Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާގެ ސަބަބުން، އޭގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ހަމަލާ ތަކެއް ދެމުން. އެކަމާ ގުޅޭ ގޮތުން ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވިދާޅުވެފައި ވަނީ، ސަރަހައްދުގެ ހަމަޖެހުން ގެއްލި، ޙާލަތު ގޯސްވުމުގެ ޒިންމާ އީރާންގެ ވެރިން ނަންގަވަން ޖެހޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 10:47
ފްރާންސްގެ ރައީސް މެކްރޮން އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން.

ފްރާންސްގެ ރައީސް މެކްރޮން އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމުގެ ސަބަބުން ފެށިފައިވާ ހަނގުރާމަ ހައްލު ކުރުމަށް، ޗައިނާއާ އެކު މަސައްކަތް ކުރަން ފްރާންސް އިން އެއްބަސްވެފައިވާ ކަމަށް ބުނެފި އެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީ އިން އެކަން ހާމަ ކޮށްފައިވާއިރު، ހޯމަ ދުވަހު ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް އާއި، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. 

ފްރާންސްގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އީރާންގެ ރައްޔިތުންގެ އުންމީދުތައް ކަށަވަރު ކޮށްދޭނެ ސިޔާސީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރުމަށް، ދެ ޤައުމުގެ ފޮރިން މިނިސްޓްރީ އިން އެއްބަސްވެފައިވާ ކަމަށެވެ. އަަދި އެއީ ހަމަޖެހޭ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާގެ ސަބަބުން، އޭގެ ރައްދުގައި އީރާން އިން ވެސް ގެންދަނީ ހަމަލާ ތަކެއް ދެމުންނެވެ. އެކަމާ ގުޅޭ ގޮތުން ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވިދާޅުވެފައި ވަނީ، ސަރަހައްދުގެ ހަމަޖެހުން ގެއްލި، ޙާލަތު ގޯސްވުމުގެ ޒިންމާ އީރާންގެ ވެރިން ނަންގަވަން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ބަަރޮޓް ވިދާޅުވީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ބެލިސްޓިކް މިސައިލްގެ ޙަރަކާތް ތަކާއި، އަދި ޓެރަރިސްޓު ޖަމާއަތް ތަަކަށް އެ ޤައުމުން ދޭ އެހީތެރިކަމާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ނެރުނު ޤަރާރަށް އީރާން އިން އިހުތިރާމް ކޮށްފައި ނުވާ ކަމަށެވެ. އެކަމަށް ފާޑު ވިދާޅުވެ ބަރޮޓް ވަނީ، ހެޔޮ ނިޔަތުގައި ކަންކަން ކުރިއަށް ގެންދިޔުމަށް މަޝްވަރާ ދިން ޤައުމު ތަކުގެ މަޝްވަރާ އީރާން އިން ބަަލައި ގެންފައި ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އިތުރަށް ބަރޮޓް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުން އަންނަ ހަމަލާ ތަކުގައި ފްރާންސްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި އެ ހަމަލާތައް ދިނުމުގެ ކުރިން، ފްރާންސް އަށް އެއްވެސް މައުލޫމާތެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، ޤައުމު ތަކުގައި އޮތް މައްސަލަ ޙައްލު ކުރުމަށް ބައިނަލްއަޤުވާމީ މުއައްސަސާ ތަކުން އިސްކަން ދޭން ޖެހޭ ކަމަށާއި، ބޭނުންވާ ހިސާބުން ބާރުގެ ބޭނުން ވެސް ކުރަން ޖެހޭ ކަމަށެވެ. 

މި މައްސަލައިގައި ޗައިނާ އާއި ފްރާންސްގެ މިނިސްޓަރުން ވަނީ، އަބަދު ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު ބޭއްވުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ދެ ޤައުމުގެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރައްވާފައިވާއިރު، ޗައިނާ އިން ވަނީ، އީރާންގެ ސިޔާދަތު ރައްކާތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ތާއީދު ކުރާ ކަމަށް ވެސް ހާާމަ ކޮށްފަ އެވެ. 

މަސްދަރު: ރޮއިޓާސް

ޖޯން-ނޯއެލް ބަރޯވާންގް ޔީއީރާން-އިޒްރޭލްއީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

03 މާރިޗު 2026
އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

03 މާރިޗު 2026
ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

03 މާރިޗު 2026
އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

03 މާރިޗު 2026
އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

03 މާރިޗު 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު