Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އަންގާރަ ދުވަހު ބުނީ، އެ ޤައުމުގެ ސިފައިން ވަނީ އައިއާރުޖީސީގެ ކޮމާންޑް ކޮންޓްރޯލް ސެންޓަރުތަކާއި، އީރާންގެ ވައިގެ ދިފާއީ ނިޒާމާއި، މިސައިލާއި، ޑްރޯން ފޮނުވާ ތަން ތަނުގެ އިތުރުން، ސިފައިންގެ އެއާފީލްޑުތައް ހަލާކު ކޮށްލާފައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2026 | އަންގާރަ 10:26
އައިއާރުޖީސީގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީތަކެއް އެމެރިކާގެ ސިފައިން ހަލާކުކޮށްލާފައިވާ ކަމަށް ސެންޓްކޮމް އިން ވަނީ ބުނެފައި

އައިއާރުޖީސީގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީތަކެއް އެމެރިކާގެ ސިފައިން ހަލާކުކޮށްލާފައިވާ ކަމަށް ސެންޓްކޮމް އިން ވަނީ ބުނެފައި | ރޮއިޓާސް

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑު ޕޯސްޓުތަކާއި، އީރާންގެ ވައިގެ ދިފާއީ ނިޒާމު އަދި މިސައިލް ފޮނުވާ ތަންތަން ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އަންގާރަ ދުވަހު ބުނީ، އެ ޤައުމުގެ ސިފައިން ވަނީ އައިއާރުޖީސީގެ ކޮމާންޑް ކޮންޓްރޯލް ސެންޓަރުތަކާއި، އީރާންގެ ވައިގެ ދިފާއީ ނިޒާމާއި، މިސައިލާއި، ޑްރޯން ފޮނުވާ ތަން ތަނުގެ އިތުރުން، ސިފައިންގެ އެއާފީލްޑުތައް ހަލާކު ކޮށްލާފައި ކަމަށެވެ. 

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލް އިން ގެންދަނީ އީރާންއާ ދެކޮޅަށް ހަނގުރާާމަ ކުރަމުންނެވެ. އެމެރިކާ އިން ބުނެފައި ވަނީ، މިހާތަނަށް އީރާންގެ 190 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަލާ ތަކުގައި އީރާންގެ މިސައިލް މަރުކަޒުތަކާއި، ނޭވީ އަދި ކޮމާންޑު ކޮންޓްރޯލުކުރާ ތަންތަން ހިމެނޭ ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ރައްދުގައި އީރާނުން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެ ހަމަލާ ތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ ހަތަރު އޮފިސަރަކު މިހާތަނަށް މަރުވެފައިވާއިރު، އެ ޤައުމުގެ ތިން ފައިޓާ ޖެޓެއް އީރާން އިން ވަނީ ވައްޓާލައިފަ އެވެ. މީގެ އިތުރުން އީރާން އިން ގެންދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށް ވެސް ހަމަލާ ދެމުންނެވެ. 

އީރާާނުން ދަނީ ބަހްރެއިން އާއި، ޖޯޑަން އާއި، ކުވެއިތު އާއި، ޤަތަރު އަދި އެކުވެރި އަރަބި އިމާރާތުގައި ހުރި އެމެރިކާގެ ބޭސް ތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މީގެ އިތުރުން، އެކި އެކި ޤައުމު ތަކުގައި ހުރި އެމެރިކާގެ އެމްބަސީ ތަކަށް އަމާޒުކޮށް ވެސް އީރާން އިން ހަމަލާ ދެމުން ގެންދެ އެވެ. މިކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބިވަޑައިގެންފައިވާ ކަމެކެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާ-އީރާންއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްސެންޓްރަލް ކޮމާންޑްއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

03 މާރިޗު 2026

އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

03 މާރިޗު 2026
އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ
03 މާރިޗު 2026

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

03 މާރިޗު 2026
އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި
03 މާރިޗު 2026

ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

03 މާރިޗު 2026
ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް
02 މާރިޗު 2026

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މާރިޗު 2026
ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު