Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަމަލާ ތަކުގައި އީރާން އިން މަރުވި މީހުންގެ އަދަދު 787 އަށް

3 މާރިޗު 2026 | އަންގާރަ 10:49

އީރާންގެ ރެޑް ކްރެސެންޓް އިން ބުނި ގޮތުގައި، ހަމަލާތައް ދީފައިވާ ސަރަހައްދު ތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2026 | އަންގާރަ 10:49
އެމެރިާކާ އާއި އިޒްރޭލް އިން، އީރާންގެ ވެރި ރަށް ތެހެރާން އަށް ދިން ހަމަލާ ތަކުގައި ގެއްލުންވެފައިވާ އިމާރާތެއްގައި ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ.

އެމެރިާކާ އާއި އިޒްރޭލް އިން، އީރާންގެ ވެރި ރަށް ތެހެރާން އަށް ދިން ހަމަލާ ތަކުގައި ގެއްލުންވެފައިވާ އިމާރާތެއްގައި ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުން އަންނަ ހަމަލާ ތަކުގައި، އެ ޤައުމުން މަރުވެފައިވާ މީހުންގެ އަދަދު 787 އަށް އަރާފައިވާ ކަމަށް، އީރާންގެ ދައުލަތުގެ މީޑިއާ އިން ހާމަ ކޮށްފި އެވެ. 

އީރާންގެ ރެޑް ކްރެސެންޓްއާ ހަވާލާދީ ދައުލަތުގެ މީޑިއާ އިން ބުނެފައި ވަނީ، ފާއިތުވި ދުވަސް ތަކުގައި ދިން ހަމަލާ ތަކުގައި މަރުވި މީހުންގެ އަދަދު އިތުރު ވަމުންދާއިރު، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެމެރިކާ އާއި އިޒްރޭލް އިން ދެމުން އަންނަ ހަމަލާތައް އަމާޒު ކުރަނީ އީރާންގެ އެކި ސަރަހައްދު ތަކަށެވެ. 

އީރާންގެ ރެޑް ކްރެސެންޓް އިން ބުނި ގޮތުގައި، ހަމަލާތައް ދީފައިވާ ސަރަހައްދު ތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، ހަމަލާ ތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބޮޑުވުމާއި، ބައެއް ސަރަހައްދު ތަަކަށް ވަނުމަށް ހުރި ހުރަސް ތަކުގެ ސަބަބުން، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދޭން ފެށުމާާ އެކު، އީރާން އިން ވަނީ އެ ޤައުމުގެ ދިފާއުގައި ވެސް ހަމަލާތައް ދޭން ފަށައިފަ އެވެ. އެކަމުގެ ސަބަބުން، ސަރަހައްދުގައި ވަނީ ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފަ އެވެ. އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ އެކި ސަރަހައްދު ތަަކަށް ވަނީ ގިނަ ގެއްލުން ތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދު ތަކަށް ލިބުނު ގެއްލުން ބޮޑު ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

އީރާން އިން ބުނެފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އެ ޤައުމަށް ހަމަލާ ދީފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނު އަދި އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި އެމެރިކާ އާއި އިޒްރޭލްގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ، ބަދަލު ހިފާނެ ކަމުގެ ގަދަ އިންޒާރު އީރާން އިން ދީފައިވެ އެވެ.

ދުނިޔޭގެ އެކި ޤައުމު ތަކުން ވެސް ވަނީ، އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކޮށްފަ އެވެ. އަދި ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ސުލްޙަ އާއި ހަމަޖެހުން ޤާއިމު ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްއީރާން-އެމެރިކާއީރާންރެޑް ކްރެސެންޓްއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

03 މާރިޗު 2026

ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި

03 މާރިޗު 2026
ޗައިނާއާ ގުޅިގެން، އީރާން ހަނގުރާމަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ފްރާންސް އިން ބުނެފި
03 މާރިޗު 2026

ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ

03 މާރިޗު 2026
ލަސް ތަކެއް ނުވެ، އީރާން އިން އައު ރޫހާާނީ ލީޑަރަކު އައްޔަން ކުރާނެ
03 މާރިޗު 2026

އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި

03 މާރިޗު 2026
އީރާންގެ ރައީސް ޕެޒެޝްކިއާންގެ އޮފީހަށް އިޒްރޭލް އިން ހަމަލާ ދީފި
03 މާރިޗު 2026

ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި

03 މާރިޗު 2026
ވަކި މުއްދަތެއް ނެތް ގޮތަށް، ކުވެއިތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފި
03 މާރިޗު 2026

އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

03 މާރިޗު 2026
އީރާނުގެ ސިފައިންގެ ބޭސްތަކާއި، މިސައިލް މަރުކަޒު ތަކެއް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާ އިން ބުނެފި
03 މާރިޗު 2026

އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ

03 މާރިޗު 2026
އީރާން ހަނގުރާމަ އަކީ ނިމުމެއް ނެތް ހަނގުރާމަ އަކަށް ނުވާނެ: ނަތަންޔާހޫ
03 މާރިޗު 2026

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

03 މާރިޗު 2026
އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި
03 މާރިޗު 2026

ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

03 މާރިޗު 2026
ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް
02 މާރިޗު 2026

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މާރިޗު 2026
ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް