Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

ނަތަންޔާހޫ ވިދާޅުވީ، އީރާން އިން ބިނާ ކުރަމުންދާ ބިންގަރާސްތަކާއި، އައު މަރުކަޒު ތަކުގެ ސަބަބުން އެ ޤައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް އާއި، އެޓޮމިކް ބޮން އުފެއްދުމުގެ މަސައްކަތް ތަަކަށް ހަމަލާ ނުދެވޭނެ ފަދަ ރައްކާތެރި ކަމެއް ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ލިބިގެން ދާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2026 | އަންގާރަ 07:43
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާނަށް ދިން ހަމަލާ ތަކުގެ ސަބަބުން ފެށިފައިވާ ހަނގުރާމަ އަކީ، ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ ކަމަށާއި، އެކަމަށް ކޮންމެ ވެސް ވަރެއްގެ ވަގުތެއް ނަގާނެ ކަމަށް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ފޮކްސް ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލް އާއި، އެމެރިކާ އިން އީރާންއާ ދެކޮޅަށް ފިޔަވަޅު އަޅާން މަޖުބޫރުވީ ކަމަށެވެ. އެއީ ކުރިއަށް އޮތް މަދު ދުވަސް ތަކެއްގެ ތެރޭގައި، ހަމަލާ ނުދެވޭނެ ފެންވަރުގެ ވަރުގަދަ ނިއުކްލިއާ މަރުކަޒު ތަކެއް އީރާން އިން ބިނާ ކުރަމުން ދާތީ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. 

މިހާރު ކުރިއަށްދާ ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ ކަމަށާއި، އެއީ ވަރަށް އަވަސް އަދި ނަތީޖާ ނެރެވޭނެ ފަދަ ހަރުދަނާ ފިޔަވަޅު ތަކެއް ކަަމަށް ވެސް ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ. އެމެރިކާ އާއި އިޒްރޭލުން އީރާން އަށް ހަމަލާ ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. 

ހަމަލާތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، މި ކުރިމަތިލުން ތަަކަށް ކޮންމެ ވެސް ވަރެއްގެ ވަގުތެއް ނަގާނެ ކަމަށެވެ. ނަމަވެސް، އެކަން އަހަރު ތަކަކަށް ދެމިގެން ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކަށް ފަހު، އީރާން އިން ގެންދިޔައީ ނިއުކްލިއާ މަރުކަޒު ތަކެއް ބިނާ ކުރަމުންނެވެ. 

އެއާ އެކު ނަތަންޔާހޫ ވިދާޅުވީ، އީރާން އިން ބިނާ ކުރަމުންދާ ބިންގަރާސްތަކާއި، އައު މަރުކަޒު ތަކުގެ ސަބަބުން އެ ޤައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް އާއި، އެޓޮމިކް ބޮން އުފެއްދުމުގެ މަސައްކަތް ތަަކަށް ހަމަލާ ނުދެވޭނެ ފަދަ ރައްކާތެރި ކަމެއް ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން މިހާރު އިޒްރޭލް އާއި އެމެރިކާ އިން އަޅާފައިވާ ފިޔަވަޅު ނާޅައިފި ނަމަ، މުސްތަޤުބަލުގައި އެއްވެސް ފިޔަވަޅެއް އެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓާސް

ބެންޖަމިން ނަތަންޔާހޫއެމެރިކާނިއުކްލިއަރ ހަތިޔާރުއީރާން-އިޒްރޭލްއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

03 މާރިޗު 2026

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

03 މާރިޗު 2026
އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި
03 މާރިޗު 2026

ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

03 މާރިޗު 2026
ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް
02 މާރިޗު 2026

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މާރިޗު 2026
ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
02 މާރިޗު 2026

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

02 މާރިޗު 2026
އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު