Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ގޮވުމެއްގެ އަޑާ އެކު، ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ކަޅު ދުން ގަނޑެއް

ސައުދީގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބުނެފައި ވަނީ، އެމެރިކާގެ އެމްބަސީ އަަށް ޑްރޯންގެ ދެ ހަމަލާ އަމާޒުވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2026 | އަންގާރަ 01:41
ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ދުން ތަކެއް އަރަނީ

ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ދުން ތަކެއް އަރަނީ | ސޯޝަލް މީޑިއާ

ސައުދީ އަރަބިއްޔާގެ ވެރި ރަށް ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީ ހުންނަ ސަރަހައްދުން ބާރުގަދަ ގޮވުމެއްގެ އަޑު އިވި، އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގެ މައުލޫމާތު ތިން މީހަކު ވަނީ ރޮއިޓާސް އަަށް ކަށަވަރު ކޮށްދީފަ އެވެ. މި ހާދިސާގައި އަލިފާން ގަނޑެއް ރޯވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އެކަމުގެ ތަފްސީލު މިހާތަނަށް ކަށަވަރު ކުރެވިފައި ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އެމެރިކާގެ އެމްބަސީގެ ތަރުޖަމާނު ވެސް ވަގުތުން ޖަވާބެއް ދެއްްވާފައި ނުވެ އެވެ.

ނަމަވެސް ސައުދީގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބުނެފައި ވަނީ، އެމެރިކާގެ އެމްބަސީ އަަށް ދެ ޑްރޯން ހަމަލާ އަމާޒުވެފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް، ނުވަތަ އެމްބަސީގެ އިމާރާތަށް ބޮޑު ގެއްލުމެއް ލިބުނު ކަމެއް ވެސް ސާފެއް ނުވެ އެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާރު ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އެމެރިކާގެ އެމްބަސީ ހިމެނޭ ސަރަހައްދުން ބާރު ގަދަ ގޮވުމެއްގެ އަޑު އިވުމާ އެކު، މިހާރު އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

ގއ

މަސްދަރު: ރޮއިޓާސް

އެމެރިކާ އެމްބަސީއީރާން-އިޒްރޭލްއީރާން-އެމެރިކާއިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ

އިތުރަށް ކިޔާލަން

02 މާރިޗު 2026

ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މާރިޗު 2026
ކުރިއަށް އޮތީ ބޮޑެތި ހަމަލާތަކެއް ކަމަށާއި، އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
02 މާރިޗު 2026

އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް

02 މާރިޗު 2026
އެމެރިކާއާ ދެކޮޅަށް ދިގު ދެމިގެންދާ ހަނގުރާމައެއް ކުރަން އީރާން އޮތީ ތައްޔާރަށް
02 މާރިޗު 2026

އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ

02 މާރިޗު 2026
އީރާނުގެ ސިޔާދަތު ރައްކާތެރި ކުރުމުގެ މަސައްކަތަށް ޗައިނާ އިން ތާއީދު ކުރާނެ
02 މާރިޗު 2026

ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ

02 މާރިޗު 2026
ޚާމަނާއީގެ އަނބިކަނބަލުން ވެސް އަވަހާރަ ވެއްޖެ
02 މާރިޗު 2026

ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި

02 މާރިޗު 2026
ނަތަންޔާހޫގެ އޮފީހަށް އަމާޒުކޮށް އީރާން އިން ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު