދި އީރާންގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2026 | އަންގާރަ 05:43
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް | ސޯޝަލް މީޑިއާ

އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލި ކޮށްލުން ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އެކަން ކުށްވެރި ކުރައްވައިފި އެވެ.

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ހަމަލާ ދޭން ފެށީ ހޮނިހިރު ދުވަހު އެވެ. ކުއްލި ގޮތަކަށް ދޭން ފެށި ހަމަލާ ތަކުގައި ޚާމަނާއީ އަވަހާރަވެފައިވާކަން ކަށަވަރު ވެފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހު އެވެ. އީރާން އިން ވަނީ ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމަ ފާޅު ކުރަން ރަސްމީ 40 ދުވަސް ކަނޑައަޅައި، ހަތް ދުވަހަށް ސަރުކާރު ބަންދު ކުރަން ނިންމައިފަ އެވެ.

ހޯމަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ، ޚާމަނާއީ އަވަހާރަ ކޮށްލުން، މުސްލިމެއްގެ ޙައިސިއްޔަތުން އެމަނިކުފާނު ކުށްވެރި ކުރައްވާ ކަމަށެވެ. އެ ޕޯސްޓުގައި ރައީސް މައުމޫން ވަނީ ޚާމަނައީގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި، ޚާމަނާއީގެ އާއިލާ އަދި އީރާންގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފަ އެވެ.

އެމެރިކާގެ ހަމަލާއެއްގައި އީރާންގެ އެންމެ މަތީވެރިޔާ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، ރާއްޖޭގެ ސަރުކާރުން އެކަން ކުށްވެރި ކޮށްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. މީގެ އިތުރުން، ރާއްޖެ އިން އީރާން އަށް ތައުޒިޔާ ފޮނުވާފައި ނުވާއިރު، ހިތާމަ ފާޅު ކުރުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ދިދަ ބައި ދަނޑި އަށް ވެސް ތިރި ކޮށްފައި ނުވެ އެވެ. ޚާމަނާއީ އަވަހާރަ ކޮށްލިތާ ދެ ދުވަސްވީއިރު، ރާއްޖޭގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް އެކަން ކުށްވެރި ކުރައްވާފައި ނުވެ އެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާއި، ގިނަ ލީޑަރުން ތަކެއް އަންނަނީ އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި އިސްލާމީ ޤައުމު ތަކުގެ އިތުރުން، އިސްލާމް ނޫން ޤައުމުތައް ވެސް ހިމެނެ އެވެ. އެގޮތުން ރަޝިޔާ އާއި، ޗައިނާ އިން ވެސް ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. 

އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އިޒްރޭލް-އެމެރިކާއީރާން-އެމެރިކާއާޔަތުﷲ އަލީ ޚާމަނާއީކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

03 މާރިޗު 2026

ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

03 މާރިޗު 2026
ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް
02 މާރިޗު 2026

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މާރިޗު 2026
ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
02 މާރިޗު 2026

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

02 މާރިޗު 2026
އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ
02 މާރިޗު 2026

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

02 މާރިޗު 2026
ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު