Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

މި ހަމަލާގެ އިތުރު ތަފްސީލް ހާމަ ކުރަމުން އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ، އެ ކޮމްޕައުންޑަށް ދިން ހަމަލާ ތަކުގައި އީރާންގެ ރިޔާސީ އޮފީހާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިމާރާތަށް ގިނަ އަދަދެއްގެ ބޮން އަޅާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 10:45
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް އިން ކުރިއަށް ގެންދާ ހަނގުރާމައިގައި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ އޮފީހާއި، އެ ޤައުމުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިމާރާތަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި އެވެ. 

އަންގާރަ ދުވަހު އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އީރާންގެ ރައީސްގެ އޮފީހާއި، އެ ޤައުމުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިމާރާތަށް ވައިގެ މަގުން ހަމަލާ ދީފައިވާ ކަމަށެވެ. 

އިޒްރޭލް އިން ބުނެފައި ވަނީ، އެ ހަމަލާ ތަކުގައި އީރާންގެ ވެރި ރަށް ތެހެރާންގެ މެދު ތެރޭޣައި ހުންނަ އެ ޤައުމުގެ ވެރިކަން ކުރާ ކޮމްޕައުންޑުގެ ތެރޭގައި ހުރި މުހިންމު ވަސީލަތް ތަކަށް އަމާޒުކޮށް ހަމަލާދީ، އެ ތަންތަން ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ. އެ ބަޔާނުގައި އިޒްރޭލް އިން ވަނީ، އީރާންގެ ސަރުކާރަކީ ޓެރަރިސްޓު ވެރިކަމެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ. 

މި ހަމަލާގެ އިތުރު ތަފްސީލް ހާމަ ކުރަމުން އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނީ، އެ ކޮމްޕައުންޑަށް ދިން ހަމަލާ ތަކުގައި އީރާންގެ ރިޔާސީ އޮފީހާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިމާރާތަށް ގިނަ އަދަދެއްގެ ބޮން އަޅާފައިވާ ކަމަށެވެ. މިއީ އީރާންގެ އެންމެ މަތީ ފަންތީގެ ނިންމުންތައް ނިންމާ މަރުކަޒު ތަކަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާ ތަކެކެވެ. 

މި ހަމަލާ ތަކަކީ ސަރަހައްދީ ގޮތުން މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އީރާންގެ އަސްކަރީ ވެރިންނާއި، ސިޔާސީ ވެރިންގެ ބާރުތަކާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާ ތަކެކެވެ. އީރާންގެ ރައީސްގެ އޮފީހަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފައިވާއިރު، އީރާން އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

އެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި، އެ ޤައުމުގެ އިސް ކޮމާންޑަރުން ތަކެއް ވެސް ވަނީ އަވަހާރަވެފަ އެވެ.

މަސްދަރު: އެޖެންސީސް

އީރާން-އިޒްރޭލްނޭޝަނަލް ސެކިއުރިޓީ ބިއުރޯއިސްލާމީ ޖުމްހޫރިއްޔާއީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

03 މާރިޗު 2026
ހަމަލާ ތަކުގައި އީރާން އިން މަރުވި މީހުންގެ އަދަދު 787 އަށް

ހަމަލާ ތަކުގައި އީރާން އިން މަރުވި މީހުންގެ އަދަދު 787 އަށް

03 މާރިޗު 2026
ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

03 މާރިޗު 2026
ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

03 މާރިޗު 2026
ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

03 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު