Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

އަންގާރަ ދުވަހު އެހެން ވިދާޅުވެފައި ވަނީ، އީރާންގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެމްބަރެއް. އޭނާއާ ހަވާލާދީ މީޑިއާ ތަކުގައި އެ ވާހަކަ ގެނެސްފައިވާއިރު، އީރާާންގެ ނިއުސް އެޖެންސީ ތަކުން ބުނެފައި ވަނީ ރޫހާނީ ލީޑަރު ހޮވުމުގެ ޒިންމާ މަތި ކޮށްފައިވާ މަޖިލީހުން މިހާރު އެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 10:46
އެމެރިކާ އިން އަވަހާރަ ކޮށްލި އީރާާންގެ ރޫހާނީ ލީޑަރު ޚާމަނާއީގެ ފޮޓޯ ގަނޑެއް.

އެމެރިކާ އިން އަވަހާރަ ކޮށްލި އީރާާންގެ ރޫހާނީ ލީޑަރު ޚާމަނާއީގެ ފޮޓޯ ގަނޑެއް. | ރޮއިޓާސް

އެމެރިކާ އިން ދިން ހަމަލާ ތަކެއްގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، ލަސް ތަކެއް ނުވެ އެ ޤައުމުން އައު ރޫހާނީ ލީޑަރަކު އައްޔަން ކުރާނެ ކަމަށް ބުނެފި އެވެ. 

އަންގާރަ ދުވަހު އެހެން ވިދާޅުވެފައި ވަނީ، އީރާންގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެމްބަރެކެވެ. އޭނާއާ ހަވާލާދީ މީޑިއާ ތަކުގައި އެ ވާހަކަ ގެނެސްފައިވާއިރު، އީރާާންގެ ނިއުސް އެޖެންސީ ތަކުން ބުނެފައި ވަނީ ރޫހާނީ ލީޑަރު ހޮވުމުގެ ޒިންމާ މަތި ކޮށްފައިވާ މަޖިލީހުން މިހާރު އެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. 

އެމެރިކާގެ ހަމަލާ ތަކުގައި ހޮނިހިރު ދުވަހު ޚާމަނާއީ އަވަހާރަ ވެފައިވާއިރު، އީރާންގެ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އާދީއްތަ ދުވަހު ހާމަ ކޮށްފައިވެ އެވެ. އެ ޕްލޭންގެ ދަށުން، އައު ރޫހާނީ ލީޑަރަކު އިންތިޚާބު ކުރެވެންދެން، އީރާންގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަގުތީ ކައުންސިލެއް ވެސް އެކުލަވާލާފައިވެ އެވެ. 

އެ ވަގުތީ ކައުންސިލްގައި ހިމެނި ވަޑައިގަންނަވަނީ އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި، އެ ޤައުމުގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ދީނީ އިލްމުވެރިންގެ ތެރެއިން ބޭފުޅެކެވެ. މި ކައުންސިލް އަކީ އީރާންގެ ޤާނޫނުތައް މުޠާލިއާކޮށް، އިންތިޚާބަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތު ފުރިހަަމަވޭތޯ ބަލައި، އަދި އެކަމާ ގުޅޭ ކަންކަން ކަނޑައަޅާނެ އެންމެ މަތީ މަޖިލީހެވެ. 

އުމުރުފުޅުން މިހާރު 71 އަހަރުވެފައިވާ އީރާންގެ ރައީސް ޕެޒެޝްކިއާން އަކީ، އައު ރޫހާނީ ލީޑަރު އައްޔަން ކުރެވެންދެން ޤައުމު ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވާނެ އެއް ފަރާތެވެ. ހިތުގެ ބަލި ތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، އަދި އިސްލާހީ މަސައްކަތުގަައި ވެސް އުޅުއްވާފައިވާ ޕެޒެޝްކިއާން، އީރާންގެ ރައީސް ކަަމަށް ވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. 

އެއީ ޕެޒެޝްކިއާންގެ ކުރިން އީރާންގެ ރައީސް ކަމުގައި ހުންނެވި، އިބްރާހީމް ރައިސީ އަވަހާރަ ވުމާ ގުޅިގެންނެވެ. ރައިސީ އަވަހާރަވެފައި ވަނީ އެމަނިކުފާނު ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގަ އެވެ. އީރާންގެ މަސްރަހު އޮތް ގޮތުން، އައު ރޫހާނީ ލީޑަރަކު ކަނޑައެޅުމަކީ އެ ޤައުމަށް ވަރަށް މުހިންމު ކަމަކަށް ވާނެ އެވެ. 

މަސްދަރު: އެޖެންސީސްް

އީރާންއާޔަތުﷲ އަލީ ޚާމަނާއީމަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާއެސެމްބްލީ އޮފް އެކްސްޕާޓްސްއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

03 މާރިޗު 2026
ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

03 މާރިޗު 2026
އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

03 މާރިޗު 2026
އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

03 މާރިޗު 2026
އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

03 މާރިޗު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު